ދިވެހި ވެށި ޙިމާޔަތްކުރެވޭނީ ދިވެހިންގެ މަސައްކަތުން


 ލިޔުނީ؛ މުހައްމަދު ހިނީފު / ކ. ކާށިދޫ
އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެށްޓެވެ. ވެށްޓެއް ނެތްތަނެއްގައި ދިރުމެއް ނުވާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ވެށްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީއެވެ. ރަނގަޅު ސާފު ވެށްޓެއް ނެތްނަމަ އެއީ ޤައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ކުދި ޖަޒީރާ ޤައުމުތަކެވެ.
ވެށި ޙިމާޔަތް ކުރެވޭނީ ނުވަތަ އެހެންވެސް ތަނެއް ޙިމާޔަތްކުރެވޭނީ ހަމަ އެތަނެއްގެ ވެރި، އެތަނެއްގައި ދިރިއުޅޭމީހުންނަށެވެ. ހަމަ މި ބީދައިން ދިވެހި ވެށި ޙިމާޔަތް ކޮށް ދެމެހެއްޓޭނީވެސް މި ރަންހާރުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކުގެ މީހުނަށެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެން އުޅޭ ކޮޓަރިތަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން އެތަނަށް ކުނި އެޅީމާ ހަމަ އެ ކުނި ކޮޅު ގިނަފަހަރަށް ނަގަންޖެހިފައި އޮންނަނީ ޚުދު ތިމާއެވެ.
މިއަދު ދުނިޔޭގެ ސައިންސްވެރިން ކަންބޮޑުވާ އެންމެ ބޮޑު އެއްމައްސަލައަކީ ތިމާވެށީގެ މައްސަލައެވެ. ސަބަބަކަށް ވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ ޤުދުރަތީ ބޮޑެތި މައްސަލަތަކެވެ. ޖައްވު ހޫނުވުމާއި އޯޒޯން ފަށަލަ ތުނިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބޮޑެތި މައްސަލަތަކެވެ. މީގެ ހިތި ރަހަ ވަނީ ދިވެހީންނާ ވެސް ކުރިމަތިލާން ޖެހިފައެވެ. ރާއްޖެތޭރޭގެ ބައެއް ރަށްރަށުގެ ރައްޔިތުން މިވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ކަރުނަޔާއެކު އެހެން ރަށްރަށް ހިޖުރަކުރަންޖެހިފައެވެ. އެހެންކަމުން މިގޮތަށް ކަންތައްތައް ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރާ އަތޮޅުތަކުގެ މީހުން ހަމަ ޔަޤީނުންވެސް ބަދަލުކުރާނެ ތަނެއް ނު އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ވެށްޓަކީ ވަރަށްވެސް ނާޒުކު ވެށްޓެކެވެ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ މެދުގައި އަދި ހަމައެހެންމެ ރަށްތައް އެތުރިފައިވާ ގޮތުންނެވެ. ނަމަވެސް މި ކަމުން އަޅުގަނޑުމެންނަށް ފައިދާއެއްވެސް ލިބެއެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ބޭރުގެ އެހެނިހެން ޤައުމުތަކާ ޚިލާފަށް މޫސުމީ ތަފާތުވުމެއް ނެތުމެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރިމަތިލާން ޖެހެނީ އެންމެ ދެ މޫސުމާއެވެ. ވިއްސާރަކުރާ މޫސުމަކާއި ހޫނުމޫސުމެކެވެ.
ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް ޙައްލުކުރެވޭނީ އަޅުގަނޑުމެން ދިވެހިން އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. އެ ކަންތައްތައް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. މިގޮތުން ބަލާލާއިރު ކުނި މެނޭޖްކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެކެވެ. ކުނި ނައްތާލުމުގެ ހަރުދަނާ ޤަވާޢިދެއް ނެތްނަމަ މިއީ ވަރަށް ވެސް ބޮޑުކަމަކަށް ވެދާނެއެވެ. ވީމާ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލުން ވަރަށް ވެސް ބޭނުމެވެ.
ޖައްވު ނުސާފުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ޞިނާޢީ ކާރުޚާނާތަކުން ދޫކުރާ ވިހަ ދުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ކާރުޚާނާއެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މި ރޮނގުންވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އެ ފަދަ ޤައުމުތަކަށް އެކަން ހުއްޓުވުމަށްޓަކައި ބާރުއެޅިދާނެއެވެ. ނޫނީ އެމީހުންނަށް އެކަން ހުއްޓުވުގައި އެހީތެރިވެ ހިތްވަރުދެވިދާނެއެވެ.
ދުއްވާ ތަކެތިން ބޭރުކުރާ ދުމަކީވެސް ވަރަށް ނުރައްކާތެރި ދުމެކެވެ. މިކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން އަތޮޅުތަކަށްވުރެން ބޮޑަށް ފާހަގަކުރެވޭނީ ވެރިރަށް މާލެއިންނެވެ. އަޅުގަނޑު ދަންނަވާލަން އޮތްހާވެސް ވާހަކަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އެއްވެސް ދުއްވާއެއްޗެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މަދު ރަށެއް މެނުވީ ރަށުގެ ދެ ކޮޅު ނުފެންނަ ރަށެއް ނުއޮންނާތީއެވެ. ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ އާދަތައް ހުރިނެތްގޮތް ބައްލަވާށެވެ. އަޅުގަނޑުމެން ކައިރީގައި ހުންނަ ތަނަކަށްވެސް ދަނީ ދުއްވާއެއްޗެއްގައެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ވެއްޖެކަމެކެވެ.
އަޅުގަނޑުމެންގެ އާދަތައް ހުންނަގޮތުން ބައެއް ފަހަރަށް ފަޅުފަޅުން ވެލިނަގައި ހެދުމަކީވެސް ވަރަށް ޢާއްމުކަމެކެވެ. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ ކުޑަ ކުޑަ ވެލިކޮޅެއް އުފެދެންވެސް 1000 އަހަރަށް ވުރެ ގިނަދުވަސް ނަގާވާހަކަ އެވެ. އާދެ މިއީ އިންސާނީ ދަރިފަސްކޮޅުގެ 10 ޖީލް އުފަންވެ ދިރިއުޅެ ނެތި ފަނާވާހާ ދުވަހެވެ. މިއީ އަޅުގަނޑު ހެދި ދިރަސާއެއް ކަމުގައި ނުވިޔަސް، މިއީ ކުޅަދާނަ ސައިންސްވެރިން ހޯދާ ބަލައިފައިވާ ކަންތައްތަކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ހުންނަނަމަ މީގެ 100 އަހަރުފަހުން ރާއްޖެދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫންބާވައެވެ؟ އޭރުން އެވީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް ފޯރުކޮށްދިން އަގުހުރި ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަގައި އަޅުގަނޑު މެންނަށް ވެވުނު ހަމަ އެކަނި ކަމަކީ އެ އަމާނާތަށް ޚިޔާނާތްތެރިވުމެވެ.
ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ރޮނގުންވެސް މިވަނީ ވަރަށް ކުރިއަރައިފައެވެ. ވަކީން ޚާއްޞަކޮށް ފަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުންނެވެ. އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ މިއަދު އަޅުގަނޑުމެންގެ ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދާން ފަށައިފި ވާހަކަ އެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިމިވާ ޝަރަފާއި ޤަދަރު އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީއެވެ.
މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބިމުންދާ ގެއްލުންތަކުގެ ސަބަބުން އަސަރު ނުފޯރަނީ ފަހެ ކޮން ރޮނގަކުން ބާވައޭ އަޅުގަނޑުގެ ހިތަށް ވެރިވެގަނެއެވެ. މިކަން މިގޮތަށް ހިނގައްޖެނަމަ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ވަޠަން ދޫކޮށްފައި ދާންޖެހޭނީ ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި އެހެން ކޮންމެވެސް ޤައުމަކަށެވެ. އޭރުން އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތަށް ބުރު އަރައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ބަލިކަށިވެދާނެއެވެ.
އެހެން ކަމުން އަޅުގަނޑުގެ މިލިޔުންކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށެވެ.

ހާދަބަދަލެއް އިއްޔެއާއި މިޔަދާ ބެލީމާ ފެނިދެޔޭ
މާދަމާދެންވާނެ ގޮތަކަށް ހާދަ ފިކުރެއް ކުރެވެޔޭ

ލަންދޫ އިންފޯ އެވޯޑް ނައިޓް 2009














ނ.އަތޮޅުގައި ދެވަނަ އަށް ރަޖިސްޓްރީ ކުރެވުނު އޮންލައިން ނޫސްކަމަށްވާ ލަންދޫއިންފޯގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ރޭ 9:00ގައި ލަންދޫ ސްކޫލްގައި ބާއްވައިފިއެވެ. މިހަފްލާގައި އެވޯޑް ދެވުނު ދާއިރާތަކުގެ ތެރޭގައި ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއިންދޭ އެވޯޑާއި އާންމު ޚިދުމަތުގެ އެވޯޑާއި ލަންދޫގައި ހުރި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑެވެ.
އެގޮތުން ހިލޭސާބަހަށް މަސައްކަތް ކުރުުމުގެ ދާއިރާއިން ހޮވި އެވޯޑް ލިބުނީ ނ.ލަންދޫ ގުލްބަކާގެ އިބްރާހިމް ދާޢޫދު އަށެވެ. އޭނާ މިއެވޯޑަށް ނޮމިނޭޓް ވެފައިވަނީ ހިލޭސާބަހަށް ބޯކޮށައި ދިނުމުގެ ދާއިރާއިންނެވެ.
އާންމު ޚިދުމަތުގެ އެވޯޑަށް ލިބުނީ ނ.ލަންދޫ ކީރަންމާގެ ހަސަން ޔޫސުފަށެވެ. އޭނާ މިއެވޯޑަށް ނޮމިނޭޓް ވެފައިވަނީ އަމިއްލައަށް ފެނިގެން ރަށުގެ ސާފުތާހިރު ކަމަށް ކުރަމުންދާ ބުރަމަސައްކަތް ތަކުގެ ސަބަބުންނެވެ.
ލަންދޫ އިންފޯގެ އެންމެ ޙާއްޞަ އެވޯޑް ކަމަށްވާ އަހަރުގެ މޮޅުކުޅުންތެރިޔާގެ އެވޯޑަށް 4 ކުޅުންތެރިން ވަނީ ނޮމިނޭޓް ވެފައެވެ. އެއި މުހައްމަދު ސަމާހް (ސަމައްޓޭ) އާއި ނައުޝާދު އ.ރަހީމް (ނާގެ) އާއި ހުސެއިން ޖަވާދު (ޖަވާ) އަދި އަހުމަދު ރަޝީދު (ލައިބް) އެވެ. މިހަތަރު ކުޅުންތެރިންގެތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނ.ލަންދޫ ވިނަރެސް ނައުޝާދު އ.ރަހީމް (ނާގޭ) އެވެ.
މިއެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ނ.މަނަދޫ ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިން ވަނީ ވަޑައިގެންފައެވެ.
އަންނަ އަހަރު އިތުރު ދައިރާތަކަކުން އައު އެވޯޑްތަކެއް ހޮވުމަށް ގަސްތުކުރާކަމަށް ލަންދޫ އިންފޯ ޓީމުންވަނި އިޢުލާންކޮއްފައވެ. އޭގެ ތެރޭގައި އަހަރުގެ ގިނަގޯލް ޖެހިކުޅުންތެރިޔާގެ އެވޯޑް ފަހަގަ ކޮއްލެވެއެވެ.

ލަންދޫ ސްކޫލުގެ ދިވެހި ކުލަބުގެ ފުރަތަމަ ހަރަކާތް ފެށިގެން ކުރިޔަށްއެބަދޭ














ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލްގެ ދިވެހި ކްލަބްގެ ފަރާތުން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އިންްޓަރ ހައުސް މަދަހަ މުބާރާތް އެސްކޫލްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. މި މުބާރާތް ކުރިޔަށް ގެންދަނީ އެސްކޫލްގެ 3 ހައުސްގެ މެދުގައެވެ.
މުބާރާތް ކުރިޔަށް ގެންދަނީ ތަފާތު ތިން އުމުރު ފުރާޔަކަށް ބަހާލައިގެންނެވެ. އެއީ ދޮށީ އުމުރުފުރާ ، މެދު އުމުރުފުރާ އަދި ހަޤު އުމުރުފުރާ އެވެ. ދޮށީ އުމުރުފުރާގައި ހިމެނެނީ ގްރޭޑް 8 ، 9 އަދި 10 ގެ ދަރިވަރުންނެވެ. މެދު އުމުރުފުރާގައި ހިމެނެނީ 5 ، 6 އަދި 7 ގެ ދަރިވަރުންނެވެ. ހަޤު އުމުރުފުރާގައި ހިމެނެނީ ގްރޭޑް 1 ، 2 ، 3 އަދި 4 ގެ ދަރިވަރުންނެވެ.
މި މުބާރާތުގައި މިހާރު ކުރިޔަށްދަނީ ދޮށީ އުމުރުފުރާގެ ކުދިންގެ މަދަހަ ކިޔުމެވެ. އެއަށްފަހު ދެން ކުރިޔަށްދާނީ މެދު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. މެދު އުމުރުފުރާ ނިމުމަށްފަހު ދެން އޮންނާނީ ހަޤު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. ތިން ހައުސްގެ މެދުގައި މުބާރާތް ކުރިޔަށްދާއިރު ކޮންމެ ހައުސްއަކުންވެސް ކޮންމެ ގްރޭޑަކުން ކޮންމެވެސް އެއް ދަރިވަރަކު މަދަހަ ކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ.
ލަންދޫ ސްކޫލްގައި ޖުމްލަ ތިން ހައުސް އޮންނައިރު އެތިން ހައުސްއަކީ ދޮށިމޭނާ ހައުސްއާއި ، ރެހެންދި ހައުސްއާއި އަދި ސިއްތިމާވާ ހައުސް އެވެ. އަދި މިތިން ހައުސްގެ އިތުރުންވެސް ތަފާތު ކްލަބްތަކާއި އެސޯސިއޭސަންތައް އެސްކޫލްގައި ހަރާކާތްތެރިވަމުން ދެއެވެ.

ހޮޓެލް ހުރިވަރު ބަންދު ކޮއްފި














ރޭ 12:00 ން ފެށިގެން ލަންދޫގައި ހިންގަމުން ގެންދާ ހަމައެކަނި ހޮޓާކަމަށްވާ ހޮޓެލް ހުރިވަރު ބަންދުކޮއްފިއެވެ. އާންމުކޮށް އެހޮޓަލަށް ގޮސްއުޅޭ ފަރާތަކުން ދިންމަޢުލޫމާތުން އެނގުނު ގޮތުގައި އެހޮޓާ ބަންދުކުރީ ކީރިތި ރަސޫލާގެ އީދުމީލާދީ އާއި ގުޅިގެންކަމަށްވެއެވެ. މިހޮޓާ ދެން ހުޅުވާނީ އަންނަ މާރޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެހޮޓަލުގައި ހަރުކޮއްފައިވާ ނޯޓުގައި ފާހަގަ ކޮއްފާވެއެވެ.
ހަމަގައިމުވެސް މިކަމުގެ ސަބަބުން އެހޮޓަލުން ޚިދުމަތް ހޯދަމުން ގެންދަވާ ފާރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އެމް.ޓޫ އިން ސަބްކޮންޓްރެކްޓަރަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮއްފި















ލިޔެސްގެ އޮފީސް އަޅާ ބިމުގެ ވަށާފާރު ރޭނުމަށް ކުރި އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށައެޅިފާރާތްތަކުގެ ތެރެއިން އެންމެ ދައްއަގު (-/5999 ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ) ހުށައެޅިފަރާތް ކަމަށްވާ މިރަށު އޮއިވަރު ސަލީމް ހުސެއިން ހިންގަވާ އެމް ޓޫ އިންވެސްޓްމަންޓާއި އެމަސައްކަތް ހަވާލުކުރުމަށް ލިޔެސްގެ ހިންގާ ކޮމެޓީން ފާސްކޮއްފައި ވަނިކޮއް އިއްޔެ ހަވީރު 4:12 ގައި ހޮޓެލް ހުރިވަރުގައި އެމް ޓޫ އިންވެސްޓްމަންޓްގެ ފަރާތުން ސަބްކޮންޓްރެކްޓަރަކާއި އެކު މިމަސައްކަތުގެ އެއްބަސްވުމެއްގައި ސޮއި ކޮއްފިއެވެ

ގްރޭޑް 10 ގެ ދަރިވަރުން އިތުރު ތަޖްރިބާ ހޯދުމަށް މަނަދުއަށް ގޮސްފި


















ލަންދޫ ސްކޫލުގެ ގްރޭޑް10ގެ ދަރިވަރުން ތަޖްރިބާ ދަތުރެއްގައި މިއަދު ހެނދުނު މަނަދުއަށް ގޮއްސިއެވެ. މިދަތުރު ހަމަޖެހިފައިވާ ގޮތުން ފުރަތަމަ އޮންނާނި އަތޮޅުމަދަރުސާގައި ފިސަރީ ސައިންސްގެ ކްލާހެއް ނެގުމެވެ. އެއްއަށްފަހު މެންދުރުފަހު 1:30 ގައި ބޭންކް އޮފް މޯލްޑިވްސްގެ މަނަދޫ ބުރާންޗަށް ގޮސް ދަރިވަރުން ބޭންކުގެ މުޢާމަލާތްތަކާއި ބޭހޭގޮތުން ބޭނުންވާ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިދަތުރުގައި ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ 10 ދަރިވަރުން ( 9 އަންހެން އަދި 1 ފިރިހެން ) ވަނީމ ބައިވެރިވެފައެވެ. ސްކޫލްގެ ފަރާތުން މިދަތުރުގައި ބައިވެރިވެފައިވަނި ޑިޕުއުޓީ ޕްރިންސިޕަލް އަބްދުﷲ އާމިރު އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހްމަދު ރަޝީދު އާއި ފިސަރީސައިންސް ޓީޗަރ ސަންޖީތް އަދި ކޮމާސް ޓީޗަރ ޕްރޭމްލާލް އެވެ.

ބާރަ ދުވަސް















ލަންދޫގައި ކާބަފައިންގެ ދުވަސްވަރުންފެށިގެން ފާހަގަ ކުރާ މުނަސަބު ދުވަސްތަކުގެ ތެރެއިން ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް (ކިރީތި ރަށޫލާގެ ޢީދު މީލާދު) މިހާރު މިވަނީ ވަރަށް ކައިރިވެފައެވެ. މިދުވަހާއި ގުޅުވައިގެން ތަފާތު ވައްތަރު ވައްތަރުގެ ކާއެއްޗެއްތި ހެދުމަކީ ޒަމާންވީ އާދައެއް ކަމުގައި ވަނީ ވެފައެވެ.
މިދުވަހާއި ގުޅުވައިގެން މިރަށުގައި ހަދާ އެއްމެ ޙާއްޞަ އެއްޗެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ އަވެލި ރޮއްޓެވެ. ގޮދަންފުށާއި ފެން ބޭނުން ކޮއްގެން ފިހާ މިރޮށި ހުންނަނީ އަދައިގެ ރޮއްޓާއި ހިލާފަށް މުރަނަ ކޮށެވެ. އަވެލި ރޮށި މޮޑުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ދޮންކެޔޮ، ހުނި އަދި ހަކުރު ބޭނުންކުރެއެވެ.

ސިނގިރޭޓާއި ނުލާ



 ލިޔުނީ: ގަޓޭ (އަސްލުނަމެއްނޫން)
އަހަރެންނަކީ ސްކޫލު ދައުރުން ފެށިގެން ދުންފަތުގެ ވަބާގައި ޖެހިފައިވާ ޒުވާނަކީމެވެ. އޭރު އަހަރެން އެކަން ކޮއްއުޅުނީ މީހުންނާއި ފިލައިގެންނެވެ. ނަމަވެސް އެތަށްފަހަރެއްގެ މަތިން އަހަރެން ސިނގިރޭޓް ބުއިމުގެ ތުހުމުގައި ސްކޫލްގެ އިދާރާއަށް ވަނި ގެންގޮސްފައެވެ. ނަމަވެސް އަހަރެން އެތައް ދޮގުތަކެއް ހަދައި އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައިރު މިހީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނާލަން އަހަރެންގެ ސިނކުޑިއެއް ބޭނުމެއް ނުވިއެވެ.
މިވަބާގެ ތެރޭގައި އަހަރެން ވޭތުކުރަމުން ދިޔަ ދުވަސްތަކަކީ ވަގުތީ އުފާތަކެއްކަމުގައި އަހަރެންނަށް އޭރު ނުވިސްނުނީތީ މިއަދު އަހަރެން ހިތާމަ ކުރަމެވެ. ކިޔެވުމުގެ ދުވަސްވަރު ރައްޓެހިންނާއި އެކު މަޖަލުގައި ހޭދަކުރަމުން ދިޔައިރު ތަޢުލީމް އުނގެނުމުގެ މުހިންމުހަން ނުވިސްނުމުގެ ނަތިޖާ ވަރަށްވެސް ހިތްޗެވެ. މިހާރު ކިތަންމެ ހާވެސް އެދުވަސްތަށް އަލުން ގެންނަން ވަރަށް ބޭނުންވެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫންކަން އަހަރެންނަށް މިއަދު ޤަބުލު ކުރަން މަޖުބޫރެވެ

ހަމަ ރަނގަޅަށްވެސް ޒުވާނުންގެ ފުޓްބޯޅަ ޓީމް ލަދުގަންނަވާލައިފި














ލަންދޫ ސްކޫލްގެ ފުޓްބޯޅަ ޓީމް 2 ހަފްތާގެ ޕްރެކްޓިސް އަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ލަންދޫ ޒުވާނުން ލަދުގަންނަވާލައިފިއެވެ. މިދިޔަ ހުކުރު ދުވަހު ސްކޫލުގެ ފުޓްބޯޅަ ލީގް ފެއްޓުމުގެ ގޮތުން ކުޅެވުނު ޙާއްޞަ ފުޓްބޯޅަ މެޗް ޒުވާނުންގެ ޓީމާއި ވާދަކޮއް ސްކޫލް ޓީމް ކާމިޔާބު ކުރީ 4-3 ން ނެވެ.
މިމެޗްގައި މޮޅަށްކުޅެ މެޗްގެ ފުރަތަމަ ލަނޑުޖެހީވެސް ސްކޫލް ޓީމުންނެވެ. މިލަނޑު ސްކޫލްޓީމަށް ކާމިޔާބު ކޮއްދިނީ ސްކޫލްޓީމްގެ ޖަރޒީ ނަމްބަރ 17 އަހްމަދު އާޒިމް (ދަވާދޭ) އެވެ. މިމެޗްގެ ފުަރަތަމަ ހާފް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

އައު ހެޑްމާސްޓަރ ގެ މޮޅު ތަޤްރީރު


 
 
 
 
 
 
 
 
 
 
ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ހެނދުނުގެ އެސެމްބްލީ ކުރިއަށް ދަނީއެވެ. ހެޑްމާސްޓަރ ގެ ވާހަކަ ފުޅު މެދަކާހިސާބަށް ދިޔަތަނާ ކުދިންތަކުގެ މެދުން ކޮންމެވެސް ކުއްޖަކު މަޑުމަޑުން ބިންމައްޗަށް ތިރިވެއްޖެއެވެ. ޙަލީމާ މިއަދުނޫނަސް ވެއްޓެއެވެ. އެހެން ކަމުން މިއީ އެހާ ބޮޑުކަމަކަށް ނުވިއެވެ. އެތާކައިރީގައި ތިބި ދެކުދިންގެ އެހީއާއި، ކޮންމެވެސް ޓީޗަރެއްގެ އެހީތެރިކަމާއި އެކު ޙަލީމާ ގެންގޮސް ޖެހިގެންހުރި ކްލާސްރޫމަށް ވައްދާފާ މޫނުގައިފެންފޮދެއް އުގުޅާލުމުން ރަގަޅުވެއްޖެއެވެ. ޙަލީމާ ވެއްޓޭ ކޮންމެދުވަހަކުވެސް ކަންހިގަނީ މިބީދައިންނެވެ. ދެ ޑެސްކްފައްތަރު ކޮށްލައިގެން އިރުކޮޅަކު އޮށޯވެ އޮވެލުމަށްފަހު ކްލާހަށް ދަނީއެވެ. އޭރުހުންނާނީ ފުރަތަމަ ގަޑީގެ ދެބައިކުޅަ އެއްބައެއްހާ އިރަށް ވަގުތު ހިނގާފައެވެ 

ލިޔެސްގެ އޮފީސް އަޅާބިމުގެ ވަށާފާރު













ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީގެ އޮފީސް އިމާރާތް އަޅާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާން ކޮއްފިއެވެ. މިކަމަށްޓަކައި އެޖަމްއިއްޔާއިން ކުރި އިޢްލާން ނަމްބަރ 2010/01 (09/02/2010) ގައިވާގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 11 ފެބުރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެޖަމްއިއްޔާގެ އޮފީހުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅަނީ ހަމައެދުވަހުގެ މެންދުރުފަހު 1:00ގައި އެޖަމްއިއްޔާގެ އޮފިހުގައެވެ. އެއިޢުލާންގައިވާގޮތުން މަޢުލޫމާތު ސާފުނުކޮއް ހުށައަޅާ އެސްޓިމޭޓްތައް ބަލައިނުގަންނާނެ ކަމަށްވެސް ބަޔާން ކޮއްފައިވެއެވެ. އަދި ހަމައެހެންމެ މިމަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި އެޖަމްއިއްޔާއިން ފޯރުކޮއްދޭނެ ކަމަށްވެސް އެޢިއުލާންުގައި ވެއެވެ.

އަންނަ މާރޗް މަހުގެ 1 ވަނަދުވަހުން ފެށިގެން ލަންދޫ ގޮނޑުދޮށުން ވެލިނެގުން މަނާކުރަނީ




 
 
 
 
 
 
 
 
 
 
 
ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫލަންދޫގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ މިއަންނަ މަހުގެ 1 ވަނަދުވަހުން ފެށިގެން ގޮނޑުދޮށުން ނަގަމުން މިއަންނަ ދޮންވެލި ނެގުން މަނާކުރާވާހަކައެވެ. މިވާހަކަ އެއް ރަށުތެރޭގައި ފެތުރި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގިނަޢަދަދެއްގެ ވެލި ގޮނޑުދޮށުން މިދުވަސްކޮޅު ނަގަމުން ދާކަން ލަންދޫއިންފޯއަށް ފާހަގަ ކުރެވިގެން މިއީ ކިހިނެތްވެގެން ވާކަމެއްތޯ ބެލުމުގެ ބޭނުމުގައި ރަށުގެ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤާއި ގުޅާލީމެވެ. އެބޭފުޅާ ވިދާޅުވީ އެކަހަލަ ޚަބަރެއް ރަށުތެރޭގައި ފެތުރިގެން އުޅޭކަމަށާއި، އެއީ ފަހަރެއްގައިވެސް ރަށުއޮފީހުން ވަކިއެއްޗެއް ވަކިމީހަކަށް އަންގައިންގެ ފެތުރިގެން އުޅޭ ޚަބަރެއްނޫންކަމަށެވެ. އަދި ވެލިބަންދުވަނީ އޭ ކިޔާފާ ގިނަޢަދަދެއްގެ ވެލި މިދުވަސްކޮޅު ރަށުގެ ގިނަރައްޔިތުން ތަކެއް ރަށުގެ ގޮނޑުދޮށުން ނަގަމުން ދާކަމުގެ މަޢުލޫމާތު ރަށުއޮފީހަށްވެސް ނުސީދާ ގޮތެއްގައި ލިބިފައިވާކަމަށެވެ

ސޫރަ (ދެވަނަބައި












އެއީ އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެން އަފީއަށް ގުޅީ އެރޭގެ 1:30 އެހާކަށްހާއިރުއެވެ. އަހަރެންގެ ހަމަގުޅާލުމާއި އެކުހެން އަފީ ފޯނުނަގައިފިއެވެ. އަހަރެންގެ ހިތައްއެރިއެވެ. އަނެއްކާ އަހަރެންގެ ހިތަށް މިއަރާފަދަ އެއްޗެއް އަފީގެ ހިތަށްވެސް އަރަނީ ބާއެވެ. ވަރަށް މަޑުމައިތިރި ރާގަކަށް އަހަރެން އަފީ ކައިރީގައި ވާހަކަ އެއް ބުނަން ބޭނުން ވާހަކަ ބުނީމެވެ. މިކަމާއި އަފީހުރީ ވަރަށް ކެތްމަދުވެފައި ކަންވެސް އަހަރެންނަށް ޔަޤިންކުރެވުނީ އަފީގެ ވާހަކަ ދެއްކުމުގެ ރާގަށް އައި ކުއްލިބަދަލުންނެވެ. އަދި އަވަހަށް އެވާހަކަ ބުނުމަށް އަހަރެންގެ ކައިރީގައި އަފީ އެދުނެވެ. އަހަރެން ވަރަށް ލަދުން ހުރެ އަފީ ދެކެ އަހަރެން ލޯބިވާ ވާހަކަ ބުނީމެވެ. އެވާހަކަށް ބުނުމާއި އެކުހެން ފޯނުގެ އަޑުކެނޑިގެން ދިޔައެވެ. އަވަސް އަވަހަށް އަހަރެން ފޯނުބަލާލީމެވެ. އާނއެކެވެ. މިހީވީ ހަމަ ރަނގަޅަށެވެ. ފޯނު ވަނީ ކެނޑިފައެވެ

ކަނޑުވި 7 މީހުންގެ މަރު

"












އެމީހުން މަރުވީ' އަހަރެންގެ އަތްމަތީގައެވެ. އެމީހުން ރުއެވެ. އެމީހުން އާދޭސްކުރިއެވެ. އެމީހުން މަރުވީ، އަހަރެންގެ އައްމަތީގައެވެ..... އެމީހުން މަރުވީ އަހަރެންގެ އައްމަތީގައެވެ.
ހަސަނަށް އެވާހަކަ ކިޔައިދެވޭވަރެއް ނޫނެވެ. އޭނާގެ ވަރުވެސް މާދެރައީއެވެ.އަދި އޭނާ ގެންފައިވާ ބިރެއްގެ ބޮޑުކަމުން އަދިވެސް ތުރުތުރު އަޅަނީއެވެ.އިރުއިރުކޮޅާ އެހެން އޮވެފައި ދެލޯ ބޮޑުކޮށްލާފައި ކައިރީގައިހުރި، އެނާގެ އަންހެނުން ދޮންއާމިނަގެ އަތުގައި ހިފައި ބާރުކޮށްލުމާއެކު، ތުރުތުރު އަޅަގެންފައި ބުނަނީ، އަނެއްކައިވެސް ހަމަ އެކައްޗެކެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ." ........ އަނެއްކާވެސް އޭނާގެ ޚަބަރު ހުސްވަނީއެވެ. އޭރު މުޅިމީހާ އޮންނަނީ ދާހިއްލާ ފޯވެފައެވެ.
ލޮލުގެ ކަޅި
މިގޮތަށް އެތައްފަހަރެއް ތަކުރާރުވެގެން ދިޔުމަށްފަހު، އެރޭގެ ފަތިހު، ހަސަނު އަނެއްކާވެސް ލޯހުޅުވާލިނަމަވެސް، ކައިރީގައި ވަރަށްގިނަ މީހުން ތިއްބެވެ. އޭނާ ލޯހުޅުވާލިނަމަވެސް، ކައިރީިގައި ތިބިމީހުންނަށް، އެލޮލުގެ ތެރެއިން އުންމީދެއްގެ އަލިކަން ފެނުމުގެ ބަދަލުގައި ފޭދެމުންއައީ، ނާއުންމީދީ އަނދިރިކަމެކެވެ. ބަލާބެލުމަށް ހަސަނުގެ ލޮލުންވަނީ އުޖާލާކަން ކެނޑިފައެވެ. އޭނާގެ ދެކަޅި، މަޑުމަޑުން މައްޗަށް ދަތުރުކުރަމުން ދާހެންވެސް ހީވާފަދަ ގޮތަކަށް، މަތިބަލާލިއެވެ...... އެހެންއޮއްވާ އަނެއްކައިވެސް އޭނާ ދާހިއްލަން ފަށައިފިއެވެ. ހަމައެއްކަލަ ތުރުތުރު، މުޅި ހަށިގަނޑަށް އަތުވެއްޖެއެވެ. މިފަހަރު ތަންކޮޅެއް ބާރު އަޑަކުން އެ ތެޅިފޮޅިގަތުމުގެ ތެރޭގައި ގޮވާލިއެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ. "....... ........ "އެހީމެވެ."..... "އަހަރެން އެ އަޑުތަށް އެހީމެވެ. އެމީހުން ....... ދައިގަތީއެވެ. ދައިގަތީއެވެ. ލޭބުއީއެވެ. "...... " ނުރޯށެވެ. ނުރޯށެވެ. ކާއެއްޗެއް އަދި ލިބިދާއެވެ. ބޯނެ ފެންފޮދެއްވެސް އަދި ލިބިދާނެއެވެ..... އެމީހުން މަރުވީ އަހަރެންގެ އަތްމަތީގައެވެ."....... ހަސަނު އަނެއްކާވެސް ހޭނެތިއްޖެއެވެ

މިއީ ރަނގަޅު ބަދަލަކަށް ވެދާނެބާ












ލަންދޫއަށް ފުރަތަމަ މޯބައިލްގެ ޚިދުމަށް ލިބެމުންދިޔައީ ދިރާގުންނެވެ. ނަމަވެސް އެއީ ގަސްގަހުގެ ކުރިއަށް އަރައިގެންނެވެ. އޭރު ލަންދޫގެ މީހުން ތިބީ މިއަށްވުރެ ފަސޭހަ ގޮތަކަށް ބޭނުންވެފައެވެ. އެހެން ތިއްބާ ދެން އަޑުއިވުނީ ރާއްޖޭގައި ބޯބައިލްގެ ޚިދުމަތް އަލަށް ބަޔަކު ފަށަން އުޅޭ ވާހަކައެވެ. އެއީ ވަތަނިއްޔާގެ ފަރާތުންނެވެ. އެގޮތުން މިރަށަށް ދެން ރޭންޖް ލިބެންފެށީ ވަތަނިއްޔާގެ ފަރާތުން މިއަތޮޅު ކެނދިކުޅުދޫގައި ޖެހި އެންޓަނާ އިން ނެވެ. އޭގެފަހުން ލަންދުގައިވެސް އެންޓާނާއެއް ޖެހުމަށް ބަޔަޔުއައިސް ވަނީ ސާރވޭއެއް ކޮއްފައެވެ. ނަމަވެސް އެއަށްފަހުން ވަރަށްގިނަދުވަސްތަކެއް ވީއިރުވެސް އެކަން ވަނީ ނުފެށިފައެވެ.
އޭގެފަހުން މިރަށާއި ކައިރީގައިވާ މާޅެންދޫގައި ވަނީ އެންޓަނާއެއް ޖަހާފައެވެ. އެހެންކަމުން ލަންދޫއަށް ވަތަނިއްޔާއިން ލިބެމުން ދިޔަ ރޭންޖު ވަނީ ކުޑަކޮއް ރަނގަޅުވެފައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު ދެން ފެނިގެންދިޔައީ ލަންދޫއަށް ދިރާގު ރޭންޖް ދިނުމަށްޓަކައި ބަޔަކު އައި ތަނެވެ. އެމީހުން އައިތާ 2 ދުވަހެއްގެ ތެރޭގައި ލަންދޫއަށް ވަނީ ދިރާގު ރޭންޖު ދޫކޮއްފައެވެ. މިކަމާ އެއްބަޔަކު ތިބީ ވަރަށް ހިތްހަމަޖެހިފައި ނަމަވެސް އަނެއްބަޔަކު މިކަމާއި އެހާ ހިތްހަމަ ނުޖެހޭކަން ވެސް ފާހަގަ ކޮއްލަން ޖެހެއެވެ. އޭކީއްވެތޯ ބަލާލި އިރު މިވާގޮތަކީ ރޭންޖް ދޫކުރާ އެންޓަނާ ހުންނަނީ ރަށުއޮފީހުގައި ނަމަވެސް ރަނގަޅަށް ރޭންޖު ލިބެނީ ރަށުގެ އާމަގާ ވީ ކޮޅާށެވެ. އަތިރީކޮޅާ ދިމާލަށް ރޭންޖް ލިބެނީ ބައެއް ތަންތަނަށެވެ

ރައްގިރުމުގެ މައްސަލަ










ލަންދޫއަކީ ވަރަށް ބިންބޮޑު ރަށެއްނަމަވެސް މިހާރަކަށް އައިސް ރައްގިރުމުގެ މައްސަލަ މިރަށަށްވެސް ވަނީ ދިމާވެފައެވެ. މިކަމުގެ ސަބަބެއް ކަމަށް ގިނަމީހުން ބުނަނީ ރޭނުމަށާއި ގާއެޅުންފަދަ މަސައްކަތްތައް ކުރުމަށްޓަކައި ގިނަ އަދަދަކަށް ރަށުގެ ގޮޑުދޮށުން ވެލިނަގަމުން ދިއުމެވެ. މިކަމަކީ ލަންދޫގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަކަމަށް ވެފައި ކުރިއަށް އޮތްމުސްތަޤުބަލުގައިވެސް މިކަން އިތުރުވަމުންދާނޭ ކަން ޔަޤީނެވެ.
މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށު އޮފީހުން ވަނީ އެތައްފަހަރެއްގެ މަތިން އަންގާފައެވެ. މިއެންގުމުގައިވާގޮތުން ޖެޓީންފެށިގެން 100 ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށާއި އަދި އާމަގު ސަރަހައްދުން ފެށިގެން 100ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށް ވަނީ އާންމުކޮން އަންގާފައެވެ. ނަމަވެސް ދޭތެރެ ދޭރެއިން ބައެއްފަރާތްތަކުން ޤަވާއިދާއި ހިލާފައް ވެލިނަގަމުންދާކަން ވަރަށް ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
އެފަދަ އަމަލުތައް ކުރަމުންދާ ފަރާތްތަކަށް ދަންނަވާލަން ބޭނުމީ ތިމާމެންގެ ރަށާ ދޭތެރޭ ތިމާމެން ނުވިސްނާ ދެން ވިސްނާނީ ވަކި ކޮންބައެއްތޯއެވެ. މިފަދަ ކަންކަމާމެދު ނުވިސްނައިފި ނަމަ މިރީތިގޮނޑުދޮއްތަށް ނެތިދިއުމަކީ މާދުރުގާވާ ކަމެއްނޫނެވެ. އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުންވެސް މިކަމާދޭތެރޭ ވިސްނާ މިކަންކަން އިސްލާހުކުރުމެވެ.

ސޫރަ














ދުވަހަކީ ވަރަށް މޫސުން ރީތި ދުވަހެކެވެ. އަހަރެން ތައްޔަރުވަމުން ދިޔައީ ދަތުރެއްގައި ރާއްޖެތެރޭ ރަށަކަށް ދިއުމަށެވެ. އަހަރެން ގެ ދަތުރަކީ ދިގު ދަތުރެއްކަމުން އަހަރަން އިނީ ވަރަށް ފޫހިވެފައެވެ. ނަމަވެސް ކެތްކޮއްލައިގެން އިނީ އަހަރެންގެ ދަތުރުގެ މަންޒިލަށް ދެވޭނެ އިރަކަށެވެ. ވަރަށް ގިނަވަގުތު ކަނޑުމަތީ ހޭދަކުރުމަށްފަހު އަހަރެންގެ އަމާޒަށް ވާސިލް ވެވިއްޖެއެވެ. އަހަރެން އަވަސްވެގަތީ އަވަހަށް ގެއަށް ގޮސް އަރާމް ކޮއްލުމަށެވެ. ކަންދިމާކުރިގޮތުން އަހަރެންނަށް އެރަށަށް ދެވުނީ ހަވީރުގެ ވަގުތެއްގައެވެ.
ވަގުތުތަަށް ފައިތުވަމުން ދެއެވެ. އިރުއޭގެ ވާޖިބް އަދަކުރުމަށްފަހު އޮއްސިއްޖެއެވެ. އަހަރެން ޖީބުން ފޯނުނަގާ ގަޑިބަލާލީމެވެ. އޭރުގަޑިން 7 ޖަހަން އުޅެނީއެވެ. އަހަރެން ފޯނުގެ ކޮންޓެކްތައް ބަލަންފެށިމެވެ. ކުއްލިއަކަށް އަހަރެން ހަނދާނަށް އައީ އަފީގެ މަތިންނެވެ.އަފީ ގެ ނަމްބަރ ހޯދުމަށްފަހު އަތްގަނޑަށް އޮބާލީމެވެ. އިސާހިތަކު އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ހަމަހީމޭން ލަވައެކެވެ.

ފުޓްބޯޅަ ދަނޑުން















ލަންދުގައި އާންމުގޮތެއްގައި ފުޓްބޯޅަ ކުޅެންދާ ޒުވާނުންނަކީ އާންމުގެ ގޮތެއްގައި ވަކިވަގުތަކަށް ނުބަލާ ދާންހިތައް އެރީމަ ދާއުސޫލުން ކުޅެން ދާ ބައެކެވެ. އެހެނަކަމުން އާންމުކޮން ކުޅެންފެށެނީ 5 ޖަހާ ބޮޑުވާ ފަހުންނެވެ. އަދިހަމަ އެހެންމެ އެކިމީހުން އެކިގަޑީގައި ދިއުމުގެ ސަބަބުން ދެޓީމް އެއްވަރަށް ބެހުމަށް ވެސް ވަރަށް އުދަގޫވެއެވެ. މިކަމުގެ ސަބަބުން ކުޅުމުގެ ފޯރިވެސް ގިނަދުވަސް ދުވަހު ވަރަށް ދައްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަޔަކު މިކަމާއި ދޭތެރޭ ވިސްނާ އެކަން ހުއްޓުވުމަށް ވަނީ މަސައްކަތްތަކެއްފެށިއެވެ. އެއީ ބައިބަހާ ކޮއްޓުމަށްފަހު އަންނަ އެއްވެސް މީހަކަށް ދަނޑަށް ނޭރޭގޮތަށް ޤަވާއިދެއް ހެދުމެވެ. އެކަން ކުރީ ކުޅެންދާ ކުދިންގެ ފުރިހަމަ ތާއީދާ އެކުގައެވެ. އޭގެފަހުން ފަހުން އާދެވުނު ގިނަ ޒުވާނުން ޤަވައިދަށް ހުރުމަތްތެރި ހިތުމުގެ ގޮތުން ދަނޑަށް ނާރާ މަޑުކުރެއެވެ. އެގޮތަށް އެކަންފަށާއިގެން މާގިނަ ދުވަސްތަކެއްނުވަނިސް އެއްދުވަހު ކުޅެންފެށިފަހުން ދަނޑަށްދިޔަ ޒުވާނެއްގެ އަމަލުތަކުގެ ސަބަބުން އެޤަވާއިދު ވަނީ އުވިފައެވެ.
އެދުވަހު ކުޅެންދިޔަ ގިނަކުދިންވަނީ މިކަމާމެދު ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. އެދުވަހަށްފަހު އެފަދަ ޤަވާއިދެއް ދެން ނުހެދޭނެ ކަމަށް ގިނަޒުވާނުންތަކެއްވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ޤަވާއިދުތަކަކީ ވަރަށް މުހިންމު ޤަވާއިދުތަކެއްކަމަށް ގިނަބަޔަކަށް ވިސްނިގެން އަނެއްކާވެސް އެޤަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ފެއްޓުނެވެ. އެދުވަހު ހުރިހާޒުވާނުންވެގެން ނިންމީ އެގޮތަށް ކުޅެންފެށުމަށްފަހު އަރާ މީހުނާއި މެދު ވަކިފިޔަވަޅެއް އަޅާގޮތަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލެއްކުރަމެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެދުވަހަށްފަހު ޒުވާނުން ދަނީ މިޤަވާއިދަށް ހުރުމަތްތެރިކޮން ހިތަމުންނެވެ. މިއީ މިކަން ވާންވީގޮތްވެސް މެއެވެ. ބަޔަކުކަމެއް ކުރާތީ އެކަން ކުރިޔަ ނުދިނުމަށް އުޅޭ މުޖުތަމަޢުއެއްގައި އޮންނާނީ ހަމަނުޖެހުމާއި ދެކޮޅުވެރިކަމެވެ. އެގޮތުން ލަންދޫގެ ޒުވާނުންނަކީ ވަރަށްވެސް އެކުވެރި އެއްބައިވަންތަ ބައެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ވަރަށް ފަޙުރުވެރިކަމާ އެކުގައެވެ
ލަންދުގެ ޒުވާނުންނަކީ އެކަކު އަނެއްކަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދީ އަދި އެކަމުގެ އަގުވަޒަންކުރާބައެއްގެ ގޮތުގައެވެ. ދާދިފަހުން ހިނގާދިޔަކަމެއްގެ ވާހަކަ ހިއްސާކޮއްލާނަމެވެ. އެއްދުވަހު ހަވީރު ޒުވާނަކު އައިސް އަހަރެންކައިރިގައި ކުޅެންދާތަނުން ޒުވާނަކު ކޮންމެ ދުވަހަކުވެސް ޖާރޒީ ނުބާލާ ޓީމަށް ކުޅެމުންދާތީ އެކަމާދެކޮޅަށް ޕެޓިޝަނެއް ހުޝައަޅަން އުޅޭވާހަކަ ބުންޔެވެ. އަދި އެޕެޓިޝަން އަޅުގަނޑަށް ދައްކަލިއެވެ. އޭގައި އަޅުގަނޑުގެ ސޮއި ނުކުރި ނަމަވެސް އަޅުގަނޑުގެ ސޮއިވެސް އޮތެވެ. ދެންއެޕެޓިޝަންގެ ވާހަކަ ދެކެވުނީ އެދުވަހުގެ ހަވީރު ކުޅުން ނިންމާލުމަށްފަހު ދަނޑުދޮށުގައެވެ. އެކަމާމެދު ގިނަޒުވާނުން ވަނީ ވަރަށް ފުރިހަމަ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ އެޒުވާނާގެ ޒާރޒީ ނުބާލާ ސަބަބު އޭނާ އެންމެގެ ކުރިމަތީގައި ހާމަކުރުމުން އެކަން އެންމެންވެސް ވަނީ ޤަބޫލް ކޮއްފައެވެ. ޖެހިގެން އައި ދުވަހު ހަވީރު ކުޅެން ދިޔަތަނާއި އަޅުގަނޑުގެ އަތަށް އައީ ދަޢުވަތު ކާޑެކެވެ. އޭގައިވަނީ ރޭގަނޑު 8:30 ށް ރަށުގައި މިހާރު ހިންގަމުން ގެންދާ ހަމައެކަނި ހޮޓާ ކަމުގައިވަ ހޮޓެލް ހުރިވަރަށް ކޮފީއަކަށް ދިއުމަށްޓަކައި ދީފާ ވާ ދައުވަތެކެވެ. މިދަޢުވަތު ފޮނުވާފައިވަނީ ކުރިދުވަހުގެ ޕެޓިޝަންނުގެ ވާހަކަ ރައްދުވި ފަރާތެވެ. މިއީ އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެކެވެ. އަޅުގަނޑު އެދެނީ މިއެއްބައިވަންތަކަން އަބަދުގެ އަބަދަށް ދެމިއޮތުމެވެ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme