ކުޅުމުގެ ފެންވަރު ރަނގަޅުކުރަން ވެއްޖެ

މިހާރަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ޓީމް ކުޅޭ މެޗުތަކުގައި ދައްކަމުންދަ ދައްކުޅުމާއި ދޭތެރޭ ވަރަށް ގިނަބައެއްގެ ފާޑިކިޔުންދަނީ ޓީމާއި އަމާޒުކުރަމުންނެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިއަހަރު ފުރަތަމަ ރަށުންބޭރު ޓީމަކާއި ދެކޮޅަށް ކުޅުނު މެޗުން ޒުވާނުންގެ ފުޓްބޯޅަ ޓީމް ބަލިވުމުން ކުޅުންތެރިންވަނީ ރަށުފަސްގަނޑުގައި ކުޅެ ބަލިވުމުގެ ހަޑިނަން ފޮހެލުމަށް މަސައްކަތްކޮއް އެކަން ކާމިޔާބުވެސް ކޮއްފައެވެ

އެގޮތުން އޭގެ ފަހުން ކުޅެވުނު ދެމެޗުވެސް ވަނީ ކާމިޔާބު ކޮއްފައެވެ. ނަމަވެސް ފުޓްބޯޅައަށް ޝައުގުވެރިވާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މޮޅު ޓީމަކީ ގޯލުޖަހާ ޓީމައްނުވާއިރު އެފަދަ ފަރާތްތަކުން ދެކެނީ މޮޅުޓީމަކީ މޮޅުކުޅުން ދައްކާޓީމުކަމުގައެވެ. ބުނެލަން މިއުޅެނީ އެންމެފަހުން ކުޅެވުނު ދެމެޗު ޒުވާނުންގެ ޓީމު ކާމިޔަބު ކުރިއިރު ޓިމުގެ ފަރާތުން ފެނުނު ދައްކުޅުމުގެ ވާހަކައެވެ.
މިއީ މިހާރު ކުރިއަރަމުން އަންނަ އަދި ތަޖުރިބާކާރު ކުޅުންތެރިން ވިސްނާލަން ވެއްޖެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

No Response to "ކުޅުމުގެ ފެންވަރު ރަނގަޅުކުރަން ވެއްޖެ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme