މިކަމާއި ވިސްނާލަމާ

ލަންދޫއަކީ ގުދުރަތީ ގޮތުން އާދަޔާ ޚިލާފު ރީތި ގޮނޑުދޮަށެއް ލިބިފައިވާ ރަށެކޭ މިބުނަނީ ވަރަށްވެސް ފަހުރުވެރިކަމާއި އެކުގައެވެ. ޗުއްޓީ ދުވަސް ދުވަހުގެ ގިނައާއިލާ ތަކަކުން ހިންހަމަޖައްސާލާ މަޖާކޮއްލުމަށް މޫދަށް އެރުމަށާއި ހަވީރުގެ ހިތްގައިމުގެ ވަގުތުތަކުގައި އާއިލާގެ މެމްބަރުންނާއި އެކު ގޮސް މިގޮނޑުދޮއްތަކުގެ ބޭނުން ކުރާމީހުން މި ލަންދުގައިވެސް ދިނަގުނައެވެ.
ނަމަވެސް މިހާރަކަށް އައިސް ހިތާމަޔާއި އެކު ފާހަގަ ކޮއްލަން ޖެހެނީ މިރީތި ގޮނޑުދޮއްތަކުން ފެންނަމުންމިދާ މަންޒަރުތަކީ އެހާ ބަލައިގަންނަށް ފަސޭހަ މަންޒަރުތަކެއް ނޫންކަމެވެ. ބުނަން މިއުޅޭ ވާހަކައަކީ އެއްވެސް ފިކުރެއް ޚިޔާލެއްނެތި މޫދަށާއި މިރީތި ގޮނޑުދޮއްތަކަށް އަޅަމުންދާ ކުނީގެ އަސަރު އަހަަރެމެނެގެ މިރީތި ގޮޑުދޮއްތަކަށް ކުރަމުންދާ ވާހަކައެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ މިމުޖުތަމާއުގެ އެންމެހާ އަފުރާދުން މިހިނދުން މިހިނދަށްވެސް ވިސްނާން ވެއްޖެކަމަކެވެ.
މީގެކުރިންވެސް ލަންދޫގެ ގޮނޑުދޮއްތަށް ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ އެކިފަރާތް ތަކުން ކޮއްފައެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް މިފުރުޞަތުގައި ޙާއްޞަ ޝުކުރެއް ދަންނަވަމެވެ. މިކަމަކީ ވަކިފަރާތަކުން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުގެ ވިސްނުމެއް ނުދެކެއެވެ. ކަން މިހެން އޮތް އިރު މިފަދަ ކަންތައްތައް ހައްލު ކުރަން އަންނާނެ އިތުރުބަޔަކު ވާނެކަމަކަށް ޤަބޫލުކުރަން ދައްޗެވެ. ހަމަގައިމުވެސް މިފަދަ ކަންކަން ރަނގަޅުކުރުމުން ލިބޭ ރީތިނަމާ ޝަރަފަކީ އަހަރެމެން އެންމެނަށް ވެސް ލިބޭނޭ ޝަރަފަކައްނޫނީ ނުވާނެއެވެ.

No Response to "މިކަމާއި ވިސްނާލަމާ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme