ހުއިވަނި ހަފަނީ ވަކިބައެއްގެ ގައިގަބާ!
















މިދުވަސްކޮޅަކީ ލަންދޫގެ ގަސްގަހުގައި އާދަޔާ ހިލާފަށް ހުއިވަނި އަޅާފައިވާ ދުވަސްކޮޅެއް ނަމަވެސް އެކަމާއި ހާސްވަނީ ވަކިބައެއްބާއެވެ. ހުއިވަނި ހަފާފާނެތީ ބިރުން އުޅޭނަމަ މަދުގަސްތަށް ދޮށަށް ވެއްޓިފައި ހުންނަ މަދު ގިނައަދަދަކަށް މިދުވަސްކޮޅު ހުންނަން ޖެހެއެވެ. ނަމަވެސް މިއީ ހަޤީގަތެއްބައެވެ. ހުއިވަނި ހަފާފާނެތީ ބިރުންނޭކިޔާ ވަލަށް ވަންނަ މީހުންގެ އަދަދު މަދެއްނުވެއެވެ. ކޮންމެ ދުވަހަކުވެސް ރަށު އޮފީހުގައި ހުންނަ އަޑުގަދަ ކުރާއިން 8:00 ގައި ވަލަށް ވަނުމަށް ގޮވާލާއިރަށް ވަލަށް ވަދެގެން އެދަނީ އެބޭފުޅުން އަމިއްލައަށް ހަދާފައިވާ ޤަވާއިދާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުންކަން ޔަޤީނެވެ.
ވާނީވެސް އެހެންތާއެވެ. ބަޔަކު ކަމަކަށް ފެންބޮވައިގަންފައި ތިބެންޔާ ވާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާލެވޭނީ ފަހުންނެވެ. މިއީ ކަންހިގާ ގޮތެވެ. ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. އަންހެނުންގެ ހިތްވަރުގަދަ ވާހަކަ އެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ވަލަށްވަދެ ކާށި، މަޑު، ފަން އަދި ދަރު ފަދަ ތަކެތި ހޮވަމުންދާއިރު އުނދަގޫ ތަކަކާއި ކުރިމަތި ލާން ޖެހޭނެ ކަން ޔަޤީނެވެ. ހަމަގައިމުވެސް މަދިރީގެ އުނދަގޫ އިންތިހާއަށް ވާނޭފަދައިން މިދުވަސްކޮޅު ހުއިވަނީގެ އުނދަގޫވެސް އިންތިހައަށް ބޮޑުވާނެކަން ޔަޤީނެވެ.
ނަމަވެސް އެފަރާތްތަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމައްޓަކައި ވަމުންއެދަނީ ކިހާބޮޑު ޤުރުބާނީއެއް ބާއެވެ. ހަމަގައިމުވެސް ހިތްވަރު ގަދަ ކެރޭ މުރާލި މީހުންނަށް ނޫނި މިފަދަ ކަންކަމުގައި އަމަލީގޮތުން އުޅުމަކީ ފަސޭހަ ކަމަކަށް ނުމެނުވާނެވެ.

ޖަބްރޯލްގަސްގަހުގައި ބެލް ސިސްޓަމް ހަރުކޮއްފައި














މިހާރަކަށް އައިސް ރޭގަނޑުވެއްޖެ ނަމަ އެންމެ ގިނައިން އިވޭނެ އެއްއަޑަކީ ބޮރިލަ ހަލުވާއަޑެވެ. މިއީ މިހާރަކަށް އައިސް މިލަންދޫއިން ރޭގަނޑު އެންމެ ގިނައިން އިވޭނޭ އަޑެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިދުވަސްކޮޅަކީ ލަންދޫއަށް ޖަބްރޯލްގެ ސީޒަނެއް އައިސްގެން އުޅޭ ދުވަސްކޮޅެކެވެ. އެގޮތުން ގިނަގޭގޭގައި ވާލަފެއްސުމަށްޓަކައި ގަސްގަހުގައި ގިނައަދަދަކަށް ބޮރިލަ ހަރުކޮއްފާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ރޭގަނޑުވެއްޖެ ނަމަ 5 މިނެޓުން 5 މިނެޓުން އެލާމުވާ ގަޑިއެއް ހެން ރަށުތެރެއިން އިވޭއަޑަކީ ބޮރިލާއިގެ އަޑެވެ.
މީގެ ސަބަބަކީ ގިނަގޭގޭގައި ޖަބްރޯލް ގަސްތަށް ދޮށުގައި ދަމަށްތިބެމުންދާކަމެވެ. މިއީ މީގެ ކުރުންވެސް މިލަންދޫއިން ފެންނަމުންއައި މަންޒަރެކެވެ. ދެދަންފަޅިއަށް ޑިއުޓީބަހާއިގެން އެމަސައްކަތް ކުރަމުން އެދަނީ އެފަރާތްތަކަށް ރަނގަޅު އާންމުދަނީއެއް އެކަމުން ލިބޭނޭ ކަމުގެ އުއްމީދުގައި ކަމުގައި ނޫނީ ނުވާނެއެވެ.
ދެންފަހަގަ ކޮއްލެވޭ އަނެއްކަމަކީ ދުނިޔެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ޖަބްރޯލްގެ އަގުތަކަށްވެސް މިހާރު ކޮއްފައިވާކަމެވެ. އެގޮތުން މީގެކުރިން ރުފިޔާއަކަށް 5 ޖަބްރޯލް ވިއްކާފައި ވާއިރު މިހާރު ރުފިޔާއަކަށް ވިއްކަނީ 3 ޖަބްރޯލްއެވެ

އަޅުގަނޑު އެދެނީ މިމަސައްކަތް ކުރަމުންދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ރަނގަޅުއާންމުދަނީއެއް ލިބުމެވެ.

ކިޔުންތެރިއެއްގެ ގަލަމުން މިބްލޮގާއި މެދު ދެކޭގޮތް













އާމަގު.ޓީކޭ ބްލޮގް ވުޖޫދަށް އައިސް ނ.އަތޮޅުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުގައި ހިނގާ އަދި ހިނގާފައިވާ އެކިއެކި ކަންތައްތަކުގެ މައުލޫމާތު ލިޔެ އާންމުކޮށް ޝާއިއުކުރަން ފެށުމާއެކު މިބްލޮގުގެ ޒަރިއްޔާއިން ތަފާތު ގިނަގުނަ ޙަބަރާއި، މައުލޫމާތު ކިޔުންތެރިންނަށް ދަނީ ލިބެމުންނެވެ.. އެގޮތުން ނ.އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، އަތޮޅުފެންވަރުގަޔާއި، ރަށުފެންވަރުގައި ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތަކުގެ މައުލޫމާތު މިބްލޮގުގެެ އެހީގައި ކިޔުންތެރިންނަށް ފުޅާދާއިރާއަކަށް ދަނީލިބެމުންކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ
އަޅުގަނޑު އެދެނީ ހަލުވި ކުރިއެރުމަކާއެކު ކުރިއަށް އޮތްތާނގައި ބްލޮގުން ކިޔުންތެރިންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭން އާމަގު.ޓީކޭ ޓީމުގެ ފަރާތުން މަސައްކަތްކުރާނެކަމަށެވެ. އަދި ކިޔުންތެރިން ޝައުޤުވެރިވާފަދަ ބަދަލްތަކާއެކު ޒަމާނާ އެކަށޭނެގޮތަށް ބްލޮގުގެެ ގްރެފިކްސްއަށާއި، މޫނުމައްޗަށް ބަދަލް ގެނެވޭތޯ މަސައްކަތްކުރާނެކަމަށްވެސް މިފުރުސަތުގައި ކިޔުންތެރިއެއްގެ ޙައިސިއްޔަތުން އުއްމީދުކުރަމެވެ...... ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެމެވެ

ރުޅި ...........ފުޓްބޯޅައިގެ ބަލިފައި














މިހާރަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ދަނޑުގައި އާދަވެގެން ކޮންމެ ދުވަހަކު ކުޅޭއިރު ރެފްރީއެއް ނެތުމުގެ އިހްސާސް ކުރެވޭ ކަހަލައެވެ. މިހެން މިދެންނެވި ސަބަބަކީ ކުޅުމުގެ ފޯރިގަދަވެގެން ގޮސް ދިމާވާ މައްސަލަތަށް ހައްލުކުރާނެ މީހަކު ނެތުމުން (ރެފްރީއެއް) އެކަން ހައްލުނުވެ ގިނަ ދެބަސްވުންތަށް އުފެދި ކުޅުން ހުއްޓާލަން ޖެހޭ ދުވަހުގެ އަދަދު ގިނަވަމުން ދާ ކަމެވެ.
މިގޮތަށް ކުޅެވޭ ކުޅުމުގައި ދިމާވާ މައްސަލަތަށް އަމިއްލައަށް ހައްލުކުރަން ނޭގުމުން ރަސްމީ މެޗްތަކުގައި ޓީމް ކޮންޓްރޯލް ކުރަން ނޭނގުމެވެ. އެގޮތުން މިއަދާ ހިސާބައް އައިއިރުވެސް ލަންދޫޓީމުން މިމައްސަލަ ވަނީ ކުރިމަތިވެފައެވެ. މިއީ މިހާރު ކުޅޭންދާ ކުޅުންތެރިން ފުންކޮން ވިސްނަން ވެއްޖެ ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި ފުޓްބޯޅައިގާ ކުރިއަރާދާން ބޭނުންނަމަ ތިމާގެ ޑިސިޕްލީން ރަނގަޅުވާން ޖެހެއެވެ.
އަޅުގަނޑު ދެކޭގޮތުގައި ފުޓްބޯޅައިގެ ބަލިފަޔަކީ ރުޅި އައުމެވެ. ނަމަވެސް ބައެއް ކުޅުންތެރިންނަށް އެކަން ޤަބޫލު ނުކުރެވެނީ ބާއެވެ. ނޫނީ ބަލިގަބޫލް ކުރަން އުނދަގޫ ވަނީ ބާއެވެ. ހަމަގައިމުވެސް ފުޓްބޯޅައިގައި ބަލިވާތަންވެސް އަންނާނެއެވެ. ރުއަންނަން ޖެހޭ ތަންވެސް އަންނާނެއެވެ. ނަމަވެސް މޮޅު ގޮތަކީ ރުޅިއަންނަ ހިނދު ރުޅިކޮންޓްރޯޅް ކުރުމެވެ. ނަމަވެސް މިކަން ދަނޑުމަތީގައި ނުފެންނަކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
ލަންދޫގައި މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ތިބިކަންފާހާގަ ކުރާހާލު މިފަދަ ކަންތައް މަދުރުމަށް އަމިއްލައަށް މަސައްކަތް ކުރުން އެއީ އެފަދަ ކުޅުންތެރިންގެ ކުޅުމަށް އިތުރު ކުރިއެރުމަކަށް ނޫނީ ނުވާނެއެވެ.

ލަންދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ 2 ވޮޗަރުން ހޯދުމަށް މިއަދު އިޢުލާން ކޮއްފި


















ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ސަރުކަަރުން ހަމަޖައްސަވާ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ފަރާތަކާއި ހަވާލުކުރެވެންދެން، ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން އެއޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ ދެވޮޗަރުން ހޯއްދުމަށް އިޢުލާން ކޮއްފިއެވެ. އެއޮފީހުގެ އިޢުލާން ނަމްބަރ 13/2010 (22 މަރޗް 2010) ގައި ވާގޮތުން އެމަޤާމަށް ހަމަޖެހޭ 2 ވޮޗަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑިއުތީ އުސޫލުން ކޮންމެ ދުވަހަކު ހަވީރު 4:00 ން ހެނދުނު 8:00 ށް އެވެ. މިމަޤާމުގެ މުސާރައަކީ މަހަކު -/2790 (ދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) އެވެ. އަދި ހަމައެހެންމެ ސަރވީސް އެލަވަންސް ގެ ގޮތުގައި މަހަކު -/900 (ނުވަސަތޭކަ ރުފިޔާ) ދެވޭނޭ ކަމަށް އެއޮފީހުގެ އިޢުލާންގައި ވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން ލަންދޫ އޮފީހަށް ހުށައެޅުން އެދެމެވެ.

އާރު އެލް ބީ ހޮލިޑޭ ކަޕް 2010














ލަންދޫގެ ތަރީހުގައި ފުރަތަމަ ފަހަރަށް ސްޕޮންސަރ ކޮއްގެ ބާއްވާ ހޮޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނޭ ތާރީހެއް 17 މާރޗް 2010 ވީ ބުދަދުވަހުގެ ރޭ ބޭއްވި ލިޔެސް ޖަމްއިއްޔާގެ އާންމު މެމްބަރުންގެ ބައްދަލުވުމުން ފާސްކޮއްފިއެވެ. އެބައްދަލުވުމަށް ޙާޒިރުވި މެމްބަރުންގެ ފުރިހަމަ އަޤުލަބިއްޔަތުން ފާސްވީ މިއަހަރުގެ ނޮވެމްބަރ މަހުގެ 20 ވާ ހޮނިހިރު ދުވަހު މުބާރާތް ފަށާގޮތަށެވެ.
ހަމައެހެންމެ މިބައްދަލުވުމުގައި މިއަހަރު މިމުބާރާތަށް ޓީމުތަށް އަލުން ބެހުމާމެދު މެމްބަރުންގެ ވޯޓަކަށް އެދުމުން އެގޮތަށް އެކަން ވަނީ ފާސް ނުވެފައެވެ. މިބައްދަލުވުމުގައި ހޮލިޑޭ ކަޕް ގެ ޤަވާއިދަށް ވަނީ އިސްލާހު ތަކެއް ހުށައެޅިފައެވެ. އެގޮތުން ރަށުން ބޭރު ކުޅުންތެރިން ޓީމުތަކުގައި ހިމެނޭ އަދަދު 3 ން 4 އަށް ވަނީ އިތުރު ކުރުމަށް ފާސްވެފައެވެ. އަަދި ހަމައެހެންމެ މިގެކުރިން އެއްފަހަރާ ރަށުންބޭރު 2 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް އޮތް އޮތުން ވަނީ 3 ކުޅުންތެރިންނަށް ބަދަލުކޮއްފައެވެ. މީގެ އިތުރުންވެސް ބައެއް އިސްލާހުތަށް ހުށެއެޅުނެވެ. އެހެން ކަމުން މިބައްދަލުވުމުގެ ރިޔާސަތުން ނިންމީ އިތުރު ބައްދަލުވުމަކަށް ގޮސްގެން ޤަވާއިދު އިސްލާހުކުރާގޮތަށެވެ.
އެހެންކަމުން މިފަހަރުގެ ހޮލިޑޭ ކަޕްގެ ޤަވާއިދަށް ގިނަބަދަލުތަކެއް އައުން އެކަށީގެން ވެއެވެ.

ދެން ރަށުންބޭރު ޓީމަކާއި ދެކޮޅަކަށް ނުކުޅޭނަށް


















އެންމެފަހުން ލަންދޫގައި ކުޅެވުނު އެކުވެރިކަމުގެ މެޗަށްފަހު ލަންދޫގެ ނޭޝަނަލް ޓީމުގެ އެއްވެސް މެޗެއްގައި މީގެ ފަހުން ނުކުޅޭނެ ކަމަށް އެމެޗްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މިރަށު އޯކިޑްމާގެ ސަހީމް އިބްރާހިމް (ބެއްރި) ހާމަކޮއްފިއެވެ.
މިމެޗަށް ތައްޔާރުވުމަށްޓަކައި ޓީމުގެ ކުޅުންތެރިންނަށް ބޭއްވި ބައްދަލުވުމަށް ފަހު އޭނާ ބުނީ މިމެޗްގައި ކުޅެން ނާރުވަފި ނަމަ ދުވަހަކުވެސް ލަންދޫގެ ފުޓްބޯޅަ ޓީމަށް ނުކުޅޭނެ ކަމަށެވެ.
ފުލުހުންގެ ޓީމުތަކާއި ދެކޮޅަށް ކުޅޭހިތްވާ ބެއްރި ބުނީ މީގެ ކުރިން މިދިޔަ އަހަރުވެސް މަނަދޫގެ ޕޮލިސް ސްޓޭޝަނާއި ދެކޮޅަށް ކުޅުނު މެޗްގައިވެސް އޭނާ އަށް ކުޅުމުގެ ފުރުޞަތު ނުލިބުނު ކަމަށެވެ.
ފުޓްބޯޅަ ދަނޑުގައި ސެންޓަރ ފޯވާޑަށް ކުޅެމުން އަންނަ ބެއްރި ބުރީ އޭނާ ލަންދޫ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާގެ ކުލަބް ވެލޯސިޓީގެ ޓީމުން ކުރިޔަށް އޮތްތަނުގައިވެސް ފެނިގެން ދާނެކަމަށެވެ.

ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ














އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ހދ.ހަނިމާދޫގައި ކުރިޔަށް ގެންދާ " ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ " ކޯހުގައި ބައިވެރިވާން ލަންދޫއަށް ލިބުނު އިތުރު ފުރުޞަތެއްގައި މިކޯހަށް ފޮނުވި ލިޔެސްގެ ހަރަކާތްތެރި މެމްބަރ ނ.ލަންދޫ ބުލޫކިޔާގެ އަބްދުﷲ އާރިފް ( އާރިއްޕޭ ) މިކޯހުގެ ދެވަނަބުރަށް ފާސްވި ކަމުގެ މަޢުލޫމާތު އާމަގު.ޓީކޭ އަށް ލިބިއްޖެއެވެ.
ޖުމްލަ 25 ބައިވެރިން ހިމެނޭ މިކޯހުގައި ލަންދޫއިން ދެން ބައިވެރިވީ ބަރާބަރުގެ އައިޝަތު އަޒިމާއެވެ. ނަމަވެސް މިކޯހުގެ ފުރަތަމަ ބުރުން ފާސްވި ބައިވެރިންގެ ތެރޭގައި އަޒީމާ ނުހިމެނޭ ކަމަށްވެސް ވަނީ މަޢުލޫމަތު ލިބިފައެވެ. ހުރިހާ ބައިވެރިންގެ ތެރެއިން މިކޯހުގެ ފުރަތަމަ ބުރުން ފާސްވީ 17 ބައިވެރިން ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭގެތެރޭގައި މިއަތޮޅުގެ ކެނދިކުޅުދޫއިން ބައިވެރިވި 2 ބައިވެރިންވެސް ހިމެނެއެވެ.
މިކޯސް އަންނަ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


ކުރިއަރަމުން އަންނަ ޑިފެންޑަރ















މިހާރު ލަންދޫގައި އެންބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅުންތެރިއަކީ ފުޓްބޮޅަ ދަނޑުގައި މާކަރަކަށް ކުޅެމުން އަންނަ ލަންދޫ ފިނޮޅު ހަސަން މާހިރު (މާޓީން) އެވެ. އެކަން ލަންދޫގައި ފުޓްބޯޅަ ކުޅެންދާ ގިނަޒުވާނުންގެ ދޫތަކުން ދަނީ ހާމަ ކުރަމުންނެވެ.
މިއީ ހަމަގައިމުވެސް މާޓިންގެ މަސައްކަތާއި ހިތްވަރުގެ ނަތީޖާއެވެ. މިހާރު ލަންދޫ ޓީމުގެ ޑިފެންސް ލައިން އަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރު އެއް ޑިފެންޑަރީ މާޓިން ކަމާމެދަކު ޝައްކެއްނެތެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ.
މީގެކުރިން މާގިނައިން ފުޓްބޯޅަ ދަނޑުން ނުފެނުނުނަމަވެސް މިހާރަކަށް އައިސް އެންމެ ކުރިން ގަޑިއަށް ދާ ކުޅުންތެރިންގެ ތެރޭގައި މާޓިން ފާހަގަ ކުރެވެއެވެ. މާޓިން އެންމެބޮޑަށް ފާހަގަ ކުރެވެނީ އެހެންމީހުންނާއި ގުޅިގެން ކަންކަމުގައި ލީޑް ކުރާ ޒުވާނެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ލަންދޫ ފުޓްބޯޅަ ޓީމުގެ އޮފިސަލުން ތެރޭގައިވެސް ހަރަކާތް ތެރިވެފައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮއް ރަށުގައި ބާއްވާ ސަޤާފި ވަރަށް ގިނަ ހަރަކާތްތަކެއްގެ އިސް ސަފުހާ މާޓިން ހިމެނެއެވެ.
މިފަހަކަށް އައިސް ލަންދޫގައި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްތަކަށް ޒުވާނުންގެ ޓީމް ތައްޔާރުކުރުމުގައި އެންމެ އިސްކޮއް މަސައްކަތް ކުރާ އެކަކީ މާޓިން އެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ރަށުންބޭރު ޓީމަކާއި އެކު ކުޅެވުނު ފުރަތަމަ މެޗްގެ ކެޕްޓަން ކަމާއި ދާދި ފަހުން ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ޓީމާއި ދެކޮޅަށް ނުކުން ޒުވާނުންގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މާޓިންވަނީ ކޮއްފައެވެ.
މިމެޗްތަކަށްފަހު މާޓީންގެ ހުނަރުތަށް އިތުރު ވަމުން އަންނަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ހަމަގައިމުވެސް މިހާރު މާޓިންގެ އުއްމީދަކީ ލަންދޫގެ ނަމްބަރ 1 ޓީމަށް ކުޅެ ރަށަށް ރީތިނަން ހޯދައިދިނުން ކަމުގައި ނޫނީ ނުވާނެއެވެ. އަޅުގަނޑު އެދެނީ މާޓިން އަށް ފުޓްބޯޅައިގައި އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.

އަނެއްކާވެސް މަދިރީގެ އުނދަގޫ
















ލަންދޫއަކީ އާބާދީ 1000 އަށް ގާތްކުރާވަރަށް މީހުން އުޅޭ ބިންބޮޑު ރަށެއްކެވެ. އަދި ހަމައެހެންމެ މިރަށަކީ މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ވާ ބޮޑު ރަށެކެވެ. އެހެންކަމުން މިހާރަކަށް އައިސް އަނެއްކާވެސް މިރަށުގައި އާދަޔާ ހިލާފަށް މަދިރި ގިނަވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މަދިރިއަކީ ނުރައްކާތެރި އެތަށް ބަލިތަކެއް އޭގެ ސަބަބުން އިންސާނުންނަށް ޖައްސުވާ އެއްޗަކަށް ވާހިނދުވެސް އެފަދަ ކަމެއް ފެތުރެއް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން މިކަމާއި ދޭތެރޭ ވިސްނަން ފެށުން އަދި ތަންކޮޅެއް އަވަހީ ބާއެވެ.
"ހުންހައުމުގެ ކުރިން ރަޖާލާށެވެ." ބުނެއުޅޭ ބަހަކީ ބުރަދަނެއްވާ ބަހެއްކަމުގައި ޤަބޫލު ނުކުރެވެނީ ބާއެވެ. މީގެ ކުރިންވެސް މިރަށުގައި މަދިރި ގިނަވުމުގެ ސަބަބުން މިކަމާއިބެހޭ މުއާސަސާތަކުން ވަނީ މަދިރި ކޮންޓްރޯލް ކުރުމަށް އެކިފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކޮއްފައެވެ. ނަތީޖައެއްގެ ގޮތުން މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެ އޭރު ލިބުންކަންވެސް ފާހަގަ ކުރަމެވެ.
އަޅުގަނޑު ޤަބޫލްކުރާގޮތުގައި މިފަދަ ޕްރޮގްރާމްތަށް ބޭއްވުމުގެ ވަގުތު މިވަނީ އައިސް ޖެހިފައެވެ.
ބައްޔެއް ޖެހުމުން ބަލިން ރައްކާތެރިވުމަށް ވުރެ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.

މިއަހަރު ކުޅެވޭ އެކުވެރިކަމުގެ 3 ވަނަ ފުޓްބޯޅަ މެޗް














ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރ.އަތޮޅުގައި މަސައްކަތް ކުރަމުންދާ ފުލުހުންގެ ޓިމަކާއި ލަންދޫގެ ޒުވާނުންނާއި ދެމެދު އަންނަ ބުރާސްފަތި ދުވަހު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ވާހަކަ ދެކެވެމުން އެބަދެއެވެ.
މިމެޗް ވެގެންދާނީ ލަންދޫ ފުޓްބޯޅަ ދަނޑުގައި މިއަހަރު ރަށުންބޭރު ޓީމުތަކާއި ދެކޮޅަށް ކުޅެވޭ 3 ވަނަ މެޗަށެވެ. މީގެ ކުރިން ކުޅެވުނު 2 މެޗުންވެސް ލަންދޫ ޓީމްވަނީ ބަލިވެފައެވެ. އެގޮތުން މިއަހަރު ފުރަތަމަ ލަންދޫ ޒުވާނުންނާއި ހެނބަދޫ ޒުވާނުންނާއި ދެމެދު ކުޅުނު މެޗް 3-1 ނަތިޖާއަކުން ބަލިވި އިރު މިދިޔަ ހުކުރު ދުވަހު ލަންދޫ ސްކޫލާއި މަނަދޫ ސްކޫލްގެ ޓީމް ބައްދަލުކުރި މެޗުން ލަންދޫ ބަލިވެފައި ވަނި 4-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މިމެޗަކީ މިކަން ބަދަލުކޮއްލުމަށް ލިބިގެންދާނެ ފުރުޞަތެކެވެ.
މިފަހަކަށް އައިސް ލަންދޫ ޓީމްގެ ފަރާތުން ފާހަގަ ކުރެވޭ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ބުންބަރުގެ މަސައްލަ ކަމަށް ވާތީ ކުރިޔަށް އޮތްތަނުގައި މިކަމަށް ވިސްނަންޖެހެއެވެ.

ނ. ލަންދޫ ކްރައިމް ޕްރިވެންސަން ކޮމިޓީ ކޮބާ؟














ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދުކުރުމަށް ނ.ލަންދޫގައި އެކުލަވާލި ކްރައިމް ޕްރިވެންޝަން ކޮމެޓީ 29 އޮކްޓޯބަރ 2009 ގައި ވަނީ އިފްތިތާހު ކޮއްފައެވެ. މިކޮމެޓީގެ ޗެއަރމަން އަކީ ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުއްﷲ އަބުދުއް ރައްޒާގެ އެވެ. މިކޮމެޓީގެ ވައިސް ޗެއަރމަން އަކީ ނ.ލަންދޫ އަރާއިރު އަބުދުއްﷲ އާމިރު އާއި ކުޑަ ކަތީބު އަބުދުއްނާސިރު އަލީ އެވެ.
ޖުމްލަ 12 މެމްބަރުން ހިމެނޭ މިކޮމެޓީގެ މަޤުސަދަކީ ޕޮލިސް ސްޓޭޝަން ނުހުންނަ ރަށްރަށުގައިވެސް ކުއްކުރުން މަދުކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހުއާލާކުރުމާއި އަދި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި އެވަގުތަކަށް ފުލުހުންގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިތޯބަލާ އެކަންކަން ފުލުހުންނަށް ހުށަހަޅައިގެން ފުލުހުންނާއި ގުޅިގެން ކުށްކުރުން މަދުކުރުމަށް މަސައްކަތްކުރުމެވެ.
މިއަދާއި ހަމައަށް އައި އިރު ލަންދޫގައި މިފަދަ ކޮމެޓީއެއް އުފައްދާފައިވާކަން އެނގެނީ ކިތައް މީހުންނަށްބާއެވެ. ހަމަގައިމުވެސް ޒުވާނުންގެ ތެރެއިން ގިނަބަޔަކަށް މިކޮމެޓީ މިރަށުގައި އުފައްދާފައި ވާކަމެއް ނޭނގެއެވެ. ބުނަން މިއުޅެނީ އެފަދަ ކޮމެޓީއެއް މިރަށުގައި އުފެދިފައި އޮތް އިރު ރަށުގައި ހިނގަމުންދާ ކުއްތައް މިކޮމެޓީއިން ބަލަމުން ދޭބާއެވެ. ބަލަމުންދާ ނަމަ އެފަދަ ފަރާތްތަކުން ކުރާކަންތައްތައް ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭބާއެވެ.
މިކޮމެޓީގެ މެމްބަރުންގެ މިފަދަ ކުއްތައް މަދުކުމުގައި އެފަރާތްތަކުގެ ބައިވެރިވުން ލިބެމުންދާނެކަމަށް ބުނެފައިވާ ހިނދު އެކަން އަމަލީ ގޮތުން ފެންނަމުން ދޭބާއެވެ. މިކޮމެޓީ އުފެއްދެވިފަހުން މި ލަންދޫގައި ކުއްތަކެއް ހިނގާދިޔަ ކަމަށް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ ބާއެވެ. ހަމަގައިމުވެސް ކުށެއް ހިނގާދިޔަކަށް އެނގޭ ފަރާތެއް ހަމަގައިމުވެސް މި ކޮމެޓީގައި ވާނޭކަން ޔަޤީނެވެ. އެފަދަ ކުއްތަކަކީ މާބޮޑު ކަމަށްކަށް ނުވާނަމަ މިކޮމެޓި އުފެއްދުމުގެ މަޤްޞަދާއި މެދު ސުވާލުއުފެދެއެވެ. މިފަދަ ކަންކަން މިހާ ދޯދިޔާކޮން ދިޔުން އެއީ ކުއްކުރާ މިހުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް އަޅުގަނޑު ދެކެމެވެ.






ލަންދު ސްކޫލްގެ ފުޓްބޯޅަ ލީގުގެ ފުރަތަމަ މެޗް














ކުލަގަދަ ރަސްމިއްޔާތަކަށްފަހު ލަންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ ލީގު 2010 އިއްޔެ ފަށައިފިއެވެ. ލީގު ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރެހެންދީ ހައުސް އާއި ދޮށިމޭނާ ހައުސްގެ ޓީމެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ކުރިހޯދީ ރެހެންދީ ހައުސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ އައްލާމްއެވެ. ނަމަވެސް މިލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް ލަނޑެއްޖަހާ މެޗްގެ ނަތީޖާ ވަނީ ހަމަހަމަ ކޮއްފައެވެ.
މިލަނޑަށްފަހު ދޮށިމޭނަ ހައުސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިރުތަކެއްނުވެ ދޮށިމޭނާ ހައުސްގެ މުހައްމަދު މުނަންވަރު (ޖޯޒީ ނަމްބަރ 8) ވަނީ އިތުރު ލަނޑެއްޖަހާ މެޗްގައި ފުރަތަމަ ފަހަރަށް ދޮށިމޭނާ ހައުސްއަށް ލީޑް ހޯދަދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-2 ން ދޮށިމޭނަ ހައުސް ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފުގައިވެސް މޮޅަށްކުޅޭ ގިނަ ހަމަލާތަށް އުފައްދަމުންދިޔައީ ދޮށިމޭނާ ހައުސް އިންނެވެ. އެގޮތުން ދެވަނަ ހާފުގައި އެތީމުވަނީ އިތުރު 3 ޖެހުމަށްފަހު މެޗްގެ ނަތިޖާ 5-1 ށް ބަދަލުކޮއްފައެވެ. މިތިންގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބު ކޮއްދިނީ އެހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ. އަނެއްލަނޑު ކާމިޔާބު ކޮއްދިނީ މުހައްމަދު މުނަންވަރުއެވެ.
މެޗް ނިމުމުން މެޗްގެ މޮޅުކުންގެރިޔާއަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮއްފައެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ 3 ގޯލްޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ.



ލަންދޫސްކޫލްގެ ފުޓްބޯޅަ ލީގު 2010 ފެށެނީ














ޒުވަނުންގެ ފުޓްބޯޅަ ޓީމް ބަލިކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގައި ލަންދޫ ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ ލީގް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިއަދާއި ހަމައަށް އައިއިރު ބައެއް ހައުސް ތަކުން ދަނީ ރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ކޯޗުކަމުގެ ދަށުން އެހައުސްތަކުގެ ޕްރެކްޓިސް ކުރަމުންނެވެ.
އެގޭތެރޭގައި ފާހަގަ ކޮއްލޭ ކޯޗުންނަކީ ނިމިގެން ދިޔަ އަހަރުގައިވެސް ހައުސް ތަކަށް ކޯޗްކަން ކޮއްދީފައިވާ ތަޖުރިބާކާރު ކޯޗުންކަން ފާހަގަ ކޮއްލެވެއެވެ. އޭގެ ތެރޭގައި ހުނަރުވެރި ފޯވާޑް ހުސައިން ޖަވާދު (ޖަވާ) އާއި މަޝްހޫރު ޑިފެންޑަރ ހަސަން މާހިރު (މާޓިން) ފާހަގަ ކޮއްލެވެއެވެ.
ހައުސް ތަކުގެ ކުޅުންތެރިނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިފަހަރުގެ މުބާރާތަށް އެ ހައުސްތަކުން ވަރަށް ފުރިހަމައަށް ތަްޔާރުވަމުންދާކަށް ވަނީ އެނގިފައެވެ. ނަމަވެސް އެއްހައުސްއަށް ކޯޗަކު ލިބުމުގެ ދަތިކަން އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ.
ލަންދޫ ސްކޫލުގެ ދަރިވަރުންގެ ޖަމްއިއްޔާގެ އިންޗާރޖް ޔޫސުފް އަބްދުއްރަހީމް (ޔޫއްޓޭ) ގެ މަޢުލުމާތު ދިން ގޮތުގައި މިފަހަރުގެ މިލީގުގެ މެޗްތަށް ކުރިޔަށް ގެންދިއުމަށް ގަސްތުކޮއްފައިވަނީ މުޅިއަހަރުދުވަހަށް ބަހާލައިގެންނެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައިވެސް ވާދަކުރާނީ ސްކޫލުގައި އޮތް 3 ހައުސް ކަމަށްވާ ރެހެންދީ ހައުސް އާއި ސިއްތިމާވާ ހައުސް އަދި ދޮށިމޭނޭ ހައުސްގެ ޓީމެވެ.
ސްކޫލުގައި މިހާރި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލައި މިފަހަރުގެ ލީގް ކުޅުމަށް ސްކޫލްގެ ފުޓްބޯޅަ ދަނޑުގެ އިތުރުން ގޯލްވެސް ވަނި ކުޑަކޮއްފައެވެ.
މިފަހަރުގެ މުބާރާތުގައި މޮޅުކުޅުމެއް ފެންނާނެ ކަމަށް ގިނަބަޔަކު ފާހަގަ ކުރާ ކުޅުންތެރިންގެ ތެރޭގައި އަހްމަދު އާޒިމް (ދަވާދޭ) ، ހަސަން ނިޝާން (ދަޅު) ، މުހައްމަދު ނަފްސާން އަދި އިބްރާހިމް އަޒީމް (ނަފީ) ފަދަ ކުޅުންތެރިން ފާހަގަ ކޮއްލެވެއެވެ.

ސްކޫލަށް ދާހިތް ނުވަނީ ކީއްވެ؟


















މިއީ މިހާރު ވިސްނަންވެއްޖެ ކަމެކެވެ. ޅައުމުރުގައި ތަޢުލީމް އުނގެނުމާއި ދުރަށް ކުދިން ދިއުމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް ބާއެވެ. އެޒިންމާ ނަގަންވީ މަދަރުސާ ތަކުންތޯއެވެ. ނޫނީ ބެލެނިވެރިން ތޯއެވެ. ހަޤީގަތުގައިވެސް މިއީ މިހާރު ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ. މިތަޢުލީމީ ޒަމާނުގައި ތަޢުލީމުގެ މުހިންމުކަން ޙަޤީޤަތުގައިވެސް އެކުދިންނަށް ނުވިސްނެނީ އެވެ.
މިހާރަަކަށް އައިސް ބައެއްކުދިން ސްކޫލަށް ނުގޮސް ރަށުތެރޭގައި ގިނަވެގެން އެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފަހަރެއްގައި އެއީ ތަރުބިއްޔަތުކުރުމުގެ މައްސަލައަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. މިކަމާއި ގުޅިގެން އެފަދަ ކުދިންނާއި ވާހަކަ ދައްކާލުމުން ބައެއްކުދިން ބުނަނީ ސްކޫލަށް ނުދަނީ އެހެން ކުދިންގެ ކިޔެވުމަށް ބުރޫ އަރަމުންދާތީކަމަށެވެ. މާނައަކީ ގޮސްފިނަމަ ކްލާހުގައި މަޑުން ނީންދެވޭތީކަމަށެވެ. އަނެއްބައި ކުދިން ސްކޫލަށް ދާހިތް ނުވާކަމަށް ބުނާ ސަބަބެއްކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރާއި ނުގުޅޭ ކުދިންތަކަކާއި އެއްކުލާހެއްގައި ކިޔަވަން ޖެހުމެވެ.
މިގޮތަށް ސްކޫލަށް ނުދާ ދަރިވަރުންގެ ފަރާތުން ފާހަގަ ކުރެވޭ އެއްކަމަކީ މިފަދަ ކުދިންނަކީ އަޙުލާޤީ މައްސަލަތަކުގައި ތަކުރާރުކޮއް ސްކޫލުގެ އިދާރާއަށް މަސައްލަތަކުގައި ގެނެވޭ ކުދިންކަމެވެ.
މިހާރަކަށްއައިސް މިފަދަ ކުދިން މުޖުތަމަޢުތެރޭގައިކުރާ ތަފާތު މަސައްކަތްތައްކުރަމުން ދާތަންވެސް ފެންނަމުންދަނީ ކީ މަދަކުންނޫނެވެ. އެގޮތުން ވެލިގެނައުމައި އިންޖީނުގޭގެ ފީފާތައް އުފުލުމާއި ފިހާރަތަކަށް މުދާ އުފުލުމާއި ރުކުއެޅުންފަދަ ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދަނީކީ މަދަކުންނޫނެވެ. ހަމައެއާއި އެކު މިފަދަ މަސައްކަތްތަށް އެކުދިން ކުރަމުންދަނީ ފައިސާ އަށް ކަމަށް ވާތީ އެކުދިން އެފައިސާއިން ކުރަމުން އެދަނީ އެދޭ ޚަރަދުތަކެއްތޯ ބަލަމުން ދަނީ ކިތަށް ބެލެނިވެރިންތޯއެވެ.
މިއީ މިފަދަ ކުދިންގެ މައިން ވިސްނާލަން ވެއްޖެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ތިމާގެ ދަރި ގޯސްމަގަކުން ދިއުމަކަށް ނޭދޭ އިރު އެފަދަ ކުދިން ރަނގަޅުމަގަށް އެޅުވުމަށް މަސައްކަތް ނުކުރަނީ އެކަމާ ހިތާމަ ކުރަމެވެ.

powered by Blogger | WordPress by Newwpthemes | Converted by BloggerTheme