ބައެއް ކުޅުންތެރިން ކުލަބު ބަދަލުކުރުމުގެ ވިސްނުން

ލަންދޫގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅާ މުބާރާތް ކަމަށްވާ ހޮލިޑޭ ކަޕް މެދުކެނޑުމެއް ނެތި ބާއްވަމުންދާތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ. އެގޮތުން މިމްބާރާތުގެ ފެންވަރު އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން އައިސް ނިިމިގެން ދިޔަ އަހަރުގެ މުބާރާތުގެ ފޯރި ކުޑަވެގެން ދިޔަކަން ބައެއްފަރާތްތަކުން ފާހަގަ ކުރެއެވެ.
މިމުބަރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުޅުންތެރިނަށް އެއްޓީމުން އަނެއްޓީމަށް ޓްރާންސްފަރ ވެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިކަމަށް ހަދާފައިވާ ޤަވާއިދުގެ ސަބަބުން ކުލަބް ބަދަލުކުރުން މިވަނީ ވަރަށްބޮޑު ތަކުލީފަކަށް ވެފައެވެ. މީގެ ހެއްކަކީ މުބަރާތުގެ ތާރީހުގައި ވެސް މިހާތަނަށް އައި އިރު ޓްރާސްފަރ ވެފައިވަނީ ދެކުޅުންތެރިންނެވެ.
އެއީ ޕަސަންޓް ސްޕޯޓްސް ކުލަބްގެ ވަސީމް އަބްދުއްރަހުމާން އާއި އޮކާޗީގެ އިބްރާހިމް ސިނާއު އެވެ. މިދެކުޅުންތެރިން ދެކުޅުންތެރިންނަށް ޓްރާސްފަރ ވެފައިވަނީ -/500 ރުފިޔާގެ މަގުން 3 އަހަރު ދުވަހުގެ މުއްދަތަށެވެ
މިހާރު އެންމެބޮޑަށް ދެކެވެމުންދަ ވާހަކަ އަކީ ކުލަބް ޗެލެންޖާސް ގެ މިޑްފީލްޑަރ ގެ މަޤާމަށް ކުޅެމުންއައި ހުނަރުވެރި މޮޅު ކުޅުންތެރިޔާ ރިޒާ ވެލޯސިޓީއާއި ގުޅެން އުޅޭވާހަކައެވެ. ވެލޯސިޓީގެ އިސް މެމްބަރަކު އާމަގު.ޓީކޭ އަށް މަޢުލޫމާތު ދިންގޮތުގައި މިހާރު ރިޒާ އެޓީމަށް ގެނައުމައްޓަކައި ދެން އޮތީ ހަމައެކަނި ޓްރާންސްފަރ ފޯމްގައި ސޮއި ކޮއްލުން އެކަނި ކަމުގައި އޭނާވަނީ ބުނެފައެވެ.
ނަމަވެސް ރިޒާ ވެލޯސިޓީއަށް ގެންދަނީ ކިހާ ވަރަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއްވެސް އަދި ނޭނގެއެވެ.
ކުޅުންތެރިންގެ ޓްރާންސަފަރ ޤަވާއިދު އިސްލާހުކުރުމުގެ ގޮތުން އެޗް.އޯ.ސީ ގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވަނޭ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކުޅުމުގެ ފެންވަރު ރަނގަޅުކުރަން ވެއްޖެ

މިހާރަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ޓީމް ކުޅޭ މެޗުތަކުގައި ދައްކަމުންދަ ދައްކުޅުމާއި ދޭތެރޭ ވަރަށް ގިނަބައެއްގެ ފާޑިކިޔުންދަނީ ޓީމާއި އަމާޒުކުރަމުންނެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިއަހަރު ފުރަތަމަ ރަށުންބޭރު ޓީމަކާއި ދެކޮޅަށް ކުޅުނު މެޗުން ޒުވާނުންގެ ފުޓްބޯޅަ ޓީމް ބަލިވުމުން ކުޅުންތެރިންވަނީ ރަށުފަސްގަނޑުގައި ކުޅެ ބަލިވުމުގެ ހަޑިނަން ފޮހެލުމަށް މަސައްކަތްކޮއް އެކަން ކާމިޔާބުވެސް ކޮއްފައެވެ

އެކުއްޖަކަށްޓަކައި ނ.ލަންދޫ ރައްޔިތުން މިއަދު ފަޙްރުވެރިވާން ޖެހޭ ކުއްޖެއް

ލިޔުނީ : އިއްބެ

ނ.ލަންދޫ ގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ އެރަށު އަސްރަފީގެ އުމުރުން 18 އަހަރުގެ އަލީ ޒިޔާދުއަކީ އެކުއްޖަކަށްޓަކައި މިއަދު ނ.ލަންދޫ ސުކޫލްގައި ކިޔަވަމުންދާ ކިޔަވާ ކުދިންނާއި އެންމެންހާއި ރައްޔިތުން ފަޙްރުވެރިވާން ޖެހޭ ކުއްޖެއްކަން ޤަބޫލްކުރަންޖެހެއެވެ.
އެއީ ސަބަބެއްވެސް ނެތިއެއްނޫނެވެ. އުމުރުން އެންމެ 15 އަހަރުގައި އެރަށު މިސްކިތުގައި ބަންގިގޮވާ އިމާމްވެ ނަމާދުކޮށްދޭން ފެށުމުންނެވެ. އޭރު އަލީ ޒިޔާދު އަކީ އޭރު ސުކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. ޒިޔާދު ބުނި ގޮތުގައި ފުރަތަމަ ދުވަހު ބަންގި ގޮވާން ޖެހިލުންވި ކަމަށާއި، ނަމަވެސް ޖެހިލުން އެއްފަރާތް ކުރުމަށްފަހު އެކަމާއި ކުރިމަތިލީ ކަމަށެވެ. އޭގެ ނަތީޖާއެއްގޮތުން މިއަދު ޒިޔާދު އެހުރީ އެހާމެ ޅައުމުރެއްގައި މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރާނެ އިމާމުން ތަމްރީނުކުރާ ކޯހުގައި ކިިޔެވުމުގެ ފުރުސަތު ލިބިފައެވެ
މިހާރު މާލޭގައި މައުޙަދުލް ދިރާސަތުލް އިސްލާމިއްޔާގައި ހިންގަމުންދާ މިސްކިތްތަކުގައި ނަމާދު ކުރާނެ އިމާމުން ތަމްރީނު ކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނީ އޭނަ މިކޯހަށް ކުރިމަތިލީ ރަށުގެ ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ. ތައުލީމީ ގޮތުން ރަންގަޅު ނަތީޖާއެއް ހޯދުމަށްފަހު މަތީ ޘާނަވީ ތައުލީމު ކިޔަވަން ފުރުސަތު ލިބިފައި އޮއްވާ، އެފުރުސަތު ދޫކޮށްލުމަށްފަހު ރަށު މިސްކިތުގައި ނަމާދުކޮށްދޭނެ އިމާމުން ލިބުމުގެ ދަތިކަން އިޙްސާސްކުރަމުންދާ ލަންދޫގެ ރައްޔިތުން ނަށް އެދަތިކަން ފިލުވާދިނުމުގެ ބޭނުމުގައެވެ.
މިހާރު އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނިގޮތުގައި އަންނަ ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ޙުތުބާ ބަލައިގެން ކިޔުމުގެ ހުއްދަ ލިބޭނެކަމަށެވެ. އުމުރުން އެހާމެ ޅައުމުރުގައި މިފަދަ ބޮޑު މަސްއޫލިއްޔަތެއް ބޮލުގައި އަޅާ، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޒިޔާދު ބުނީ އޭނަ މި މަސައްކަތުގަައި ދެމިހުންނަން ބޭނުންވާ ކަމަށެވެ. މިކަމުގައި ބޭނުންވަނީ ތެދުވެރި، އަދި އެހާމެ އެކުވެރި މާހައުލެއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ އެއްބާލުލުމާއި އެހީތެރިކަމެވެ.
މިހާރުވެސް ކޯހުން ރަންގަޅު ނަތީގާތަކެއް ހޯދަމުން އަންނަ އަލީޒިޔާދު ބުނީ އޭނާގެ ކޯސް ޖޫން 8 ގައި ނިމޭއިރު ހިދުމަތް ކުރަން ބޭނުންވަނީ އޭނާގެ އުފަން ރަށުގައި ކަމަށެވެ. އަލީ ޒިޔާދުގެ މިބޮޑު މަސްއޫލިއްޔަތު އަދާކުރުމުގައި ބަރަކާތް ލެއްވުން އެދި ދުއާކުރަމެވެ.


ލަންދޫ ސްކޫލްގެ ބަށި މުބާރާތް މިއަދު ފަށަނީ

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ލަންދޫ ސްކޫލުގެ އިންޓާރހައުސް 14 ވަނަ ބަށި މުބާރާތް މިއަދު ފަށައިގޮތަށް ހަމަޖެހިފައިވާކަމަށް އާމަގު ޓީކޭ އަށް ދާދި ދެއްމެއަކު މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 4:15 ގައެވެ. މިމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލްގެ ދޮށިމޭނާ ހައުސް އާއި ރެހެންދީ ހައުސްގެ ޓީމެވެ.
މިއީ މިއަހަރުގެ ތެރޭ އެސްކޫލުގެ އަންހެން ދަރިވަރުންނަށް ބޭއްވޭ ފުރަތަމަ ކުޅިވަރުހަރަކާތް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެސްކޫލްގެ އިންޓަރހައުސް ފުޓްބޯޅަ ލީގުގެ ކުޅުންފަށާފައެވެ.

މިކަމާއި ވިސްނާލަމާ

ލަންދޫއަކީ ގުދުރަތީ ގޮތުން އާދަޔާ ޚިލާފު ރީތި ގޮނޑުދޮަށެއް ލިބިފައިވާ ރަށެކޭ މިބުނަނީ ވަރަށްވެސް ފަހުރުވެރިކަމާއި އެކުގައެވެ. ޗުއްޓީ ދުވަސް ދުވަހުގެ ގިނައާއިލާ ތަކަކުން ހިންހަމަޖައްސާލާ މަޖާކޮއްލުމަށް މޫދަށް އެރުމަށާއި ހަވީރުގެ ހިތްގައިމުގެ ވަގުތުތަކުގައި އާއިލާގެ މެމްބަރުންނާއި އެކު ގޮސް މިގޮނޑުދޮއްތަކުގެ ބޭނުން ކުރާމީހުން މި ލަންދުގައިވެސް ދިނަގުނައެވެ.
ނަމަވެސް މިހާރަކަށް އައިސް ހިތާމަޔާއި އެކު ފާހަގަ ކޮއްލަން ޖެހެނީ މިރީތި ގޮނޑުދޮއްތަކުން ފެންނަމުންމިދާ މަންޒަރުތަކީ އެހާ ބަލައިގަންނަށް ފަސޭހަ މަންޒަރުތަކެއް ނޫންކަމެވެ. ބުނަން މިއުޅޭ ވާހަކައަކީ އެއްވެސް ފިކުރެއް ޚިޔާލެއްނެތި މޫދަށާއި މިރީތި ގޮނޑުދޮއްތަކަށް އަޅަމުންދާ ކުނީގެ އަސަރު އަހަަރެމެނެގެ މިރީތި ގޮޑުދޮއްތަކަށް ކުރަމުންދާ ވާހަކައެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ މިމުޖުތަމާއުގެ އެންމެހާ އަފުރާދުން މިހިނދުން މިހިނދަށްވެސް ވިސްނާން ވެއްޖެކަމަކެވެ.
މީގެކުރިންވެސް ލަންދޫގެ ގޮނޑުދޮއްތަށް ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ އެކިފަރާތް ތަކުން ކޮއްފައެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް މިފުރުޞަތުގައި ޙާއްޞަ ޝުކުރެއް ދަންނަވަމެވެ. މިކަމަކީ ވަކިފަރާތަކުން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުގެ ވިސްނުމެއް ނުދެކެއެވެ. ކަން މިހެން އޮތް އިރު މިފަދަ ކަންތައްތައް ހައްލު ކުރަން އަންނާނެ އިތުރުބަޔަކު ވާނެކަމަކަށް ޤަބޫލުކުރަން ދައްޗެވެ. ހަމަގައިމުވެސް މިފަދަ ކަންކަން ރަނގަޅުކުރުމުން ލިބޭ ރީތިނަމާ ޝަރަފަކީ އަހަރެމެން އެންމެނަށް ވެސް ލިބޭނޭ ޝަރަފަކައްނޫނީ ނުވާނެއެވެ.

ލަންދޫސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުން ފެލިވަރަށް

ލަންދޫސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން ފިސަރީސައިންސް ޕްރޮޖެކްޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މިއަދުގެ މެންދުރުފަހު ޅ.އަތޮޅު ފެލިވަރަށް ދިއުމަށް ފުރާނެ ކަމަށް އާމަގު.ޓީކޭ އަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުގައި މިއަދާއި މިރޭ ދަތުރުގެ ބައިވެރިން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޅ.އަތޮޅު ހިންނަވަރުގައެވެ. މިދަތުރު ހަމަޖެހިފައިވާގޮތުން މިރޭގެ ވަގުތެއްގައި ހިންނަވަރު ސްކޫލުގެ ލެބޯޓްރީ ބޭނުން ކޮއްގެން ގަޑިއެއް ނެގުމަށްވެސް ހަމަޖެހިފައިވާކަމަށް މާޢުލޫމާތުލިބެއެވެ.
ހަމައެހެންމެ މިރޭ ހިންނަވަރުގައި މަޑުކުރުމަށްފަހު ދަތުރުގެ ބައިވެރިން ފެލިވަރަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުކަމަށްވެސް މަޢުލޫމާތުލިބެއެވެ. ދަތުރު ނިންމާލުމަށްފަހު ބައިވެރިން އެނބުރި ލަންދުއަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ (ބުރާސްފަތިދުވަހުގެ) ހަވީރު ކަމަށްވެސް މަޢުލޫމާތުލިބެއެވެ.

ސުކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ވަރަށް މުޙިއްމު

ލިޔުނީ: އިއްބެ
ސުކޫލަށްދާ އުމުރުގެ ކުދިންނަކީ އެ އުމުރެއްގައި އެކުދިންގެ ހަށިގަނޑު ހެދިބޮޑުވާ އުމުރުގެ ކުދިންނެވެ. ވުމާއެކު މިއުމުރުގައި ދެވޭ ކާނާއަކީ އެކުދިންގެ ސިކުނޑިއާއި އަދި ވިސްނުމުގެ ފެންވަރަށް ބަދަލު ތަކެއް ގެނުވާނެ އެއްޗެއްކަން ޔަޤީނެވެ.
ހެނދުނު ނާސްތާ އަކީ ރޭގަނޑުގެ ނިދީގައި ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށްފަހު އެތެރެ ކުރެވޭ ކާނާގެ އެތިކޮޅެވެ. ސިކުނޑިއާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ހުއްޓިފައި އޮން ނާނީ ހެނދުނު މިދެވޭ ކާ އެތިކޮޅެއްގެ މައްޗަށެވެ. ސިކުނޑިއަށް ބޭނުންވާ ހަކަތައަކީ ހަމައެކަނި ގުލްކޯޒް އަންދައިގެން ލިބޭ ހަކަތައަކަށް ވާއިރު އެންމެ ކުޑަމިނުން ސައި ތައްޓެއްވެސް ނުބޮއި ސުކޫލްއަށް ދާކުދިން އެކުދިންނަށް މުދައްރިސުން ކިޔަވާދެއްވާ ފިލާވަޅު ދަނެގަނެ ގަންނާނީ ކިހިނެއްބާވައެވެ؟ އަދި މިކުދިން ސުކޫލްގެ ދިރާސީ ދުވަސް ހޭދަކުރަނީ އެންމެ އެދެވޭ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވެއެވެ. ހެނދުނުގެ ނާސްތާ ނު ކުރުމުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ބަނޑުގައި ވައި އުފެދުން، މޭނުބައި ކުރުމާއި ހޮޑުލުން، ބޮލުގައި ރިއްސުމާއި، ކަންކަން ކުރުމުގައި ފަރުވާކުޑަކުރުން، އަދި މީގެ އިތުރުން ދުވަހުން ދުވަހަކަށް ކިޔެވުން ދައްވަމުންދާ ކަން ފާހަގަވުރެވެއެވެ. ހެނދުނުގެ ނާސްތާގެ ގޮތު ގައި ކާހިތްވާ ކަހަލަ ކޮންމެ އެއްޗެއްވެސް ރަންގަޅުވާނެއެވެ. ނަމަވެސް އާންމުކޮށް ކާނާގެ ބައިތަކުގެ ތެރެއިން ހުރިހާ ބައިތަކެއް އެކުލެވޭ ކާނާއެއް އިޙްތިޔާރުކުރުމަކީ ރަނގަޅު ކަމެކެވެ.

ލަންދޫ އޮފީހަށް ވަގުތީގޮތުން 2 ވޮޗަރުން ހަމަޖައްސައިފި
















ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ސަރުކަަރުން ހަމަޖައްސަވާ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ފަރާތަކާއި ހަވާލުކުރެވެންދެން، ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން އެއޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ 2 ވޮޗަރުން ހޯއްދުމަށް ކުރިއިޢުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލީ ދެފަރާތް ކަމަށްވާ ލަންދޫ އޯކިޑްމާގެ ސަހީމް އިބްރާހިމް އާއި ގަސްކަރަގޭ މުހައްމަދު ޒަކަރިއްޔާއަށް އެވަޒީފާ ހަމަޖެހިއްޖެއެވެ.
އާމަގު ޓީކޭ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރު 4:00ން ފެށިގެން އެފަރާތްތަކުން ވަނީ ޑިއުޓީކުރަން ފަށާފައެވެ.

powered by Blogger | WordPress by Newwpthemes | Converted by BloggerTheme