
އެމް.އެން.ޑީ.އެފް ނޮދާން އޭރިޔާގައި ހިމެނޭ ރައްތަކުގެ އާންމު ރައްޔިތުންގެ މެދުގައި އިތުރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާއި ސަލާމަތް ވުމާއި އެފަދަ ޙާދިސާ ތަކުގައި ކަންތައް ކުރަންވީ ގޮތާއި ބެހޭގޮތުން އަތޮޅުގެ ރައްތަކަށް އަމާޒުކޮށްގެން ހަރަކާތްތަކެއް 28 ސެޕްޓޭމްބަރ 2010 ވާ އަންގަރަ ދުވަހު ލަންދޫގައި ހަރަކާތްތަކެއް ހިންގުމަށް ވަނީ
ފގފދފ
٠٩:٠٧
އެޑްމިން
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ޔޫތް.ޓީކޭ
٠٣:٣١
އެޑްމިން
www.yooth.tk is now online. please join us.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ރެޑޭ އެނބުރި އޭނާގެ މަޤާމަށް
٠٠:٥٠
އެޑްމިން
ލަންދޫގެ ފުޓްބޯޅާ ޓީމުގައި މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެން މެ ސްޓައިލްގައި ބޮޅުންޖަހާ ކުޅުންތެރިޔަކީ ފުޓްބޯޅަ ދަނޑުގައި މެސީ އަދި ޑްރަގްބާގެ ނަމުން މަޝްހޫރުވާން ބޭނުންވާ މުހައްމަދު އިރުޝާދު (ރެޑޭ) އެވެ. ރެޑޭ އެންމެ ބޮޑަށް ފުޓްބޯޅައިގައި ވިދާލީ ވެލިދޫގައި ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތުގައެވެ.
އޭރު ލަންދޫ ޓީމުގެ މާކަރެއްގެ މަޤާމަށް ކުޅުނު ރެޑޭ މިހާރު ކުޅެނީ ސެންޓަރ ފޯވާޑަކަށެވެ. ނަމަވެސް ލަންޫޓީމުގެ ފުރަތަމަ 11 އިން ރެޑޭއަށް ފުރުޞަތު ލިބެމުން ދަނީ ވަރަށް މަދުންނެވެ. ސަބަބަކީ މިހާރު ލަންދޫގައި ފޯވާޑަށް ކުޅެމުންދާ ކުޅުންތެރިންނަށްވުރެން ރެޑޭގެ ޕާފޯމޭންސް ދައްކަމެވެ.
ދާދިފަހުން ރައްޓެހިކުދިންގެ ތެރޭގައި ދެކެވެމުންދިޔަ ވާހަކަ ތަކެއްގެ ތެރޭގައި ރެޑޭ ބުނެފައިވަނީ އަދިވެސް ލަންދޫގެ ފުޓްބޯޅަ ޓީމުގެ ފުރަތަމަ 11 ން އޭނާ ޖާގަ ހޯދާނެކަމަށެވެ. އަދި އޭނާގެ މަޤުޞަދަކީ މިހާރު ލަންދޫގެ ޑިފެންސްލައިނަށް ކުޅެމުންދާ ކުޅުންތެރިންގެ ލިސްޓުން ޖާގަހޯދުމެވެ. އެގޮތުން ކުރިޔަށް އޮތް ފަރިތަކުރުންތަކުގައި ރެޑޭ ކުޅޭނީ މާކަރަކަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ހަމައެހެސސންމެ ދެން އެންމެ އަވަހަކަށް ކުޅޭ މެޗުގައި ޑިފެންސް ލައިންއިން ރެޑޭ ފެނިގެން ދާނެކަމަށް އޭނާ ވަރަށް ޔަޤީންކަމާއި އެކު ވަނީ ބުނެފައެވެ.
އާމަގު ޓީކޭގެ ފަރާތުން ރެޑޭ ގެ މަޤުޞަދު ހާސިލްވުމަށް އެދެމެވެ.
އޭރު ލަންދޫ ޓީމުގެ މާކަރެއްގެ މަޤާމަށް ކުޅުނު ރެޑޭ މިހާރު ކުޅެނީ ސެންޓަރ ފޯވާޑަކަށެވެ. ނަމަވެސް ލަންޫޓީމުގެ ފުރަތަމަ 11 އިން ރެޑޭއަށް ފުރުޞަތު ލިބެމުން ދަނީ ވަރަށް މަދުންނެވެ. ސަބަބަކީ މިހާރު ލަންދޫގައި ފޯވާޑަށް ކުޅެމުންދާ ކުޅުންތެރިންނަށްވުރެން ރެޑޭގެ ޕާފޯމޭންސް ދައްކަމެވެ.
ދާދިފަހުން ރައްޓެހިކުދިންގެ ތެރޭގައި ދެކެވެމުންދިޔަ ވާހަކަ ތަކެއްގެ ތެރޭގައި ރެޑޭ ބުނެފައިވަނީ އަދިވެސް ލަންދޫގެ ފުޓްބޯޅަ ޓީމުގެ ފުރަތަމަ 11 ން އޭނާ ޖާގަ ހޯދާނެކަމަށެވެ. އަދި އޭނާގެ މަޤުޞަދަކީ މިހާރު ލަންދޫގެ ޑިފެންސްލައިނަށް ކުޅެމުންދާ ކުޅުންތެރިންގެ ލިސްޓުން ޖާގަހޯދުމެވެ. އެގޮތުން ކުރިޔަށް އޮތް ފަރިތަކުރުންތަކުގައި ރެޑޭ ކުޅޭނީ މާކަރަކަށްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ހަމައެހެސސންމެ ދެން އެންމެ އަވަހަކަށް ކުޅޭ މެޗުގައި ޑިފެންސް ލައިންއިން ރެޑޭ ފެނިގެން ދާނެކަމަށް އޭނާ ވަރަށް ޔަޤީންކަމާއި އެކު ވަނީ ބުނެފައެވެ.
އާމަގު ޓީކޭގެ ފަރާތުން ރެޑޭ ގެ މަޤުޞަދު ހާސިލްވުމަށް އެދެމެވެ.
ކެޓަގަރީ
މީހުން
ލިޔުނީ
އެޑްމިން
ބައިގަޑިން ބައިގަޑިން ކަނޑައިގެންދާ ލަންދޫކަރަންޓަށް ހައްލެއްލިބޭނީ ކޮންދުވަހަކުންބާ؟
٠١:٤٦
އެޑްމިން
ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ލަންދޫރައްޔިތުންގެ ބުރަމަސައްކަތުން ، އެމީހުންގެ ހިތްމަތާއި މިންނަތުން ލަންދޫގައި ޤާއިމް ކޮށްފާވާ ލަންދޫރައްޔިތުންގެ އިންޖީނުގެ ގިނައަހަރު ތަކެއްވަންދެން މެދުކެނޑުމެއްނެތި ހިގަމުން ދާއިރު މިއަދު މިވަނީ ހައްލުކުރަންދަތި އެހާމެ އުދަގޫމަރުޙަލާއަކަށް ލަންދޫގެ ކަރަންޓްގެ ހާލަތު ބަދަލުވެފައެވެ.
ބައިގަޑިން ބައިގަޑިން ކަރަންޓް ކަނޑައިގެން ނުދާ ދުވަހެއް ރެއެއް ނުދެއެވެ. ރައްޔިތުންގެ ގިނަބަޔަކު އެމީހުންގެ އަމިއްލަ ގޭގައި ބޭނުންކުރަމުންދާ އައިސްއަލަމާރި، ޓީވީ، ކޮމްޕިއުޓަރ ފަދަ ކަރަންޓްސާމާނު ތައް މިދަނީ މިކަމުގެ ސަބަބުން ހަލާކުވެ އެތައްހާސް ރުފިޔާގެ ގެއްލުން ވަމުންނެވެ. މިހާރުމިވަނީ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް ގޮސްފައެވެ.
ޔުޓިލިޓީސް ކުންފުނިތަކުގެ ދަށަށް ރަށްރަށުގެ އިންޖީނުގެ ތައް ގެންދިޔަ ގެންދިޔުމުގައި ލަންދޫރައްޔިތުންގެ އިންޖީނުގެ ވެސް މިހާރުމިވަނީ ޔުޓިލިޓީސް ކުންފުނީގެ ދަށަށް ގެންގޮސްފައެވެ. ލިބޭއާމްދަނީއާއި، ތަނުގައި ހުރި ތަކެތީގެ އަގުމަގުކޮށް ކުންފުނިން ކުރަންޖެހޭ ހުރިހާމަސައްކަތެއްހެން ނިމިފައެވެ. އަދި ޔުޓިލިޓީސް ކުންފުންޏާއި، ޙަވާލުވި ފުރަތަމަމަހުވެސް -/4ރ. އިން 2/50 ރ. ށް ޔުނިޓެއްގެ އަގުވެސް ހެޔޮކޮށްފައެވެ. ރައްޔިތުމީހާގެ ޖީބަށް ވަރަށްބޮޑުތަން ލުއިކޮށްދީފައެވެ.
ޔުޓިލިޓީސް ކުންފުނީގެ ދަށަށް އިންޖީނުގެ ދޫކޮށްލުމާއި، މެދު އެހެންރަށްރަށުގެ ރައްޔިތުންފަދައިން ލަންދޫރައްޔިތުންގެ ތެރޭގައިވެސް ޚިޔާލުތަފާތުވެގެންިދޔައެވެ. މަދުން ނަމަވެސް އެކަމަށް އެއްބަސްނުވާ ރައްޔިތުން އެބަތިބޫއެވެ. ޔުޓިލިޓީސް ކުންފުނީގެ ފަރާތުން އިންޖީނުގެއާއި ޙަވާލުވެލައްވަން ވެގެން ލަންދޫއަށް ކުރިޒިޔާރަތުގައި އުތުރުޕްރޮވިންސް ޔުޓިލިޓީސް ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. އަދި ރައްޔިތުންނާއި، މުޚާތަބުކޮށް އޭގެތެރެއިން ގިނަބޭފުޅުން ވާހަކަފުޅުވެސް ދެއްކެވިއެވެ. ޔުޓިލިޓީސް ކުންފުންޏާއި، ހަވާލުކުރުމުން ލަންދޫގެ ކަރަންޓް މިހާރުން މިހާރަށް ވަރަށްބޮޑުތަން ތަރައްޤީވެ ކުރިމަގުގައި ވަރަށް ފުރިހަމަވެގެން ދާނެކަމަށް ވިދާޅުވިއެވެ. ލަންދޫގައި ހުރިބައެއް އިންޖީނުތައް މިހާރުވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި، ޔުޓިލިޓިިސް ކުންފުންޏާއި، ހަވާލުކޮށްފިނަމަ އެހެން ރަށްރަށުގައިހުރި އިންޖީނު ތަކުގެ ތެރެއިން ލަންދޫއަށް އެކަށީގެންވާ ކެޕޭސީޓީއެއްގެ އިންޖީނެއް ވަގުތުން ގެނެވިދާނެކަމަށްވެސް ބައެއް ބޭފުޅުން ވާހަކަ ފުޅުދައްކަވަމުން ވިދާޅުވިއެވެ.
މިދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އަހްމަދު ޢީސާ ވެސް މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އެބޭފުޅާވެސް ވިދާޅުވީ އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުން ވެސް ރައްޔިތުންގެ ކިބައިން އެދެނީ ވީހާވެސް އަވަހަކަށް ޔުޓީލިޓީސް ކުންފުންޏާއި، އިންޖީނުގެ ޙަވާލުކުރަން ކަމުގައެވެ. އަދި އެބޭފުޅާ ނިސްބަތްވާ ރަށަށް ( ކެނދިކުޅުދުއަށް ) ދާދިފަހަކުން ކަރަންޓްގެ މައްސަލާގައި ދިމާވި ކަންތައްތަކެއް ހިއްސާ ކުރެއްވިއެވެ. އެރަށުގައި ހުރި ދެއިންޖީނުވެސް ގޮވާ ބޭނުންނުކުރޭވަރަށް ހަލާކުވުމުގެ ސަބަބުން ވަގުތުން ވަގުތަށް ސަރުކާރުގެ ކަމާބެހޭފަރާތް ތަކުގައި ދަންނަވައިގެން އިންޖީނެއް ގެނެސް އެމައްސަލަ ހައްލުކުރެއްވި ގޮތް ލަންދޫރައްޔިތުންނަށް ކިޔައިދެއްވިއެވެ.
މިއަދު ލަންދޫރައްޔިތުންގެ ޝަކުވާއަކީ މިއީއެވެ. ބައިގަޑިން ބައިގަޑިން ކަނޑައިގެން މިދާ ކަރަންޓް ހައްލުކުރުމަށް ނުވަތަ ދާއިމީ ގޮތެއްގައި ޚިދުމަތް ލިބޭނެގޮތަކަށް މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ އިދާރާ ތަކުން މަސައްކަތް ކުރަނީ ކިހާމިންވަރަކަށް ބާއެވެ. އިންޖީނުގެހިންގުމާއި، ޙަވާލުވެ ހުންނަބޭފުޅާ ކަރީގައިކަރަންޓަށް މިވަނީ ކިހިނެެތްހޭ އަހާލުމުން ކަލޯ ވާގޮތަކީ އިންޖީނުތަކަށް ކެތްނުވާވަރަށް ލޯޑަށް އަރަނީ. ރަގަޅުކުރެވޭތޯ އެބަބަލަން . މިހެން ބުނެލުން ފިޔަވާ އެހެންކަމެއް ކުރޭބާއެެވެ.
އިންޖީނުގޭގައި ޑިއުޓީއަދާކުރާ ކުދިންގާތު އަހާލުމުންވެސް ބުނަނީ ހަމަ މިބީދައިންނެވެ. ރޭގައި ކަރަންޓްއެދިޔައީ ބޮޑުމަގުގައި އޮތް ކޭބަލް ބުރިއެއް އަދައިގެން. މިހާރު މިއުޅެނީ އޭތި ބަދަލުކޮށްލަން . ވަރަށް އަވަހަށް ކަރަންޓް ދޫކުރާނަން. މިކަހަލަ ޖަވާބުތަކެކެވެ.
މިހާހިސާބުން އުފެދޭ އަނެއް ސުވާލަކީ މިހާގިނަދުވަސްވަންދެން ބަރާބަރަށް ހިގަމުން އައި އިންޖީނުގެއަކުން އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއްނުލިބެނީ ބާއެވެ. މިވީހާތަށްދުވަހު އެއްވެސް ހިއްސާދާރަކަށް އެންމެލޯލާރިއެއް ދީފާނުވާއިރު ކަރަންޓް ތަރައްޤީކުރުމަށް އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިއްޖެބާއެވެ. ވަރަށް މަދުސަރަޙައްދަކުންނޫނީ ކޭބަލްބެސް ބަދަލުކުރެވުނީކީ ނޫނެވެ. ޑިސްޓްރިބިޔުޝަން ފޮށިތައް އަދިވެސް އެހުރީ ހަމަ އެންމެކުރިންވެސް ބޭނުންކުރި ފޮށިތަކެވެ. ސަރުކާރުން ދެއްވި އިންޖީނެއްނޫނީ ތަނަށްލިބުނު ފައިދާއިން ގަނެފާވާ އިންޖީނެއްވެސް ހުރީކީ ނުމެނޫންމެއެވެ. ލިބުނު ހުރިހާ ފައިސާއެއް ޚަރަދުވެގެން މިދިޔައީ ނުވަތަ ޚަރަދުވަމުން މިދަނީ ތެލަށާއި، މަރާމާތަށްބާއެވެ.
ލަންދޫގެ ކަރަންޓަށް މިދިމާވާ މައްސަލަތައް ޔުޓިލިޓީސް ކުންފުނީގެ ބޭފުޅުންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ނުވަތަ މިދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ޢީސާއަށް އެނގިނުލައްވަނީ ބާއެވެ. ލަންދޫރައްޔިތެއްގެ ހައިސިއްޔަތުން މިކަމާގުޅުންހުރި އެންމެހައިބޭފުޅުން ކިބައިން އަޅުގަނޑު މިއެދެނީ ލަންދޫގެކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ހުރިހާމަސައްކަތްތަކެއް ކޮށްދެއްވާ ލަންދޫރައްޔިތުންގެ ކަންބޮޑުވުން ތަކަށް ލުޔެއްހޯއްދައި ދެއްވުމަށެވެ.
ލަންދޫރައްޔިތުންގެ ބުރަމަސައްކަތުން ، އެމީހުންގެ ހިތްމަތާއި މިންނަތުން ލަންދޫގައި ޤާއިމް ކޮށްފާވާ ލަންދޫރައްޔިތުންގެ އިންޖީނުގެ ގިނައަހަރު ތަކެއްވަންދެން މެދުކެނޑުމެއްނެތި ހިގަމުން ދާއިރު މިއަދު މިވަނީ ހައްލުކުރަންދަތި އެހާމެ އުދަގޫމަރުޙަލާއަކަށް ލަންދޫގެ ކަރަންޓްގެ ހާލަތު ބަދަލުވެފައެވެ.
ބައިގަޑިން ބައިގަޑިން ކަރަންޓް ކަނޑައިގެން ނުދާ ދުވަހެއް ރެއެއް ނުދެއެވެ. ރައްޔިތުންގެ ގިނަބަޔަކު އެމީހުންގެ އަމިއްލަ ގޭގައި ބޭނުންކުރަމުންދާ އައިސްއަލަމާރި، ޓީވީ، ކޮމްޕިއުޓަރ ފަދަ ކަރަންޓްސާމާނު ތައް މިދަނީ މިކަމުގެ ސަބަބުން ހަލާކުވެ އެތައްހާސް ރުފިޔާގެ ގެއްލުން ވަމުންނެވެ. މިހާރުމިވަނީ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް ގޮސްފައެވެ.
ޔުޓިލިޓީސް ކުންފުނިތަކުގެ ދަށަށް ރަށްރަށުގެ އިންޖީނުގެ ތައް ގެންދިޔަ ގެންދިޔުމުގައި ލަންދޫރައްޔިތުންގެ އިންޖީނުގެ ވެސް މިހާރުމިވަނީ ޔުޓިލިޓީސް ކުންފުނީގެ ދަށަށް ގެންގޮސްފައެވެ. ލިބޭއާމްދަނީއާއި، ތަނުގައި ހުރި ތަކެތީގެ އަގުމަގުކޮށް ކުންފުނިން ކުރަންޖެހޭ ހުރިހާމަސައްކަތެއްހެން ނިމިފައެވެ. އަދި ޔުޓިލިޓީސް ކުންފުންޏާއި، ޙަވާލުވި ފުރަތަމަމަހުވެސް -/4ރ. އިން 2/50 ރ. ށް ޔުނިޓެއްގެ އަގުވެސް ހެޔޮކޮށްފައެވެ. ރައްޔިތުމީހާގެ ޖީބަށް ވަރަށްބޮޑުތަން ލުއިކޮށްދީފައެވެ.
ޔުޓިލިޓީސް ކުންފުނީގެ ދަށަށް އިންޖީނުގެ ދޫކޮށްލުމާއި، މެދު އެހެންރަށްރަށުގެ ރައްޔިތުންފަދައިން ލަންދޫރައްޔިތުންގެ ތެރޭގައިވެސް ޚިޔާލުތަފާތުވެގެންިދޔައެވެ. މަދުން ނަމަވެސް އެކަމަށް އެއްބަސްނުވާ ރައްޔިތުން އެބަތިބޫއެވެ. ޔުޓިލިޓީސް ކުންފުނީގެ ފަރާތުން އިންޖީނުގެއާއި ޙަވާލުވެލައްވަން ވެގެން ލަންދޫއަށް ކުރިޒިޔާރަތުގައި އުތުރުޕްރޮވިންސް ޔުޓިލިޓީސް ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ. އަދި ރައްޔިތުންނާއި، މުޚާތަބުކޮށް އޭގެތެރެއިން ގިނަބޭފުޅުން ވާހަކަފުޅުވެސް ދެއްކެވިއެވެ. ޔުޓިލިޓީސް ކުންފުންޏާއި، ހަވާލުކުރުމުން ލަންދޫގެ ކަރަންޓް މިހާރުން މިހާރަށް ވަރަށްބޮޑުތަން ތަރައްޤީވެ ކުރިމަގުގައި ވަރަށް ފުރިހަމަވެގެން ދާނެކަމަށް ވިދާޅުވިއެވެ. ލަންދޫގައި ހުރިބައެއް އިންޖީނުތައް މިހާރުވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި، ޔުޓިލިޓިިސް ކުންފުންޏާއި، ހަވާލުކޮށްފިނަމަ އެހެން ރަށްރަށުގައިހުރި އިންޖީނު ތަކުގެ ތެރެއިން ލަންދޫއަށް އެކަށީގެންވާ ކެޕޭސީޓީއެއްގެ އިންޖީނެއް ވަގުތުން ގެނެވިދާނެކަމަށްވެސް ބައެއް ބޭފުޅުން ވާހަކަ ފުޅުދައްކަވަމުން ވިދާޅުވިއެވެ.
މިދާއިރާގެ އިއްޒަތްތެރި މެމްބަރު އަލްފާޟިލް އަހްމަދު ޢީސާ ވެސް މިބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ. އެބޭފުޅާވެސް ވިދާޅުވީ އެބޭފުޅާގެ އަމިއްލަ ހައިސިއްޔަތުން ވެސް ރައްޔިތުންގެ ކިބައިން އެދެނީ ވީހާވެސް އަވަހަކަށް ޔުޓީލިޓީސް ކުންފުންޏާއި، އިންޖީނުގެ ޙަވާލުކުރަން ކަމުގައެވެ. އަދި އެބޭފުޅާ ނިސްބަތްވާ ރަށަށް ( ކެނދިކުޅުދުއަށް ) ދާދިފަހަކުން ކަރަންޓްގެ މައްސަލާގައި ދިމާވި ކަންތައްތަކެއް ހިއްސާ ކުރެއްވިއެވެ. އެރަށުގައި ހުރި ދެއިންޖީނުވެސް ގޮވާ ބޭނުންނުކުރޭވަރަށް ހަލާކުވުމުގެ ސަބަބުން ވަގުތުން ވަގުތަށް ސަރުކާރުގެ ކަމާބެހޭފަރާތް ތަކުގައި ދަންނަވައިގެން އިންޖީނެއް ގެނެސް އެމައްސަލަ ހައްލުކުރެއްވި ގޮތް ލަންދޫރައްޔިތުންނަށް ކިޔައިދެއްވިއެވެ.
މިއަދު ލަންދޫރައްޔިތުންގެ ޝަކުވާއަކީ މިއީއެވެ. ބައިގަޑިން ބައިގަޑިން ކަނޑައިގެން މިދާ ކަރަންޓް ހައްލުކުރުމަށް ނުވަތަ ދާއިމީ ގޮތެއްގައި ޚިދުމަތް ލިބޭނެގޮތަކަށް މައްސަލަތައް ޙައްލުކުރުމަށް ކަމާބެހޭ އިދާރާ ތަކުން މަސައްކަތް ކުރަނީ ކިހާމިންވަރަކަށް ބާއެވެ. އިންޖީނުގެހިންގުމާއި، ޙަވާލުވެ ހުންނަބޭފުޅާ ކަރީގައިކަރަންޓަށް މިވަނީ ކިހިނެެތްހޭ އަހާލުމުން ކަލޯ ވާގޮތަކީ އިންޖީނުތަކަށް ކެތްނުވާވަރަށް ލޯޑަށް އަރަނީ. ރަގަޅުކުރެވޭތޯ އެބަބަލަން . މިހެން ބުނެލުން ފިޔަވާ އެހެންކަމެއް ކުރޭބާއެެވެ.
އިންޖީނުގޭގައި ޑިއުޓީއަދާކުރާ ކުދިންގާތު އަހާލުމުންވެސް ބުނަނީ ހަމަ މިބީދައިންނެވެ. ރޭގައި ކަރަންޓްއެދިޔައީ ބޮޑުމަގުގައި އޮތް ކޭބަލް ބުރިއެއް އަދައިގެން. މިހާރު މިއުޅެނީ އޭތި ބަދަލުކޮށްލަން . ވަރަށް އަވަހަށް ކަރަންޓް ދޫކުރާނަން. މިކަހަލަ ޖަވާބުތަކެކެވެ.
މިހާހިސާބުން އުފެދޭ އަނެއް ސުވާލަކީ މިހާގިނަދުވަސްވަންދެން ބަރާބަރަށް ހިގަމުން އައި އިންޖީނުގެއަކުން އާމްދަނީގެ ގޮތުގައި އެއްވެސް ފައިސާއެއްނުލިބެނީ ބާއެވެ. މިވީހާތަށްދުވަހު އެއްވެސް ހިއްސާދާރަކަށް އެންމެލޯލާރިއެއް ދީފާނުވާއިރު ކަރަންޓް ތަރައްޤީކުރުމަށް އެކަށިގެންވާ މަސައްކަތްތަކެއް ކުރެވިއްޖެބާއެވެ. ވަރަށް މަދުސަރަޙައްދަކުންނޫނީ ކޭބަލްބެސް ބަދަލުކުރެވުނީކީ ނޫނެވެ. ޑިސްޓްރިބިޔުޝަން ފޮށިތައް އަދިވެސް އެހުރީ ހަމަ އެންމެކުރިންވެސް ބޭނުންކުރި ފޮށިތަކެވެ. ސަރުކާރުން ދެއްވި އިންޖީނެއްނޫނީ ތަނަށްލިބުނު ފައިދާއިން ގަނެފާވާ އިންޖީނެއްވެސް ހުރީކީ ނުމެނޫންމެއެވެ. ލިބުނު ހުރިހާ ފައިސާއެއް ޚަރަދުވެގެން މިދިޔައީ ނުވަތަ ޚަރަދުވަމުން މިދަނީ ތެލަށާއި، މަރާމާތަށްބާއެވެ.
ލަންދޫގެ ކަރަންޓަށް މިދިމާވާ މައްސަލަތައް ޔުޓިލިޓީސް ކުންފުނީގެ ބޭފުޅުންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ނުވަތަ މިދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ޢީސާއަށް އެނގިނުލައްވަނީ ބާއެވެ. ލަންދޫރައްޔިތެއްގެ ހައިސިއްޔަތުން މިކަމާގުޅުންހުރި އެންމެހައިބޭފުޅުން ކިބައިން އަޅުގަނޑު މިއެދެނީ ލަންދޫގެކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކުރެވެންހުރި ހުރިހާމަސައްކަތްތަކެއް ކޮށްދެއްވާ ލަންދޫރައްޔިތުންގެ ކަންބޮޑުވުން ތަކަށް ލުޔެއްހޯއްދައި ދެއްވުމަށެވެ.
ކެޓަގަރީ
ރިޕޯޓް
ލިޔުނީ
އެޑްމިން
ލަންދޫ ޓީމުގެ ފޯމޭޝަން ބަދަލުކުރުމަށްފަހު ކުޅެވުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން މޮޅުވެއްޖެ
٠٦:٣٢
އެޑްމިން
އިއްޔެ ލަންދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަތޮޅުގެ ފުޓްބޯޅައިގެ ބޮޑު ބާރުކަމުގައި ބެލެވޭ މިލަދޫ ފުޓްބޯޅާ ޓީމާއި ދެކޮޅަށް ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަންދޫގެ ފުޓްބޯޅަ ޓީމް މޮޅުވެއްޖެއެވެ.
މެޗުން މޮޅުވުމަށްފަހު ލަންދޫ ޓީމުގެ ކުޅުންތެރިން ބުނެފައިވަނީ ޓީމު ފޯމޭޝަންނަށް ގެނެސްފައިވާ ބަދަލުގެ ވާހަކަ ދައްކާފައެވެ. ގިނަކުޅުންތެރިންގެ ޚިޔާލުގެ މައްޗަށް ބިނާކޮއް ޓީމު ރާވާފައިވާ ފޯމޭޝަންގެ ސަބަބުން ކުޅުންތެރިންގެ މޮޅުކުޅުން ވަނީ އެންމެހާ ބެލުންތެރިންނަށް ދައްކާލާފައެވެ.
މިމެޗުގައި ލަންދޫ ޓީމަށް ލަނޑުތައް ކާމިޔާބު ކޮއްދިން ކުޅުންތެރިންނަކީ
1. އަބްދުﷲ ނާޝިދު (ނާއްޕޭ) 2 ލަނޑު
2. އަހުމަދު ރަޝީދު (ލައިބު) 1 ލަނޑު
3. އަބްދުﷲ ޝިހާމް (ސީޓޭ) 1 ލަނޑު
4. މުހައްމަދު ނަސީމު (ޓިން) 1 ލަނޑު
5. އަހުމަދު ޝަކީލް 1 ލަނޑު
މިނަތީޖާގެ ސަބަބުން މިއަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ 1 ވަނާއިގައި އުޅެނީ އެއްބަނޑު އެއްބަފާ ދެބެން ކަމުގައިވާ އަބްދުﷲ ނާޝިދު (ނާއްޕޭ) އާއި އަހުމަދު ރަޝީދު (ލައިބު) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 2 ލަނޑު ޖަހާފައެވެ.
މެޗުން މޮޅުވުމަށްފަހު ލަންދޫ ޓީމުގެ ކުޅުންތެރިން ބުނެފައިވަނީ ޓީމު ފޯމޭޝަންނަށް ގެނެސްފައިވާ ބަދަލުގެ ވާހަކަ ދައްކާފައެވެ. ގިނަކުޅުންތެރިންގެ ޚިޔާލުގެ މައްޗަށް ބިނާކޮއް ޓީމު ރާވާފައިވާ ފޯމޭޝަންގެ ސަބަބުން ކުޅުންތެރިންގެ މޮޅުކުޅުން ވަނީ އެންމެހާ ބެލުންތެރިންނަށް ދައްކާލާފައެވެ.
މިމެޗުގައި ލަންދޫ ޓީމަށް ލަނޑުތައް ކާމިޔާބު ކޮއްދިން ކުޅުންތެރިންނަކީ
1. އަބްދުﷲ ނާޝިދު (ނާއްޕޭ) 2 ލަނޑު
2. އަހުމަދު ރަޝީދު (ލައިބު) 1 ލަނޑު
3. އަބްދުﷲ ޝިހާމް (ސީޓޭ) 1 ލަނޑު
4. މުހައްމަދު ނަސީމު (ޓިން) 1 ލަނޑު
5. އަހުމަދު ޝަކީލް 1 ލަނޑު
މިނަތީޖާގެ ސަބަބުން މިއަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ 1 ވަނާއިގައި އުޅެނީ އެއްބަނޑު އެއްބަފާ ދެބެން ކަމުގައިވާ އަބްދުﷲ ނާޝިދު (ނާއްޕޭ) އާއި އަހުމަދު ރަޝީދު (ލައިބު) އެވެ. މިއިން ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 2 ލަނޑު ޖަހާފައެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ބައެއް ކުޅުންތެރިން ކުލަބު ބަދަލުކުރުމުގެ ވިސްނުން
٠٣:٠٤
އެޑްމިން
ލަންދޫގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅާ މުބާރާތް ކަމަށްވާ ހޮލިޑޭ ކަޕް މެދުކެނޑުމެއް ނެތި ބާއްވަމުންދާތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ. އެގޮތުން މިމްބާރާތުގެ ފެންވަރު އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން އައިސް ނިިމިގެން ދިޔަ އަހަރުގެ މުބާރާތުގެ ފޯރި ކުޑަވެގެން ދިޔަކަން ބައެއްފަރާތްތަކުން ފާހަގަ ކުރެއެވެ.
މިމުބަރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުޅުންތެރިނަށް އެއްޓީމުން އަނެއްޓީމަށް ޓްރާންސްފަރ ވެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިކަމަށް ހަދާފައިވާ ޤަވާއިދުގެ ސަބަބުން ކުލަބް ބަދަލުކުރުން މިވަނީ ވަރަށްބޮޑު ތަކުލީފަކަށް ވެފައެވެ. މީގެ ހެއްކަކީ މުބަރާތުގެ ތާރީހުގައި ވެސް މިހާތަނަށް އައި އިރު ޓްރާސްފަރ ވެފައިވަނީ ދެކުޅުންތެރިންނެވެ.
އެއީ ޕަސަންޓް ސްޕޯޓްސް ކުލަބްގެ ވަސީމް އަބްދުއްރަހުމާން އާއި އޮކާޗީގެ އިބްރާހިމް ސިނާއު އެވެ. މިދެކުޅުންތެރިން ދެކުޅުންތެރިންނަށް ޓްރާސްފަރ ވެފައިވަނީ -/500 ރުފިޔާގެ މަގުން 3 އަހަރު ދުވަހުގެ މުއްދަތަށެވެ
މިހާރު އެންމެބޮޑަށް ދެކެވެމުންދަ ވާހަކަ އަކީ ކުލަބް ޗެލެންޖާސް ގެ މިޑްފީލްޑަރ ގެ މަޤާމަށް ކުޅެމުންއައި ހުނަރުވެރި މޮޅު ކުޅުންތެރިޔާ ރިޒާ ވެލޯސިޓީއާއި ގުޅެން އުޅޭވާހަކައެވެ. ވެލޯސިޓީގެ އިސް މެމްބަރަކު އާމަގު.ޓީކޭ އަށް މަޢުލޫމާތު ދިންގޮތުގައި މިހާރު ރިޒާ އެޓީމަށް ގެނައުމައްޓަކައި ދެން އޮތީ ހަމައެކަނި ޓްރާންސްފަރ ފޯމްގައި ސޮއި ކޮއްލުން އެކަނި ކަމުގައި އޭނާވަނީ ބުނެފައެވެ.
ނަމަވެސް ރިޒާ ވެލޯސިޓީއަށް ގެންދަނީ ކިހާ ވަރަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއްވެސް އަދި ނޭނގެއެވެ.
ކުޅުންތެރިންގެ ޓްރާންސަފަރ ޤަވާއިދު އިސްލާހުކުރުމުގެ ގޮތުން އެޗް.އޯ.ސީ ގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވަނޭ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ކުޅުމުގެ ފެންވަރު ރަނގަޅުކުރަން ވެއްޖެ
٠١:٣٠
އެޑްމިން
މިހާރަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ޓީމް ކުޅޭ މެޗުތަކުގައި ދައްކަމުންދަ ދައްކުޅުމާއި ދޭތެރޭ ވަރަށް ގިނަބައެއްގެ ފާޑިކިޔުންދަނީ ޓީމާއި އަމާޒުކުރަމުންނެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިއަހަރު ފުރަތަމަ ރަށުންބޭރު ޓީމަކާއި ދެކޮޅަށް ކުޅުނު މެޗުން ޒުވާނުންގެ ފުޓްބޯޅަ ޓީމް ބަލިވުމުން ކުޅުންތެރިންވަނީ ރަށުފަސްގަނޑުގައި ކުޅެ ބަލިވުމުގެ ހަޑިނަން ފޮހެލުމަށް މަސައްކަތްކޮއް އެކަން ކާމިޔާބުވެސް ކޮއްފައެވެ
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
އެކުއްޖަކަށްޓަކައި ނ.ލަންދޫ ރައްޔިތުން މިއަދު ފަޙްރުވެރިވާން ޖެހޭ ކުއްޖެއް
١٩:١٢
އެޑްމިން
ލިޔުނީ : އިއްބެ
ނ.ލަންދޫ ގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ އެރަށު އަސްރަފީގެ އުމުރުން 18 އަހަރުގެ އަލީ ޒިޔާދުއަކީ އެކުއްޖަކަށްޓަކައި މިއަދު ނ.ލަންދޫ ސުކޫލްގައި ކިޔަވަމުންދާ ކިޔަވާ ކުދިންނާއި އެންމެންހާއި ރައްޔިތުން ފަޙްރުވެރިވާން ޖެހޭ ކުއްޖެއްކަން ޤަބޫލްކުރަންޖެހެއެވެ.
އެއީ ސަބަބެއްވެސް ނެތިއެއްނޫނެވެ. އުމުރުން އެންމެ 15 އަހަރުގައި އެރަށު މިސްކިތުގައި ބަންގިގޮވާ އިމާމްވެ ނަމާދުކޮށްދޭން ފެށުމުންނެވެ. އޭރު އަލީ ޒިޔާދު އަކީ އޭރު ސުކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. ޒިޔާދު ބުނި ގޮތުގައި ފުރަތަމަ ދުވަހު ބަންގި ގޮވާން ޖެހިލުންވި ކަމަށާއި، ނަމަވެސް ޖެހިލުން އެއްފަރާތް ކުރުމަށްފަހު އެކަމާއި ކުރިމަތިލީ ކަމަށެވެ. އޭގެ ނަތީޖާއެއްގޮތުން މިއަދު ޒިޔާދު އެހުރީ އެހާމެ ޅައުމުރެއްގައި މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރާނެ އިމާމުން ތަމްރީނުކުރާ ކޯހުގައި ކިިޔެވުމުގެ ފުރުސަތު ލިބިފައެވެ
މިހާރު މާލޭގައި މައުޙަދުލް ދިރާސަތުލް އިސްލާމިއްޔާގައި ހިންގަމުންދާ މިސްކިތްތަކުގައި ނަމާދު ކުރާނެ އިމާމުން ތަމްރީނު ކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނީ އޭނަ މިކޯހަށް ކުރިމަތިލީ ރަށުގެ ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ. ތައުލީމީ ގޮތުން ރަންގަޅު ނަތީޖާއެއް ހޯދުމަށްފަހު މަތީ ޘާނަވީ ތައުލީމު ކިޔަވަން ފުރުސަތު ލިބިފައި އޮއްވާ، އެފުރުސަތު ދޫކޮށްލުމަށްފަހު ރަށު މިސްކިތުގައި ނަމާދުކޮށްދޭނެ އިމާމުން ލިބުމުގެ ދަތިކަން އިޙްސާސްކުރަމުންދާ ލަންދޫގެ ރައްޔިތުން ނަށް އެދަތިކަން ފިލުވާދިނުމުގެ ބޭނުމުގައެވެ.
މިހާރު އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނިގޮތުގައި އަންނަ ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ޙުތުބާ ބަލައިގެން ކިޔުމުގެ ހުއްދަ ލިބޭނެކަމަށެވެ. އުމުރުން އެހާމެ ޅައުމުރުގައި މިފަދަ ބޮޑު މަސްއޫލިއްޔަތެއް ބޮލުގައި އަޅާ، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޒިޔާދު ބުނީ އޭނަ މި މަސައްކަތުގަައި ދެމިހުންނަން ބޭނުންވާ ކަމަށެވެ. މިކަމުގައި ބޭނުންވަނީ ތެދުވެރި، އަދި އެހާމެ އެކުވެރި މާހައުލެއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ އެއްބާލުލުމާއި އެހީތެރިކަމެވެ.
މިހާރުވެސް ކޯހުން ރަންގަޅު ނަތީގާތަކެއް ހޯދަމުން އަންނަ އަލީޒިޔާދު ބުނީ އޭނާގެ ކޯސް ޖޫން 8 ގައި ނިމޭއިރު ހިދުމަތް ކުރަން ބޭނުންވަނީ އޭނާގެ އުފަން ރަށުގައި ކަމަށެވެ. އަލީ ޒިޔާދުގެ މިބޮޑު މަސްއޫލިއްޔަތު އަދާކުރުމުގައި ބަރަކާތް ލެއްވުން އެދި ދުއާކުރަމެވެ.
ކެޓަގަރީ
މީހުން
ލިޔުނީ
އެޑްމިން
ލަންދޫ ސްކޫލްގެ ބަށި މުބާރާތް މިއަދު ފަށަނީ
٠٠:١٣
އެޑްމިން
އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ލަންދޫ ސްކޫލުގެ އިންޓާރހައުސް 14 ވަނަ ބަށި މުބާރާތް މިއަދު ފަށައިގޮތަށް ހަމަޖެހިފައިވާކަމަށް އާމަގު ޓީކޭ އަށް ދާދި ދެއްމެއަކު މަޢުލޫމާތު ލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 4:15 ގައެވެ. މިމެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެސްކޫލްގެ ދޮށިމޭނާ ހައުސް އާއި ރެހެންދީ ހައުސްގެ ޓީމެވެ.
މިއީ މިއަހަރުގެ ތެރޭ އެސްކޫލުގެ އަންހެން ދަރިވަރުންނަށް ބޭއްވޭ ފުރަތަމަ ކުޅިވަރުހަރަކާތް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެސްކޫލްގެ އިންޓަރހައުސް ފުޓްބޯޅަ ލީގުގެ ކުޅުންފަށާފައެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
މިކަމާއި ވިސްނާލަމާ
٠١:٥٢
އެޑްމިން
ލަންދޫއަކީ ގުދުރަތީ ގޮތުން އާދަޔާ ޚިލާފު ރީތި ގޮނޑުދޮަށެއް ލިބިފައިވާ ރަށެކޭ މިބުނަނީ ވަރަށްވެސް ފަހުރުވެރިކަމާއި އެކުގައެވެ. ޗުއްޓީ ދުވަސް ދުވަހުގެ ގިނައާއިލާ ތަކަކުން ހިންހަމަޖައްސާލާ މަޖާކޮއްލުމަށް މޫދަށް އެރުމަށާއި ހަވީރުގެ ހިތްގައިމުގެ ވަގުތުތަކުގައި އާއިލާގެ މެމްބަރުންނާއި އެކު ގޮސް މިގޮނޑުދޮއްތަކުގެ ބޭނުން ކުރާމީހުން މި ލަންދުގައިވެސް ދިނަގުނައެވެ.
ނަމަވެސް މިހާރަކަށް އައިސް ހިތާމަޔާއި އެކު ފާހަގަ ކޮއްލަން ޖެހެނީ މިރީތި ގޮނޑުދޮއްތަކުން ފެންނަމުންމިދާ މަންޒަރުތަކީ އެހާ ބަލައިގަންނަށް ފަސޭހަ މަންޒަރުތަކެއް ނޫންކަމެވެ. ބުނަން މިއުޅޭ ވާހަކައަކީ އެއްވެސް ފިކުރެއް ޚިޔާލެއްނެތި މޫދަށާއި މިރީތި ގޮނޑުދޮއްތަކަށް އަޅަމުންދާ ކުނީގެ އަސަރު އަހަަރެމެނެގެ މިރީތި ގޮޑުދޮއްތަކަށް ކުރަމުންދާ ވާހަކައެވެ. އަޅުގަނޑު ދެކޭގޮތުގައި މިއީ މިމުޖުތަމާއުގެ އެންމެހާ އަފުރާދުން މިހިނދުން މިހިނދަށްވެސް ވިސްނާން ވެއްޖެކަމަކެވެ.
މީގެކުރިންވެސް ލަންދޫގެ ގޮނޑުދޮއްތަށް ސާފުކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ އެކިފަރާތް ތަކުން ކޮއްފައެވެ. އެހެން ކަމުން އެފަދަ ފަރާތްތަކަށް މިފުރުޞަތުގައި ޙާއްޞަ ޝުކުރެއް ދަންނަވަމެވެ. މިކަމަކީ ވަކިފަރާތަކުން ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުގެ ވިސްނުމެއް ނުދެކެއެވެ. ކަން މިހެން އޮތް އިރު މިފަދަ ކަންތައްތައް ހައްލު ކުރަން އަންނާނެ އިތުރުބަޔަކު ވާނެކަމަކަށް ޤަބޫލުކުރަން ދައްޗެވެ. ހަމަގައިމުވެސް މިފަދަ ކަންކަން ރަނގަޅުކުރުމުން ލިބޭ ރީތިނަމާ ޝަރަފަކީ އަހަރެމެން އެންމެނަށް ވެސް ލިބޭނޭ ޝަރަފަކައްނޫނީ ނުވާނެއެވެ.
ކެޓަގަރީ
މަގޭ ރިޕޯޓް
ލިޔުނީ
އެޑްމިން
ލަންދޫސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުން ފެލިވަރަށް
١٩:٥٤
އެޑްމިން
ލަންދޫސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރުން ފިސަރީސައިންސް ޕްރޮޖެކްޓް ހެދުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށްޓަކައި މިއަދުގެ މެންދުރުފަހު ޅ.އަތޮޅު ފެލިވަރަށް ދިއުމަށް ފުރާނެ ކަމަށް އާމަގު.ޓީކޭ އަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދަތުރުގައި މިއަދާއި މިރޭ ދަތުރުގެ ބައިވެރިން މަޑުކުރުމަށް ހަމަޖެހިފައިވަނީ ޅ.އަތޮޅު ހިންނަވަރުގައެވެ. މިދަތުރު ހަމަޖެހިފައިވާގޮތުން މިރޭގެ ވަގުތެއްގައި ހިންނަވަރު ސްކޫލުގެ ލެބޯޓްރީ ބޭނުން ކޮއްގެން ގަޑިއެއް ނެގުމަށްވެސް ހަމަޖެހިފައިވާކަމަށް މާޢުލޫމާތުލިބެއެވެ.
ހަމައެހެންމެ މިރޭ ހިންނަވަރުގައި މަޑުކުރުމަށްފަހު ދަތުރުގެ ބައިވެރިން ފެލިވަރަށް ދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުކަމަށްވެސް މަޢުލޫމާތުލިބެއެވެ. ދަތުރު ނިންމާލުމަށްފަހު ބައިވެރިން އެނބުރި ލަންދުއަށް އައުމަށް ހަމަޖެހިފައިވަނީ މާދަމާގެ (ބުރާސްފަތިދުވަހުގެ) ހަވީރު ކަމަށްވެސް މަޢުލޫމާތުލިބެއެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ސުކޫލް ކުދިންނަށް ހެނދުނުގެ ނާސްތާ ވަރަށް މުޙިއްމު
٠٧:٤١
އެޑްމިން
ލިޔުނީ: އިއްބެ
ސުކޫލަށްދާ އުމުރުގެ ކުދިންނަކީ އެ އުމުރެއްގައި އެކުދިންގެ ހަށިގަނޑު ހެދިބޮޑުވާ އުމުރުގެ ކުދިންނެވެ. ވުމާއެކު މިއުމުރުގައި ދެވޭ ކާނާއަކީ އެކުދިންގެ ސިކުނޑިއާއި އަދި ވިސްނުމުގެ ފެންވަރަށް ބަދަލު ތަކެއް ގެނުވާނެ އެއްޗެއްކަން ޔަޤީނެވެ.
ހެނދުނު ނާސްތާ އަކީ ރޭގަނޑުގެ ނިދީގައި ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށްފަހު އެތެރެ ކުރެވޭ ކާނާގެ އެތިކޮޅެވެ. ސިކުނޑިއާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ހުއްޓިފައި އޮން ނާނީ ހެނދުނު މިދެވޭ ކާ އެތިކޮޅެއްގެ މައްޗަށެވެ. ސިކުނޑިއަށް ބޭނުންވާ ހަކަތައަކީ ހަމައެކަނި ގުލްކޯޒް އަންދައިގެން ލިބޭ ހަކަތައަކަށް ވާއިރު އެންމެ ކުޑަމިނުން ސައި ތައްޓެއްވެސް ނުބޮއި ސުކޫލްއަށް ދާކުދިން އެކުދިންނަށް މުދައްރިސުން ކިޔަވާދެއްވާ ފިލާވަޅު ދަނެގަނެ ގަންނާނީ ކިހިނެއްބާވައެވެ؟ އަދި މިކުދިން ސުކޫލްގެ ދިރާސީ ދުވަސް ހޭދަކުރަނީ އެންމެ އެދެވޭ ގޮތަށް ނޫންކަން ފާހަގަކުރެވިފައިވެއެވެ. ހެނދުނުގެ ނާސްތާ ނު ކުރުމުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ބަނޑުގައި ވައި އުފެދުން، މޭނުބައި ކުރުމާއި ހޮޑުލުން، ބޮލުގައި ރިއްސުމާއި، ކަންކަން ކުރުމުގައި ފަރުވާކުޑަކުރުން، އަދި މީގެ އިތުރުން ދުވަހުން ދުވަހަކަށް ކިޔެވުން ދައްވަމުންދާ ކަން ފާހަގަވުރެވެއެވެ. ހެނދުނުގެ ނާސްތާގެ ގޮތު ގައި ކާހިތްވާ ކަހަލަ ކޮންމެ އެއްޗެއްވެސް ރަންގަޅުވާނެއެވެ. ނަމަވެސް އާންމުކޮށް ކާނާގެ ބައިތަކުގެ ތެރެއިން ހުރިހާ ބައިތަކެއް އެކުލެވޭ ކާނާއެއް އިޙްތިޔާރުކުރުމަކީ ރަނގަޅު ކަމެކެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ލަންދޫ އޮފީހަށް ވަގުތީގޮތުން 2 ވޮޗަރުން ހަމަޖައްސައިފި
٠٢:٥٣
އެޑްމިން
ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ސަރުކަަރުން ހަމަޖައްސަވާ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ފަރާތަކާއި ހަވާލުކުރެވެންދެން، ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން އެއޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ 2 ވޮޗަރުން ހޯއްދުމަށް ކުރިއިޢުލާނާއި ގުޅިގެން އެކަމަށް ކުރިމަތިލީ ދެފަރާތް ކަމަށްވާ ލަންދޫ އޯކިޑްމާގެ ސަހީމް އިބްރާހިމް އާއި ގަސްކަރަގޭ މުހައްމަދު ޒަކަރިއްޔާއަށް އެވަޒީފާ ހަމަޖެހިއްޖެއެވެ.
އާމަގު ޓީކޭ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރު 4:00ން ފެށިގެން އެފަރާތްތަކުން ވަނީ ޑިއުޓީކުރަން ފަށާފައެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ހުއިވަނި ހަފަނީ ވަކިބައެއްގެ ގައިގަބާ!
٠٢:٣١
އެޑްމިން
މިދުވަސްކޮޅަކީ ލަންދޫގެ ގަސްގަހުގައި އާދަޔާ ހިލާފަށް ހުއިވަނި އަޅާފައިވާ ދުވަސްކޮޅެއް ނަމަވެސް އެކަމާއި ހާސްވަނީ ވަކިބައެއްބާއެވެ. ހުއިވަނި ހަފާފާނެތީ ބިރުން އުޅޭނަމަ މަދުގަސްތަށް ދޮށަށް ވެއްޓިފައި ހުންނަ މަދު ގިނައަދަދަކަށް މިދުވަސްކޮޅު ހުންނަން ޖެހެއެވެ. ނަމަވެސް މިއީ ހަޤީގަތެއްބައެވެ. ހުއިވަނި ހަފާފާނެތީ ބިރުންނޭކިޔާ ވަލަށް ވަންނަ މީހުންގެ އަދަދު މަދެއްނުވެއެވެ. ކޮންމެ ދުވަހަކުވެސް ރަށު އޮފީހުގައި ހުންނަ އަޑުގަދަ ކުރާއިން 8:00 ގައި ވަލަށް ވަނުމަށް ގޮވާލާއިރަށް ވަލަށް ވަދެގެން އެދަނީ އެބޭފުޅުން އަމިއްލައަށް ހަދާފައިވާ ޤަވާއިދާއި އެއްގޮތަށް އަމަލުކުރުމުގެ ގޮތުންކަން ޔަޤީނެވެ.
ވާނީވެސް އެހެންތާއެވެ. ބަޔަކު ކަމަކަށް ފެންބޮވައިގަންފައި ތިބެންޔާ ވާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާލެވޭނީ ފަހުންނެވެ. މިއީ ކަންހިގާ ގޮތެވެ. ދައްކަން މިއުޅެނީ އެވާހަކައެއް ނޫނެވެ. އަންހެނުންގެ ހިތްވަރުގަދަ ވާހަކަ އެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ވަލަށްވަދެ ކާށި، މަޑު، ފަން އަދި ދަރު ފަދަ ތަކެތި ހޮވަމުންދާއިރު އުނދަގޫ ތަކަކާއި ކުރިމަތި ލާން ޖެހޭނެ ކަން ޔަޤީނެވެ. ހަމަގައިމުވެސް މަދިރީގެ އުނދަގޫ އިންތިހާއަށް ވާނޭފަދައިން މިދުވަސްކޮޅު ހުއިވަނީގެ އުނދަގޫވެސް އިންތިހައަށް ބޮޑުވާނެކަން ޔަޤީނެވެ.
ނަމަވެސް އެފަރާތްތަކުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމައްޓަކައި ވަމުންއެދަނީ ކިހާބޮޑު ޤުރުބާނީއެއް ބާއެވެ. ހަމަގައިމުވެސް ހިތްވަރު ގަދަ ކެރޭ މުރާލި މީހުންނަށް ނޫނި މިފަދަ ކަންކަމުގައި އަމަލީގޮތުން އުޅުމަކީ ފަސޭހަ ކަމަކަށް ނުމެނުވާނެވެ.
ކެޓަގަރީ
މަގޭ ރިޕޯޓް
ލިޔުނީ
އެޑްމިން
ޖަބްރޯލްގަސްގަހުގައި ބެލް ސިސްޓަމް ހަރުކޮއްފައި
٢١:١٦
އެޑްމިން
މިހާރަކަށް އައިސް ރޭގަނޑުވެއްޖެ ނަމަ އެންމެ ގިނައިން އިވޭނެ އެއްއަޑަކީ ބޮރިލަ ހަލުވާއަޑެވެ. މިއީ މިހާރަކަށް އައިސް މިލަންދޫއިން ރޭގަނޑު އެންމެ ގިނައިން އިވޭނޭ އަޑެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިދުވަސްކޮޅަކީ ލަންދޫއަށް ޖަބްރޯލްގެ ސީޒަނެއް އައިސްގެން އުޅޭ ދުވަސްކޮޅެކެވެ. އެގޮތުން ގިނަގޭގޭގައި ވާލަފެއްސުމަށްޓަކައި ގަސްގަހުގައި ގިނައަދަދަކަށް ބޮރިލަ ހަރުކޮއްފާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. ރޭގަނޑުވެއްޖެ ނަމަ 5 މިނެޓުން 5 މިނެޓުން އެލާމުވާ ގަޑިއެއް ހެން ރަށުތެރެއިން އިވޭއަޑަކީ ބޮރިލާއިގެ އަޑެވެ.
މީގެ ސަބަބަކީ ގިނަގޭގޭގައި ޖަބްރޯލް ގަސްތަށް ދޮށުގައި ދަމަށްތިބެމުންދާކަމެވެ. މިއީ މީގެ ކުރުންވެސް މިލަންދޫއިން ފެންނަމުންއައި މަންޒަރެކެވެ. ދެދަންފަޅިއަށް ޑިއުޓީބަހާއިގެން އެމަސައްކަތް ކުރަމުން އެދަނީ އެފަރާތްތަކަށް ރަނގަޅު އާންމުދަނީއެއް އެކަމުން ލިބޭނޭ ކަމުގެ އުއްމީދުގައި ކަމުގައި ނޫނީ ނުވާނެއެވެ.
ދެންފަހަގަ ކޮއްލެވޭ އަނެއްކަމަކީ ދުނިޔެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުގެ އަސަރު ޖަބްރޯލްގެ އަގުތަކަށްވެސް މިހާރު ކޮއްފައިވާކަމެވެ. އެގޮތުން މީގެކުރިން ރުފިޔާއަކަށް 5 ޖަބްރޯލް ވިއްކާފައި ވާއިރު މިހާރު ރުފިޔާއަކަށް ވިއްކަނީ 3 ޖަބްރޯލްއެވެ
އަޅުގަނޑު އެދެނީ މިމަސައްކަތް ކުރަމުންދާ ފަރާތްތަކަށް މިކަމުގެ ސަބަބުން ރަނގަޅުއާންމުދަނީއެއް ލިބުމެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ކިޔުންތެރިއެއްގެ ގަލަމުން މިބްލޮގާއި މެދު ދެކޭގޮތް
٢٠:٠٢
އެޑްމިން
އާމަގު.ޓީކޭ ބްލޮގް ވުޖޫދަށް އައިސް ނ.އަތޮޅުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުގައި ހިނގާ އަދި ހިނގާފައިވާ އެކިއެކި ކަންތައްތަކުގެ މައުލޫމާތު ލިޔެ އާންމުކޮށް ޝާއިއުކުރަން ފެށުމާއެކު މިބްލޮގުގެ ޒަރިއްޔާއިން ތަފާތު ގިނަގުނަ ޙަބަރާއި، މައުލޫމާތު ކިޔުންތެރިންނަށް ދަނީ ލިބެމުންނެވެ.. އެގޮތުން ނ.އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، އަތޮޅުފެންވަރުގަޔާއި، ރަށުފެންވަރުގައި ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތަކުގެ މައުލޫމާތު މިބްލޮގުގެެ އެހީގައި ކިޔުންތެރިންނަށް ފުޅާދާއިރާއަކަށް ދަނީލިބެމުންކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ
އަޅުގަނޑު އެދެނީ ހަލުވި ކުރިއެރުމަކާއެކު ކުރިއަށް އޮތްތާނގައި ބްލޮގުން ކިޔުންތެރިންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭން އާމަގު.ޓީކޭ ޓީމުގެ ފަރާތުން މަސައްކަތްކުރާނެކަމަށެވެ. އަދި ކިޔުންތެރިން ޝައުޤުވެރިވާފަދަ ބަދަލްތަކާއެކު ޒަމާނާ އެކަށޭނެގޮތަށް ބްލޮގުގެެ ގްރެފިކްސްއަށާއި، މޫނުމައްޗަށް ބަދަލް ގެނެވޭތޯ މަސައްކަތްކުރާނެކަމަށްވެސް މިފުރުސަތުގައި ކިޔުންތެރިއެއްގެ ޙައިސިއްޔަތުން އުއްމީދުކުރަމެވެ...... ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެމެވެ
ކެޓަގަރީ
ކިޔުންތެރިން
ލިޔުނީ
އެޑްމިން
ރުޅި ...........ފުޓްބޯޅައިގެ ބަލިފައި
٠٨:٥٠
އެޑްމިން
މިހާރަކަށް އައިސް ލަންދޫގެ ފުޓްބޯޅަ ދަނޑުގައި އާދަވެގެން ކޮންމެ ދުވަހަކު ކުޅޭއިރު ރެފްރީއެއް ނެތުމުގެ އިހްސާސް ކުރެވޭ ކަހަލައެވެ. މިހެން މިދެންނެވި ސަބަބަކީ ކުޅުމުގެ ފޯރިގަދަވެގެން ގޮސް ދިމާވާ މައްސަލަތަށް ހައްލުކުރާނެ މީހަކު ނެތުމުން (ރެފްރީއެއް) އެކަން ހައްލުނުވެ ގިނަ ދެބަސްވުންތަށް އުފެދި ކުޅުން ހުއްޓާލަން ޖެހޭ ދުވަހުގެ އަދަދު ގިނަވަމުން ދާ ކަމެވެ.
މިގޮތަށް ކުޅެވޭ ކުޅުމުގައި ދިމާވާ މައްސަލަތަށް އަމިއްލައަށް ހައްލުކުރަން ނޭގުމުން ރަސްމީ މެޗްތަކުގައި ޓީމް ކޮންޓްރޯލް ކުރަން ނޭނގުމެވެ. އެގޮތުން މިއަދާ ހިސާބައް އައިއިރުވެސް ލަންދޫޓީމުން މިމައްސަލަ ވަނީ ކުރިމަތިވެފައެވެ. މިއީ މިހާރު ކުޅޭންދާ ކުޅުންތެރިން ފުންކޮން ވިސްނަން ވެއްޖެ ކަމެކެވެ. އަޅުގަނޑު ދެކޭގޮތުގައި ފުޓްބޯޅައިގާ ކުރިއަރާދާން ބޭނުންނަމަ ތިމާގެ ޑިސިޕްލީން ރަނގަޅުވާން ޖެހެއެވެ.
އަޅުގަނޑު ދެކޭގޮތުގައި ފުޓްބޯޅައިގެ ބަލިފަޔަކީ ރުޅި އައުމެވެ. ނަމަވެސް ބައެއް ކުޅުންތެރިންނަށް އެކަން ޤަބޫލު ނުކުރެވެނީ ބާއެވެ. ނޫނީ ބަލިގަބޫލް ކުރަން އުނދަގޫ ވަނީ ބާއެވެ. ހަމަގައިމުވެސް ފުޓްބޯޅައިގައި ބަލިވާތަންވެސް އަންނާނެއެވެ. ރުއަންނަން ޖެހޭ ތަންވެސް އަންނާނެއެވެ. ނަމަވެސް މޮޅު ގޮތަކީ ރުޅިއަންނަ ހިނދު ރުޅިކޮންޓްރޯޅް ކުރުމެވެ. ނަމަވެސް މިކަން ދަނޑުމަތީގައި ނުފެންނަކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
ލަންދޫގައި މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ތިބިކަންފާހާގަ ކުރާހާލު މިފަދަ ކަންތައް މަދުރުމަށް އަމިއްލައަށް މަސައްކަތް ކުރުން އެއީ އެފަދަ ކުޅުންތެރިންގެ ކުޅުމަށް އިތުރު ކުރިއެރުމަކަށް ނޫނީ ނުވާނެއެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ލަންދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ 2 ވޮޗަރުން ހޯދުމަށް މިއަދު އިޢުލާން ކޮއްފި
٠١:٠٢
އެޑްމިން
ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ސަރުކަަރުން ހަމަޖައްސަވާ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ފަރާތަކާއި ހަވާލުކުރެވެންދެން، ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން އެއޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ ދެވޮޗަރުން ހޯއްދުމަށް އިޢުލާން ކޮއްފިއެވެ. އެއޮފީހުގެ އިޢުލާން ނަމްބަރ 13/2010 (22 މަރޗް 2010) ގައި ވާގޮތުން އެމަޤާމަށް ހަމަޖެހޭ 2 ވޮޗަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑިއުތީ އުސޫލުން ކޮންމެ ދުވަހަކު ހަވީރު 4:00 ން ހެނދުނު 8:00 ށް އެވެ. މިމަޤާމުގެ މުސާރައަކީ މަހަކު -/2790 (ދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) އެވެ. އަދި ހަމައެހެންމެ ސަރވީސް އެލަވަންސް ގެ ގޮތުގައި މަހަކު -/900 (ނުވަސަތޭކަ ރުފިޔާ) ދެވޭނޭ ކަމަށް އެއޮފީހުގެ އިޢުލާންގައި ވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން ލަންދޫ އޮފީހަށް ހުށައެޅުން އެދެމެވެ.
ކެޓަގަރީ
އިޢުލާން
ލިޔުނީ
އެޑްމިން
އާރު އެލް ބީ ހޮލިޑޭ ކަޕް 2010
٠٢:١٩
އެޑްމިން
ލަންދޫގެ ތަރީހުގައި ފުރަތަމަ ފަހަރަށް ސްޕޮންސަރ ކޮއްގެ ބާއްވާ ހޮޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނޭ ތާރީހެއް 17 މާރޗް 2010 ވީ ބުދަދުވަހުގެ ރޭ ބޭއްވި ލިޔެސް ޖަމްއިއްޔާގެ އާންމު މެމްބަރުންގެ ބައްދަލުވުމުން ފާސްކޮއްފިއެވެ. އެބައްދަލުވުމަށް ޙާޒިރުވި މެމްބަރުންގެ ފުރިހަމަ އަޤުލަބިއްޔަތުން ފާސްވީ މިއަހަރުގެ ނޮވެމްބަރ މަހުގެ 20 ވާ ހޮނިހިރު ދުވަހު މުބާރާތް ފަށާގޮތަށެވެ.
ހަމައެހެންމެ މިބައްދަލުވުމުގައި މިއަހަރު މިމުބާރާތަށް ޓީމުތަށް އަލުން ބެހުމާމެދު މެމްބަރުންގެ ވޯޓަކަށް އެދުމުން އެގޮތަށް އެކަން ވަނީ ފާސް ނުވެފައެވެ. މިބައްދަލުވުމުގައި ހޮލިޑޭ ކަޕް ގެ ޤަވާއިދަށް ވަނީ އިސްލާހު ތަކެއް ހުށައެޅިފައެވެ. އެގޮތުން ރަށުން ބޭރު ކުޅުންތެރިން ޓީމުތަކުގައި ހިމެނޭ އަދަދު 3 ން 4 އަށް ވަނީ އިތުރު ކުރުމަށް ފާސްވެފައެވެ. އަަދި ހަމައެހެންމެ މިގެކުރިން އެއްފަހަރާ ރަށުންބޭރު 2 ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް އޮތް އޮތުން ވަނީ 3 ކުޅުންތެރިންނަށް ބަދަލުކޮއްފައެވެ. މީގެ އިތުރުންވެސް ބައެއް އިސްލާހުތަށް ހުށެއެޅުނެވެ. އެހެން ކަމުން މިބައްދަލުވުމުގެ ރިޔާސަތުން ނިންމީ އިތުރު ބައްދަލުވުމަކަށް ގޮސްގެން ޤަވާއިދު އިސްލާހުކުރާގޮތަށެވެ.
އެހެންކަމުން މިފަހަރުގެ ހޮލިޑޭ ކަޕްގެ ޤަވާއިދަށް ގިނަބަދަލުތަކެއް އައުން އެކަށީގެން ވެއެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ދެން ރަށުންބޭރު ޓީމަކާއި ދެކޮޅަކަށް ނުކުޅޭނަށް
٠٢:٢٩
އެޑްމިން
އެންމެފަހުން ލަންދޫގައި ކުޅެވުނު އެކުވެރިކަމުގެ މެޗަށްފަހު ލަންދޫގެ ނޭޝަނަލް ޓީމުގެ އެއްވެސް މެޗެއްގައި މީގެ ފަހުން ނުކުޅޭނެ ކަމަށް އެމެޗްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މިރަށު އޯކިޑްމާގެ ސަހީމް އިބްރާހިމް (ބެއްރި) ހާމަކޮއްފިއެވެ.
މިމެޗަށް ތައްޔާރުވުމަށްޓަކައި ޓީމުގެ ކުޅުންތެރިންނަށް ބޭއްވި ބައްދަލުވުމަށް ފަހު އޭނާ ބުނީ މިމެޗްގައި ކުޅެން ނާރުވަފި ނަމަ ދުވަހަކުވެސް ލަންދޫގެ ފުޓްބޯޅަ ޓީމަށް ނުކުޅޭނެ ކަމަށެވެ.
ފުލުހުންގެ ޓީމުތަކާއި ދެކޮޅަށް ކުޅޭހިތްވާ ބެއްރި ބުނީ މީގެ ކުރިން މިދިޔަ އަހަރުވެސް މަނަދޫގެ ޕޮލިސް ސްޓޭޝަނާއި ދެކޮޅަށް ކުޅުނު މެޗްގައިވެސް އޭނާ އަށް ކުޅުމުގެ ފުރުޞަތު ނުލިބުނު ކަމަށެވެ.
ފުޓްބޯޅަ ދަނޑުގައި ސެންޓަރ ފޯވާޑަށް ކުޅެމުން އަންނަ ބެއްރި ބުރީ އޭނާ ލަންދޫ ޓީމަށް ކުޅުން ހުއްޓާލި ނަމަވެސް އޭނާގެ ކުލަބް ވެލޯސިޓީގެ ޓީމުން ކުރިޔަށް އޮތްތަނުގައިވެސް ފެނިގެން ދާނެކަމަށެވެ.
ކެޓަގަރީ
މީހުން
ލިޔުނީ
އެޑްމިން
ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ
٠٠:٥٧
އެޑްމިން
އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ހދ.ހަނިމާދޫގައި ކުރިޔަށް ގެންދާ " ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ " ކޯހުގައި ބައިވެރިވާން ލަންދޫއަށް ލިބުނު އިތުރު ފުރުޞަތެއްގައި މިކޯހަށް ފޮނުވި ލިޔެސްގެ ހަރަކާތްތެރި މެމްބަރ ނ.ލަންދޫ ބުލޫކިޔާގެ އަބްދުﷲ އާރިފް ( އާރިއްޕޭ ) މިކޯހުގެ ދެވަނަބުރަށް ފާސްވި ކަމުގެ މަޢުލޫމާތު އާމަގު.ޓީކޭ އަށް ލިބިއްޖެއެވެ.
ޖުމްލަ 25 ބައިވެރިން ހިމެނޭ މިކޯހުގައި ލަންދޫއިން ދެން ބައިވެރިވީ ބަރާބަރުގެ އައިޝަތު އަޒިމާއެވެ. ނަމަވެސް މިކޯހުގެ ފުރަތަމަ ބުރުން ފާސްވި ބައިވެރިންގެ ތެރޭގައި އަޒީމާ ނުހިމެނޭ ކަމަށްވެސް ވަނީ މަޢުލޫމަތު ލިބިފައެވެ. ހުރިހާ ބައިވެރިންގެ ތެރެއިން މިކޯހުގެ ފުރަތަމަ ބުރުން ފާސްވީ 17 ބައިވެރިން ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭގެތެރޭގައި މިއަތޮޅުގެ ކެނދިކުޅުދޫއިން ބައިވެރިވި 2 ބައިވެރިންވެސް ހިމެނެއެވެ.
މިކޯސް އަންނަ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ކުރިއަރަމުން އަންނަ ޑިފެންޑަރ
٠١:٤٣
އެޑްމިން
މިހާރު ލަންދޫގައި އެންބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅުންތެރިއަކީ ފުޓްބޮޅަ ދަނޑުގައި މާކަރަކަށް ކުޅެމުން އަންނަ ލަންދޫ ފިނޮޅު ހަސަން މާހިރު (މާޓީން) އެވެ. އެކަން ލަންދޫގައި ފުޓްބޯޅަ ކުޅެންދާ ގިނަޒުވާނުންގެ ދޫތަކުން ދަނީ ހާމަ ކުރަމުންނެވެ.
މިއީ ހަމަގައިމުވެސް މާޓިންގެ މަސައްކަތާއި ހިތްވަރުގެ ނަތީޖާއެވެ. މިހާރު ލަންދޫ ޓީމުގެ ޑިފެންސް ލައިން އަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރު އެއް ޑިފެންޑަރީ މާޓިން ކަމާމެދަކު ޝައްކެއްނެތެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ.
މީގެކުރިން މާގިނައިން ފުޓްބޯޅަ ދަނޑުން ނުފެނުނުނަމަވެސް މިހާރަކަށް އައިސް އެންމެ ކުރިން ގަޑިއަށް ދާ ކުޅުންތެރިންގެ ތެރޭގައި މާޓިން ފާހަގަ ކުރެވެއެވެ. މާޓިން އެންމެބޮޑަށް ފާހަގަ ކުރެވެނީ އެހެންމީހުންނާއި ގުޅިގެން ކަންކަމުގައި ލީޑް ކުރާ ޒުވާނެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ލަންދޫ ފުޓްބޯޅަ ޓީމުގެ އޮފިސަލުން ތެރޭގައިވެސް ހަރަކާތް ތެރިވެފައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮއް ރަށުގައި ބާއްވާ ސަޤާފި ވަރަށް ގިނަ ހަރަކާތްތަކެއްގެ އިސް ސަފުހާ މާޓިން ހިމެނެއެވެ.
މިފަހަކަށް އައިސް ލަންދޫގައި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްތަކަށް ޒުވާނުންގެ ޓީމް ތައްޔާރުކުރުމުގައި އެންމެ އިސްކޮއް މަސައްކަތް ކުރާ އެކަކީ މާޓިން އެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ރަށުންބޭރު ޓީމަކާއި އެކު ކުޅެވުނު ފުރަތަމަ މެޗްގެ ކެޕްޓަން ކަމާއި ދާދި ފަހުން ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ޓީމާއި ދެކޮޅަށް ނުކުން ޒުވާނުންގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މާޓިންވަނީ ކޮއްފައެވެ.
މިމެޗްތަކަށްފަހު މާޓީންގެ ހުނަރުތަށް އިތުރު ވަމުން އަންނަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ހަމަގައިމުވެސް މިހާރު މާޓިންގެ އުއްމީދަކީ ލަންދޫގެ ނަމްބަރ 1 ޓީމަށް ކުޅެ ރަށަށް ރީތިނަން ހޯދައިދިނުން ކަމުގައި ނޫނީ ނުވާނެއެވެ. އަޅުގަނޑު އެދެނީ މާޓިން އަށް ފުޓްބޯޅައިގައި އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.
ކެޓަގަރީ
މީހުން
ލިޔުނީ
އެޑްމިން
އަނެއްކާވެސް މަދިރީގެ އުނދަގޫ
١٩:٣٩
އެޑްމިން
ލަންދޫއަކީ އާބާދީ 1000 އަށް ގާތްކުރާވަރަށް މީހުން އުޅޭ ބިންބޮޑު ރަށެއްކެވެ. އަދި ހަމައެހެންމެ މިރަށަކީ މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ވާ ބޮޑު ރަށެކެވެ. އެހެންކަމުން މިހާރަކަށް އައިސް އަނެއްކާވެސް މިރަށުގައި އާދަޔާ ހިލާފަށް މަދިރި ގިނަވަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މަދިރިއަކީ ނުރައްކާތެރި އެތަށް ބަލިތަކެއް އޭގެ ސަބަބުން އިންސާނުންނަށް ޖައްސުވާ އެއްޗަކަށް ވާހިނދުވެސް އެފަދަ ކަމެއް ފެތުރެއް ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން މިކަމާއި ދޭތެރޭ ވިސްނަން ފެށުން އަދި ތަންކޮޅެއް އަވަހީ ބާއެވެ.
"ހުންހައުމުގެ ކުރިން ރަޖާލާށެވެ." ބުނެއުޅޭ ބަހަކީ ބުރަދަނެއްވާ ބަހެއްކަމުގައި ޤަބޫލު ނުކުރެވެނީ ބާއެވެ. މީގެ ކުރިންވެސް މިރަށުގައި މަދިރި ގިނަވުމުގެ ސަބަބުން މިކަމާއިބެހޭ މުއާސަސާތަކުން ވަނީ މަދިރި ކޮންޓްރޯލް ކުރުމަށް އެކިފަރާތްތަކާއި ގުޅިގެން މަސައްކަތްތަކެއް ކޮއްފައެވެ. ނަތީޖައެއްގެ ގޮތުން މިމައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެ އޭރު ލިބުންކަންވެސް ފާހަގަ ކުރަމެވެ.
އަޅުގަނޑު ޤަބޫލްކުރާގޮތުގައި މިފަދަ ޕްރޮގްރާމްތަށް ބޭއްވުމުގެ ވަގުތު މިވަނީ އައިސް ޖެހިފައެވެ.
ބައްޔެއް ޖެހުމުން ބަލިން ރައްކާތެރިވުމަށް ވުރެ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.
ކެޓަގަރީ
މަގޭ ރިޕޯޓް
ލިޔުނީ
އެޑްމިން
މިއަހަރު ކުޅެވޭ އެކުވެރިކަމުގެ 3 ވަނަ ފުޓްބޯޅަ މެޗް
٢٣:٣٥
އެޑްމިން
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރ.އަތޮޅުގައި މަސައްކަތް ކުރަމުންދާ ފުލުހުންގެ ޓިމަކާއި ލަންދޫގެ ޒުވާނުންނާއި ދެމެދު އަންނަ ބުރާސްފަތި ދުވަހު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅުމަށް ވާހަކަ ދެކެވެމުން އެބަދެއެވެ.
މިމެޗް ވެގެންދާނީ ލަންދޫ ފުޓްބޯޅަ ދަނޑުގައި މިއަހަރު ރަށުންބޭރު ޓީމުތަކާއި ދެކޮޅަށް ކުޅެވޭ 3 ވަނަ މެޗަށެވެ. މީގެ ކުރިން ކުޅެވުނު 2 މެޗުންވެސް ލަންދޫ ޓީމްވަނީ ބަލިވެފައެވެ. އެގޮތުން މިއަހަރު ފުރަތަމަ ލަންދޫ ޒުވާނުންނާއި ހެނބަދޫ ޒުވާނުންނާއި ދެމެދު ކުޅުނު މެޗް 3-1 ނަތިޖާއަކުން ބަލިވި އިރު މިދިޔަ ހުކުރު ދުވަހު ލަންދޫ ސްކޫލާއި މަނަދޫ ސްކޫލްގެ ޓީމް ބައްދަލުކުރި މެޗުން ލަންދޫ ބަލިވެފައި ވަނި 4-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މިމެޗަކީ މިކަން ބަދަލުކޮއްލުމަށް ލިބިގެންދާނެ ފުރުޞަތެކެވެ.
މިފަހަކަށް އައިސް ލަންދޫ ޓީމްގެ ފަރާތުން ފާހަގަ ކުރެވޭ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިންގެ ބުންބަރުގެ މަސައްލަ ކަމަށް ވާތީ ކުރިޔަށް އޮތްތަނުގައި މިކަމަށް ވިސްނަންޖެހެއެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ނ. ލަންދޫ ކްރައިމް ޕްރިވެންސަން ކޮމިޓީ ކޮބާ؟
٢٠:٢٥
އެޑްމިން
ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދުކުރުމަށް ނ.ލަންދޫގައި އެކުލަވާލި ކްރައިމް ޕްރިވެންޝަން ކޮމެޓީ 29 އޮކްޓޯބަރ 2009 ގައި ވަނީ އިފްތިތާހު ކޮއްފައެވެ. މިކޮމެޓީގެ ޗެއަރމަން އަކީ ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުއްﷲ އަބުދުއް ރައްޒާގެ އެވެ. މިކޮމެޓީގެ ވައިސް ޗެއަރމަން އަކީ ނ.ލަންދޫ އަރާއިރު އަބުދުއްﷲ އާމިރު އާއި ކުޑަ ކަތީބު އަބުދުއްނާސިރު އަލީ އެވެ.
ޖުމްލަ 12 މެމްބަރުން ހިމެނޭ މިކޮމެޓީގެ މަޤުސަދަކީ ޕޮލިސް ސްޓޭޝަން ނުހުންނަ ރަށްރަށުގައިވެސް ކުއްކުރުން މަދުކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހުއާލާކުރުމާއި އަދި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި އެވަގުތަކަށް ފުލުހުންގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިތޯބަލާ އެކަންކަން ފުލުހުންނަށް ހުށަހަޅައިގެން ފުލުހުންނާއި ގުޅިގެން ކުށްކުރުން މަދުކުރުމަށް މަސައްކަތްކުރުމެވެ.
މިއަދާއި ހަމައަށް އައި އިރު ލަންދޫގައި މިފަދަ ކޮމެޓީއެއް އުފައްދާފައިވާކަން އެނގެނީ ކިތައް މީހުންނަށްބާއެވެ. ހަމަގައިމުވެސް ޒުވާނުންގެ ތެރެއިން ގިނަބަޔަކަށް މިކޮމެޓީ މިރަށުގައި އުފައްދާފައި ވާކަމެއް ނޭނގެއެވެ. ބުނަން މިއުޅެނީ އެފަދަ ކޮމެޓީއެއް މިރަށުގައި އުފެދިފައި އޮތް އިރު ރަށުގައި ހިނގަމުންދާ ކުއްތައް މިކޮމެޓީއިން ބަލަމުން ދޭބާއެވެ. ބަލަމުންދާ ނަމަ އެފަދަ ފަރާތްތަކުން ކުރާކަންތައްތައް ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭބާއެވެ.
މިކޮމެޓީގެ މެމްބަރުންގެ މިފަދަ ކުއްތައް މަދުކުމުގައި އެފަރާތްތަކުގެ ބައިވެރިވުން ލިބެމުންދާނެކަމަށް ބުނެފައިވާ ހިނދު އެކަން އަމަލީ ގޮތުން ފެންނަމުން ދޭބާއެވެ. މިކޮމެޓީ އުފެއްދެވިފަހުން މި ލަންދޫގައި ކުއްތަކެއް ހިނގާދިޔަ ކަމަށް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ ބާއެވެ. ހަމަގައިމުވެސް ކުށެއް ހިނގާދިޔަކަށް އެނގޭ ފަރާތެއް ހަމަގައިމުވެސް މި ކޮމެޓީގައި ވާނޭކަން ޔަޤީނެވެ. އެފަދަ ކުއްތަކަކީ މާބޮޑު ކަމަށްކަށް ނުވާނަމަ މިކޮމެޓި އުފެއްދުމުގެ މަޤްޞަދާއި މެދު ސުވާލުއުފެދެއެވެ. މިފަދަ ކަންކަން މިހާ ދޯދިޔާކޮން ދިޔުން އެއީ ކުއްކުރާ މިހުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް އަޅުގަނޑު ދެކެމެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ލަންދު ސްކޫލްގެ ފުޓްބޯޅަ ލީގުގެ ފުރަތަމަ މެޗް
٢٠:١٣
އެޑްމިން
ކުލަގަދަ ރަސްމިއްޔާތަކަށްފަހު ލަންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ ލީގު 2010 އިއްޔެ ފަށައިފިއެވެ. ލީގު ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރެހެންދީ ހައުސް އާއި ދޮށިމޭނާ ހައުސްގެ ޓީމެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ކުރިހޯދީ ރެހެންދީ ހައުސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ އައްލާމްއެވެ. ނަމަވެސް މިލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް ލަނޑެއްޖަހާ މެޗްގެ ނަތީޖާ ވަނީ ހަމަހަމަ ކޮއްފައެވެ.
މިލަނޑަށްފަހު ދޮށިމޭނަ ހައުސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިރުތަކެއްނުވެ ދޮށިމޭނާ ހައުސްގެ މުހައްމަދު މުނަންވަރު (ޖޯޒީ ނަމްބަރ 8) ވަނީ އިތުރު ލަނޑެއްޖަހާ މެޗްގައި ފުރަތަމަ ފަހަރަށް ދޮށިމޭނާ ހައުސްއަށް ލީޑް ހޯދަދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-2 ން ދޮށިމޭނަ ހައުސް ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފުގައިވެސް މޮޅަށްކުޅޭ ގިނަ ހަމަލާތަށް އުފައްދަމުންދިޔައީ ދޮށިމޭނާ ހައުސް އިންނެވެ. އެގޮތުން ދެވަނަ ހާފުގައި އެތީމުވަނީ އިތުރު 3 ޖެހުމަށްފަހު މެޗްގެ ނަތިޖާ 5-1 ށް ބަދަލުކޮއްފައެވެ. މިތިންގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބު ކޮއްދިނީ އެހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ. އަނެއްލަނޑު ކާމިޔާބު ކޮއްދިނީ މުހައްމަދު މުނަންވަރުއެވެ.
މެޗް ނިމުމުން މެޗްގެ މޮޅުކުންގެރިޔާއަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮއްފައެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ 3 ގޯލްޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ލަންދޫސްކޫލްގެ ފުޓްބޯޅަ ލީގު 2010 ފެށެނީ
٠١:٢٨
އެޑްމިން
ޒުވަނުންގެ ފުޓްބޯޅަ ޓީމް ބަލިކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގައި ލަންދޫ ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ ލީގް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިއަދާއި ހަމައަށް އައިއިރު ބައެއް ހައުސް ތަކުން ދަނީ ރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ކޯޗުކަމުގެ ދަށުން އެހައުސްތަކުގެ ޕްރެކްޓިސް ކުރަމުންނެވެ.
އެގޭތެރޭގައި ފާހަގަ ކޮއްލޭ ކޯޗުންނަކީ ނިމިގެން ދިޔަ އަހަރުގައިވެސް ހައުސް ތަކަށް ކޯޗްކަން ކޮއްދީފައިވާ ތަޖުރިބާކާރު ކޯޗުންކަން ފާހަގަ ކޮއްލެވެއެވެ. އޭގެ ތެރޭގައި ހުނަރުވެރި ފޯވާޑް ހުސައިން ޖަވާދު (ޖަވާ) އާއި މަޝްހޫރު ޑިފެންޑަރ ހަސަން މާހިރު (މާޓިން) ފާހަގަ ކޮއްލެވެއެވެ.
ހައުސް ތަކުގެ ކުޅުންތެރިނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިފަހަރުގެ މުބާރާތަށް އެ ހައުސްތަކުން ވަރަށް ފުރިހަމައަށް ތަްޔާރުވަމުންދާކަށް ވަނީ އެނގިފައެވެ. ނަމަވެސް އެއްހައުސްއަށް ކޯޗަކު ލިބުމުގެ ދަތިކަން އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ.
ލަންދޫ ސްކޫލުގެ ދަރިވަރުންގެ ޖަމްއިއްޔާގެ އިންޗާރޖް ޔޫސުފް އަބްދުއްރަހީމް (ޔޫއްޓޭ) ގެ މަޢުލުމާތު ދިން ގޮތުގައި މިފަހަރުގެ މިލީގުގެ މެޗްތަށް ކުރިޔަށް ގެންދިއުމަށް ގަސްތުކޮއްފައިވަނީ މުޅިއަހަރުދުވަހަށް ބަހާލައިގެންނެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައިވެސް ވާދަކުރާނީ ސްކޫލުގައި އޮތް 3 ހައުސް ކަމަށްވާ ރެހެންދީ ހައުސް އާއި ސިއްތިމާވާ ހައުސް އަދި ދޮށިމޭނޭ ހައުސްގެ ޓީމެވެ.
ސްކޫލުގައި މިހާރި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލައި މިފަހަރުގެ ލީގް ކުޅުމަށް ސްކޫލްގެ ފުޓްބޯޅަ ދަނޑުގެ އިތުރުން ގޯލްވެސް ވަނި ކުޑަކޮއްފައެވެ.
މިފަހަރުގެ މުބާރާތުގައި މޮޅުކުޅުމެއް ފެންނާނެ ކަމަށް ގިނަބަޔަކު ފާހަގަ ކުރާ ކުޅުންތެރިންގެ ތެރޭގައި އަހްމަދު އާޒިމް (ދަވާދޭ) ، ހަސަން ނިޝާން (ދަޅު) ، މުހައްމަދު ނަފްސާން އަދި އިބްރާހިމް އަޒީމް (ނަފީ) ފަދަ ކުޅުންތެރިން ފާހަގަ ކޮއްލެވެއެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
ސްކޫލަށް ދާހިތް ނުވަނީ ކީއްވެ؟
٢٣:١٩
އެޑްމިން
މިއީ މިހާރު ވިސްނަންވެއްޖެ ކަމެކެވެ. ޅައުމުރުގައި ތަޢުލީމް އުނގެނުމާއި ދުރަށް ކުދިން ދިއުމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް ބާއެވެ. އެޒިންމާ ނަގަންވީ މަދަރުސާ ތަކުންތޯއެވެ. ނޫނީ ބެލެނިވެރިން ތޯއެވެ. ހަޤީގަތުގައިވެސް މިއީ މިހާރު ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ. މިތަޢުލީމީ ޒަމާނުގައި ތަޢުލީމުގެ މުހިންމުކަން ޙަޤީޤަތުގައިވެސް އެކުދިންނަށް ނުވިސްނެނީ އެވެ.
މިހާރަަކަށް އައިސް ބައެއްކުދިން ސްކޫލަށް ނުގޮސް ރަށުތެރޭގައި ގިނަވެގެން އެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފަހަރެއްގައި އެއީ ތަރުބިއްޔަތުކުރުމުގެ މައްސަލައަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. މިކަމާއި ގުޅިގެން އެފަދަ ކުދިންނާއި ވާހަކަ ދައްކާލުމުން ބައެއްކުދިން ބުނަނީ ސްކޫލަށް ނުދަނީ އެހެން ކުދިންގެ ކިޔެވުމަށް ބުރޫ އަރަމުންދާތީކަމަށެވެ. މާނައަކީ ގޮސްފިނަމަ ކްލާހުގައި މަޑުން ނީންދެވޭތީކަމަށެވެ. އަނެއްބައި ކުދިން ސްކޫލަށް ދާހިތް ނުވާކަމަށް ބުނާ ސަބަބެއްކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރާއި ނުގުޅޭ ކުދިންތަކަކާއި އެއްކުލާހެއްގައި ކިޔަވަން ޖެހުމެވެ.
މިގޮތަށް ސްކޫލަށް ނުދާ ދަރިވަރުންގެ ފަރާތުން ފާހަގަ ކުރެވޭ އެއްކަމަކީ މިފަދަ ކުދިންނަކީ އަޙުލާޤީ މައްސަލަތަކުގައި ތަކުރާރުކޮއް ސްކޫލުގެ އިދާރާއަށް މަސައްލަތަކުގައި ގެނެވޭ ކުދިންކަމެވެ.
މިހާރަކަށްއައިސް މިފަދަ ކުދިން މުޖުތަމަޢުތެރޭގައިކުރާ ތަފާތު މަސައްކަތްތައްކުރަމުން ދާތަންވެސް ފެންނަމުންދަނީ ކީ މަދަކުންނޫނެވެ. އެގޮތުން ވެލިގެނައުމައި އިންޖީނުގޭގެ ފީފާތައް އުފުލުމާއި ފިހާރަތަކަށް މުދާ އުފުލުމާއި ރުކުއެޅުންފަދަ ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދަނީކީ މަދަކުންނޫނެވެ. ހަމައެއާއި އެކު މިފަދަ މަސައްކަތްތަށް އެކުދިން ކުރަމުންދަނީ ފައިސާ އަށް ކަމަށް ވާތީ އެކުދިން އެފައިސާއިން ކުރަމުން އެދަނީ އެދޭ ޚަރަދުތަކެއްތޯ ބަލަމުން ދަނީ ކިތަށް ބެލެނިވެރިންތޯއެވެ.
މިއީ މިފަދަ ކުދިންގެ މައިން ވިސްނާލަން ވެއްޖެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ތިމާގެ ދަރި ގޯސްމަގަކުން ދިއުމަކަށް ނޭދޭ އިރު އެފަދަ ކުދިން ރަނގަޅުމަގަށް އެޅުވުމަށް މަސައްކަތް ނުކުރަނީ އެކަމާ ހިތާމަ ކުރަމެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ދިވެހި ވެށި ޙިމާޔަތްކުރެވޭނީ ދިވެހިންގެ މަސައްކަތުން
٠٠:٤٧
އެޑްމިން
ލިޔުނީ؛ މުހައްމަދު ހިނީފު / ކ. ކާށިދޫ
އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެށްޓެވެ. ވެށްޓެއް ނެތްތަނެއްގައި ދިރުމެއް ނުވާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ވެށްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީއެވެ. ރަނގަޅު ސާފު ވެށްޓެއް ނެތްނަމަ އެއީ ޤައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ކުދި ޖަޒީރާ ޤައުމުތަކެވެ.
އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ ކޮންމެ މީހަކަށް ވެސް އެނގޭނެ ފަދައިން ވެށްޓެވެ. ވެށްޓެއް ނެތްތަނެއްގައި ދިރުމެއް ނުވާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ ވެށްޓަކީ އޭގައި އެތަކެއް ދިރުންތަކެއް ދިރިއުޅެމުން ދާ ތަނެއް ކަމުގައި ވާތީއެވެ. ރަނގަޅު ސާފު ވެށްޓެއް ނެތްނަމަ އެއީ ޤައުމެއް ނެތިދިޔުމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކީން ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ކުދި ކުދި ޖަޒީރާ ޤައުމުތަކެވެ.
ވެށި ޙިމާޔަތް ކުރެވޭނީ ނުވަތަ އެހެންވެސް ތަނެއް ޙިމާޔަތްކުރެވޭނީ ހަމަ އެތަނެއްގެ ވެރި، އެތަނެއްގައި ދިރިއުޅޭމީހުންނަށެވެ. ހަމަ މި ބީދައިން ދިވެހި ވެށި ޙިމާޔަތް ކޮށް ދެމެހެއްޓޭނީވެސް މި ރަންހާރުގެ މައްޗަށް އެކުލެވިގެންވާ ރަށްތަކުގެ މީހުނަށެވެ. މީގެ މިސާލެއްގެ ގޮތުން އަޅުގަނޑުމެން އުޅޭ ކޮޓަރިތަކަށް ބަލައިލަމާތޯ އެވެ؟ އަޅުގަނޑުމެން އެތަނަށް ކުނި އެޅީމާ ހަމަ އެ ކުނި ކޮޅު ގިނަފަހަރަށް ނަގަންޖެހިފައި އޮންނަނީ ޚުދު ތިމާއެވެ.
މިއަދު ދުނިޔޭގެ ސައިންސްވެރިން ކަންބޮޑުވާ އެންމެ ބޮޑު އެއްމައްސަލައަކީ ތިމާވެށީގެ މައްސަލައެވެ. ސަބަބަކަށް ވަނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ ޤުދުރަތީ ބޮޑެތި މައްސަލަތަކެވެ. ޖައްވު ހޫނުވުމާއި އޯޒޯން ފަށަލަ ތުނިވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ބޮޑެތި މައްސަލަތަކެވެ. މީގެ ހިތި ރަހަ ވަނީ ދިވެހީންނާ ވެސް ކުރިމަތިލާން ޖެހިފައެވެ. ރާއްޖެތޭރޭގެ ބައެއް ރަށްރަށުގެ ރައްޔިތުން މިވަނީ އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ކަރުނަޔާއެކު އެހެން ރަށްރަށް ހިޖުރަކުރަންޖެހިފައެވެ. އެހެންކަމުން މިގޮތަށް ކަންތައްތައް ދިގުލައިގެން ހިނގައްޖެނަމަ ރާއްޖޭގެ އާބާދީގެ ބޮޑުބައި ހިއްސާ ކުރާ އަތޮޅުތަކުގެ މީހުން ހަމަ ޔަޤީނުންވެސް ބަދަލުކުރާނެ ތަނެއް ނު އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ވެށްޓަކީ ވަރަށްވެސް ނާޒުކު ވެށްޓެކެވެ. އަޅުގަނޑުމެންގެ ރާއްޖެ މިވަނީ ޖޯގްރަފިކަލް ގޮތުން ދުނިޔޭގެ މެދުގައި އަދި ހަމައެހެންމެ ރަށްތައް އެތުރިފައިވާ ގޮތުންނެވެ. ނަމަވެސް މި ކަމުން އަޅުގަނޑުމެންނަށް ފައިދާއެއްވެސް ލިބެއެވެ. އެއީ އަޅުގަނޑުމެންގެ ރާއްޖެ ބޭރުގެ އެހެނިހެން ޤައުމުތަކާ ޚިލާފަށް މޫސުމީ ތަފާތުވުމެއް ނެތުމެވެ. މީގެ ބަދަލުގައި އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރިމަތިލާން ޖެހެނީ އެންމެ ދެ މޫސުމާއެވެ. ވިއްސާރަކުރާ މޫސުމަކާއި ހޫނުމޫސުމެކެވެ.
ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތައް ޙައްލުކުރެވޭނީ އަޅުގަނޑުމެން ދިވެހިން އެއް ރޫޙެއްގައި މަސައްކަތްކޮށްގެންނެވެ. އެ ކަންތައްތައް ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަންޖެހެއެވެ. މިގޮތުން ބަލާލާއިރު ކުނި މެނޭޖްކުރުމަކީވެސް ވަރަށް ބޭނުންތެރިކަމެކެވެ. ކުނި ނައްތާލުމުގެ ހަރުދަނާ ޤަވާޢިދެއް ނެތްނަމަ މިއީ ވަރަށް ވެސް ބޮޑުކަމަކަށް ވެދާނެއެވެ. ވީމާ އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ފުންކޮށް ވިސްނާލުން ވަރަށް ވެސް ބޭނުމެވެ.
ޖައްވު ނުސާފުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޭރުގެ ޞިނާޢީ ކާރުޚާނާތަކުން ދޫކުރާ ވިހަ ދުމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ކާރުޚާނާއެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މި ރޮނގުންވެސް ކުރެވިދާނެ ކަމެއް އެބައޮތެވެ. އެއީ އެ ފަދަ ޤައުމުތަކަށް އެކަން ހުއްޓުވުމަށްޓަކައި ބާރުއެޅިދާނެއެވެ. ނޫނީ އެމީހުންނަށް އެކަން ހުއްޓުވުގައި އެހީތެރިވެ ހިތްވަރުދެވިދާނެއެވެ.
ދުއްވާ ތަކެތިން ބޭރުކުރާ ދުމަކީވެސް ވަރަށް ނުރައްކާތެރި ދުމެކެވެ. މިކަމަކީ މިއަދު އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ. މިކަން އަތޮޅުތަކަށްވުރެން ބޮޑަށް ފާހަގަކުރެވޭނީ ވެރިރަށް މާލެއިންނެވެ. އަޅުގަނޑު ދަންނަވާލަން އޮތްހާވެސް ވާހަކަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް އެއްވެސް ދުއްވާއެއްޗެއް ބޭނުމެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގެ މަދު ރަށެއް މެނުވީ ރަށުގެ ދެ ކޮޅު ނުފެންނަ ރަށެއް ނުއޮންނާތީއެވެ. ކޮންމެއަކަސް މިއީ މިއަދު އަޅުގަނޑުމެންގެ އާދަތައް ހުރިނެތްގޮތް ބައްލަވާށެވެ. އަޅުގަނޑުމެން ކައިރީގައި ހުންނަ ތަނަކަށްވެސް ދަނީ ދުއްވާއެއްޗެއްގައެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަން ވެއްޖެކަމެކެވެ.
އަޅުގަނޑުމެންގެ އާދަތައް ހުންނަގޮތުން ބައެއް ފަހަރަށް ފަޅުފަޅުން ވެލިނަގައި ހެދުމަކީވެސް ވަރަށް ޢާއްމުކަމެކެވެ. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ ކުޑަ ކުޑަ ވެލިކޮޅެއް އުފެދެންވެސް 1000 އަހަރަށް ވުރެ ގިނަދުވަސް ނަގާވާހަކަ އެވެ. އާދެ މިއީ އިންސާނީ ދަރިފަސްކޮޅުގެ 10 ޖީލް އުފަންވެ ދިރިއުޅެ ނެތި ފަނާވާހާ ދުވަހެވެ. މިއީ އަޅުގަނޑު ހެދި ދިރަސާއެއް ކަމުގައި ނުވިޔަސް، މިއީ ކުޅަދާނަ ސައިންސްވެރިން ހޯދާ ބަލައިފައިވާ ކަންތައްތަކެވެ. މިފަދަ ގޮތަކަށް އަޅުގަނޑުމެންގެ އާދަތައް ހުންނަނަމަ މީގެ 100 އަހަރުފަހުން ރާއްޖެދާނީ ކަނޑުގެ އެތައްހާސް ފޫޓެއްގެ އަޑިޔަށް ނޫންބާވައެވެ؟ އޭރުން އެވީ ކިހިނެއްތޯ އެވެ؟ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެނަށް ފޯރުކޮށްދިން އަގުހުރި ތަރިކަ އަންނަން އޮތް ޖީލްތަކަށް ފޯރުކޮށްދިނުމަގައި އަޅުގަނޑު މެންނަށް ވެވުނު ހަމަ އެކަނި ކަމަކީ އެ އަމާނާތަށް ޚިޔާނާތްތެރިވުމެވެ.
ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ރޮނގުންވެސް މިވަނީ ވަރަށް ކުރިއަރައިފައެވެ. ވަކީން ޚާއްޞަކޮށް ފަރުތަކާއި ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކުންނެވެ. އެހެންނަމަވެސް ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ މިއަދު އަޅުގަނޑުމެންގެ ފަރުތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ފަތުރުވެރިކަން ދަށަށް ދާން ފަށައިފި ވާހަކަ އެވެ. އޭރުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިފައިމިވާ ޝަރަފާއި ޤަދަރު އަޅުގަނޑުމެންގެ އަތުން ބީވެގެން ދިޔައީއެވެ.
މިއަދު އަޅުގަނޑުމެންގެ ތިމާވެށްޓަށް ލިބިމުންދާ ގެއްލުންތަކުގެ ސަބަބުން އަސަރު ނުފޯރަނީ ފަހެ ކޮން ރޮނގަކުން ބާވައޭ އަޅުގަނޑުގެ ހިތަށް ވެރިވެގަނެއެވެ. މިކަން މިގޮތަށް ހިނގައްޖެނަމަ އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ވަޠަން ދޫކޮށްފައި ދާންޖެހޭނީ ތިމާވެށީގެ ރެފިއުޖީންގެ ގޮތުގައި އެހެން ކޮންމެވެސް ޤައުމަކަށެވެ. އޭރުން އަޅުގަނޑުމެންގެ އާދަކާދައާއި ޘަޤާފަތަށް ބުރު އަރައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ބަލިކަށިވެދާނެއެވެ.
އެހެން ކަމުން އަޅުގަނޑުގެ މިލިޔުންކޮޅު ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމަށެވެ.
ހާދަބަދަލެއް އިއްޔެއާއި މިޔަދާ ބެލީމާ ފެނިދެޔޭ
މާދަމާދެންވާނެ ގޮތަކަށް ހާދަ ފިކުރެއް ކުރެވެޔޭ
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ލަންދޫ އިންފޯ އެވޯޑް ނައިޓް 2009
٢٣:٥٣
އެޑްމިން
ނ.އަތޮޅުގައި ދެވަނަ އަށް ރަޖިސްޓްރީ ކުރެވުނު އޮންލައިން ނޫސްކަމަށްވާ ލަންދޫއިންފޯގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ރޭ 9:00ގައި ލަންދޫ ސްކޫލްގައި ބާއްވައިފިއެވެ. މިހަފްލާގައި އެވޯޑް ދެވުނު ދާއިރާތަކުގެ ތެރޭގައި ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއިންދޭ އެވޯޑާއި އާންމު ޚިދުމަތުގެ އެވޯޑާއި ލަންދޫގައި ހުރި އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑެވެ.
އެގޮތުން ހިލޭސާބަހަށް މަސައްކަތް ކުރުުމުގެ ދާއިރާއިން ހޮވި އެވޯޑް ލިބުނީ ނ.ލަންދޫ ގުލްބަކާގެ އިބްރާހިމް ދާޢޫދު އަށެވެ. އޭނާ މިއެވޯޑަށް ނޮމިނޭޓް ވެފައިވަނީ ހިލޭސާބަހަށް ބޯކޮށައި ދިނުމުގެ ދާއިރާއިންނެވެ.
އާންމު ޚިދުމަތުގެ އެވޯޑަށް ލިބުނީ ނ.ލަންދޫ ކީރަންމާގެ ހަސަން ޔޫސުފަށެވެ. އޭނާ މިއެވޯޑަށް ނޮމިނޭޓް ވެފައިވަނީ އަމިއްލައަށް ފެނިގެން ރަށުގެ ސާފުތާހިރު ކަމަށް ކުރަމުންދާ ބުރަމަސައްކަތް ތަކުގެ ސަބަބުންނެވެ.
ލަންދޫ އިންފޯގެ އެންމެ ޙާއްޞަ އެވޯޑް ކަމަށްވާ އަހަރުގެ މޮޅުކުޅުންތެރިޔާގެ އެވޯޑަށް 4 ކުޅުންތެރިން ވަނީ ނޮމިނޭޓް ވެފައެވެ. އެއި މުހައްމަދު ސަމާހް (ސަމައްޓޭ) އާއި ނައުޝާދު އ.ރަހީމް (ނާގެ) އާއި ހުސެއިން ޖަވާދު (ޖަވާ) އަދި އަހުމަދު ރަޝީދު (ލައިބް) އެވެ. މިހަތަރު ކުޅުންތެރިންގެތެރެއިން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނ.ލަންދޫ ވިނަރެސް ނައުޝާދު އ.ރަހީމް (ނާގޭ) އެވެ.
މިއެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ނ.މަނަދޫ ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ވެރިން ވަނީ ވަޑައިގެންފައެވެ.
އަންނަ އަހަރު އިތުރު ދައިރާތަކަކުން އައު އެވޯޑްތަކެއް ހޮވުމަށް ގަސްތުކުރާކަމަށް ލަންދޫ އިންފޯ ޓީމުންވަނި އިޢުލާންކޮއްފައވެ. އޭގެ ތެރޭގައި އަހަރުގެ ގިނަގޯލް ޖެހިކުޅުންތެރިޔާގެ އެވޯޑް ފަހަގަ ކޮއްލެވެއެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ލަންދޫ ސްކޫލުގެ ދިވެހި ކުލަބުގެ ފުރަތަމަ ހަރަކާތް ފެށިގެން ކުރިޔަށްއެބަދޭ
٠١:٢٤
އެޑްމިން
ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލްގެ ދިވެހި ކްލަބްގެ ފަރާތުން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އިންްޓަރ ހައުސް މަދަހަ މުބާރާތް އެސްކޫލްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. މި މުބާރާތް ކުރިޔަށް ގެންދަނީ އެސްކޫލްގެ 3 ހައުސްގެ މެދުގައެވެ.
މުބާރާތް ކުރިޔަށް ގެންދަނީ ތަފާތު ތިން އުމުރު ފުރާޔަކަށް ބަހާލައިގެންނެވެ. އެއީ ދޮށީ އުމުރުފުރާ ، މެދު އުމުރުފުރާ އަދި ހަޤު އުމުރުފުރާ އެވެ. ދޮށީ އުމުރުފުރާގައި ހިމެނެނީ ގްރޭޑް 8 ، 9 އަދި 10 ގެ ދަރިވަރުންނެވެ. މެދު އުމުރުފުރާގައި ހިމެނެނީ 5 ، 6 އަދި 7 ގެ ދަރިވަރުންނެވެ. ހަޤު އުމުރުފުރާގައި ހިމެނެނީ ގްރޭޑް 1 ، 2 ، 3 އަދި 4 ގެ ދަރިވަރުންނެވެ.
މި މުބާރާތުގައި މިހާރު ކުރިޔަށްދަނީ ދޮށީ އުމުރުފުރާގެ ކުދިންގެ މަދަހަ ކިޔުމެވެ. އެއަށްފަހު ދެން ކުރިޔަށްދާނީ މެދު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. މެދު އުމުރުފުރާ ނިމުމަށްފަހު ދެން އޮންނާނީ ހަޤު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. ތިން ހައުސްގެ މެދުގައި މުބާރާތް ކުރިޔަށްދާއިރު ކޮންމެ ހައުސްއަކުންވެސް ކޮންމެ ގްރޭޑަކުން ކޮންމެވެސް އެއް ދަރިވަރަކު މަދަހަ ކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ.
ލަންދޫ ސްކޫލްގައި ޖުމްލަ ތިން ހައުސް އޮންނައިރު އެތިން ހައުސްއަކީ ދޮށިމޭނާ ހައުސްއާއި ، ރެހެންދި ހައުސްއާއި އަދި ސިއްތިމާވާ ހައުސް އެވެ. އަދި މިތިން ހައުސްގެ އިތުރުންވެސް ތަފާތު ކްލަބްތަކާއި އެސޯސިއޭސަންތައް އެސްކޫލްގައި ހަރާކާތްތެރިވަމުން ދެއެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ހޮޓެލް ހުރިވަރު ބަންދު ކޮއްފި
٠١:٢٠
އެޑްމިން
ރޭ 12:00 ން ފެށިގެން ލަންދޫގައި ހިންގަމުން ގެންދާ ހަމައެކަނި ހޮޓާކަމަށްވާ ހޮޓެލް ހުރިވަރު ބަންދުކޮއްފިއެވެ. އާންމުކޮށް އެހޮޓަލަށް ގޮސްއުޅޭ ފަރާތަކުން ދިންމަޢުލޫމާތުން އެނގުނު ގޮތުގައި އެހޮޓާ ބަންދުކުރީ ކީރިތި ރަސޫލާގެ އީދުމީލާދީ އާއި ގުޅިގެންކަމަށްވެއެވެ. މިހޮޓާ ދެން ހުޅުވާނީ އަންނަ މާރޗްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވެސް އެހޮޓަލުގައި ހަރުކޮއްފައިވާ ނޯޓުގައި ފާހަގަ ކޮއްފާވެއެވެ.
ހަމަގައިމުވެސް މިކަމުގެ ސަބަބުން އެހޮޓަލުން ޚިދުމަތް ހޯދަމުން ގެންދަވާ ފާރާތްތަކަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
އެމް.ޓޫ އިން ސަބްކޮންޓްރެކްޓަރަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮއްފި
٢٣:٠٤
އެޑްމިން
ލިޔެސްގެ އޮފީސް އަޅާ ބިމުގެ ވަށާފާރު ރޭނުމަށް ކުރި އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށައެޅިފާރާތްތަކުގެ ތެރެއިން އެންމެ ދައްއަގު (-/5999 ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ) ހުށައެޅިފަރާތް ކަމަށްވާ މިރަށު އޮއިވަރު ސަލީމް ހުސެއިން ހިންގަވާ އެމް ޓޫ އިންވެސްޓްމަންޓާއި އެމަސައްކަތް ހަވާލުކުރުމަށް ލިޔެސްގެ ހިންގާ ކޮމެޓީން ފާސްކޮއްފައި ވަނިކޮއް އިއްޔެ ހަވީރު 4:12 ގައި ހޮޓެލް ހުރިވަރުގައި އެމް ޓޫ އިންވެސްޓްމަންޓްގެ ފަރާތުން ސަބްކޮންޓްރެކްޓަރަކާއި އެކު މިމަސައްކަތުގެ އެއްބަސްވުމެއްގައި ސޮއި ކޮއްފިއެވެ
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ގްރޭޑް 10 ގެ ދަރިވަރުން އިތުރު ތަޖްރިބާ ހޯދުމަށް މަނަދުއަށް ގޮސްފި
٢١:٤٣
އެޑްމިން
ލަންދޫ ސްކޫލުގެ ގްރޭޑް10ގެ ދަރިވަރުން ތަޖްރިބާ ދަތުރެއްގައި މިއަދު ހެނދުނު މަނަދުއަށް ގޮއްސިއެވެ. މިދަތުރު ހަމަޖެހިފައިވާ ގޮތުން ފުރަތަމަ އޮންނާނި އަތޮޅުމަދަރުސާގައި ފިސަރީ ސައިންސްގެ ކްލާހެއް ނެގުމެވެ. އެއްއަށްފަހު މެންދުރުފަހު 1:30 ގައި ބޭންކް އޮފް މޯލްޑިވްސްގެ މަނަދޫ ބުރާންޗަށް ގޮސް ދަރިވަރުން ބޭންކުގެ މުޢާމަލާތްތަކާއި ބޭހޭގޮތުން ބޭނުންވާ މަޢުލޫމާތު އަހާ އޮޅުންފިލުވުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މިދަތުރުގައި ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލް ކުރަމުންދާ 10 ދަރިވަރުން ( 9 އަންހެން އަދި 1 ފިރިހެން ) ވަނީމ ބައިވެރިވެފައެވެ. ސްކޫލްގެ ފަރާތުން މިދަތުރުގައި ބައިވެރިވެފައިވަނި ޑިޕުއުޓީ ޕްރިންސިޕަލް އަބްދުﷲ އާމިރު އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ އަހްމަދު ރަޝީދު އާއި ފިސަރީސައިންސް ޓީޗަރ ސަންޖީތް އަދި ކޮމާސް ޓީޗަރ ޕްރޭމްލާލް އެވެ.
ކެޓަގަރީ
ޚަބަރު
ލިޔުނީ
އެޑްމިން
ބާރަ ދުވަސް
١٩:٥٥
އެޑްމިން
ލަންދޫގައި ކާބަފައިންގެ ދުވަސްވަރުންފެށިގެން ފާހަގަ ކުރާ މުނަސަބު ދުވަސްތަކުގެ ތެރެއިން ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް (ކިރީތި ރަށޫލާގެ ޢީދު މީލާދު) މިހާރު މިވަނީ ވަރަށް ކައިރިވެފައެވެ. މިދުވަހާއި ގުޅުވައިގެން ތަފާތު ވައްތަރު ވައްތަރުގެ ކާއެއްޗެއްތި ހެދުމަކީ ޒަމާންވީ އާދައެއް ކަމުގައި ވަނީ ވެފައެވެ.
މިދުވަހާއި ގުޅުވައިގެން މިރަށުގައި ހަދާ އެއްމެ ޙާއްޞަ އެއްޗެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ އަވެލި ރޮއްޓެވެ. ގޮދަންފުށާއި ފެން ބޭނުން ކޮއްގެން ފިހާ މިރޮށި ހުންނަނީ އަދައިގެ ރޮއްޓާއި ހިލާފަށް މުރަނަ ކޮށެވެ. އަވެލި ރޮށި މޮޑުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ދޮންކެޔޮ، ހުނި އަދި ހަކުރު ބޭނުންކުރެއެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ސިނގިރޭޓާއި ނުލާ
٠٧:٤٥
އެޑްމިން
ލިޔުނީ: ގަޓޭ (އަސްލުނަމެއްނޫން)
އަހަރެންނަކީ ސްކޫލު ދައުރުން ފެށިގެން ދުންފަތުގެ ވަބާގައި ޖެހިފައިވާ ޒުވާނަކީމެވެ. އޭރު އަހަރެން އެކަން ކޮއްއުޅުނީ މީހުންނާއި ފިލައިގެންނެވެ. ނަމަވެސް އެތަށްފަހަރެއްގެ މަތިން އަހަރެން ސިނގިރޭޓް ބުއިމުގެ ތުހުމުގައި ސްކޫލްގެ އިދާރާއަށް ވަނި ގެންގޮސްފައެވެ. ނަމަވެސް އަހަރެން އެތައް ދޮގުތަކެއް ހަދައި އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައިރު މިހީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނާލަން އަހަރެންގެ ސިނކުޑިއެއް ބޭނުމެއް ނުވިއެވެ.
އަހަރެންނަކީ ސްކޫލު ދައުރުން ފެށިގެން ދުންފަތުގެ ވަބާގައި ޖެހިފައިވާ ޒުވާނަކީމެވެ. އޭރު އަހަރެން އެކަން ކޮއްއުޅުނީ މީހުންނާއި ފިލައިގެންނެވެ. ނަމަވެސް އެތަށްފަހަރެއްގެ މަތިން އަހަރެން ސިނގިރޭޓް ބުއިމުގެ ތުހުމުގައި ސްކޫލްގެ އިދާރާއަށް ވަނި ގެންގޮސްފައެވެ. ނަމަވެސް އަހަރެން އެތައް ދޮގުތަކެއް ހަދައި އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައިރު މިހީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނާލަން އަހަރެންގެ ސިނކުޑިއެއް ބޭނުމެއް ނުވިއެވެ.
މިވަބާގެ ތެރޭގައި އަހަރެން ވޭތުކުރަމުން ދިޔަ ދުވަސްތަކަކީ ވަގުތީ އުފާތަކެއްކަމުގައި އަހަރެންނަށް އޭރު ނުވިސްނުނީތީ މިއަދު އަހަރެން ހިތާމަ ކުރަމެވެ. ކިޔެވުމުގެ ދުވަސްވަރު ރައްޓެހިންނާއި އެކު މަޖަލުގައި ހޭދަކުރަމުން ދިޔައިރު ތަޢުލީމް އުނގެނުމުގެ މުހިންމުހަން ނުވިސްނުމުގެ ނަތިޖާ ވަރަށްވެސް ހިތްޗެވެ. މިހާރު ކިތަންމެ ހާވެސް އެދުވަސްތަށް އަލުން ގެންނަން ވަރަށް ބޭނުންވެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫންކަން އަހަރެންނަށް މިއަދު ޤަބުލު ކުރަން މަޖުބޫރެވެ
ކެޓަގަރީ
މީހުން
ލިޔުނީ
އެޑްމިން
ހަމަ ރަނގަޅަށްވެސް ޒުވާނުންގެ ފުޓްބޯޅަ ޓީމް ލަދުގަންނަވާލައިފި
١٨:٣٢
އެޑްމިން
ލަންދޫ ސްކޫލްގެ ފުޓްބޯޅަ ޓީމް 2 ހަފްތާގެ ޕްރެކްޓިސް އަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ލަންދޫ ޒުވާނުން ލަދުގަންނަވާލައިފިއެވެ. މިދިޔަ ހުކުރު ދުވަހު ސްކޫލުގެ ފުޓްބޯޅަ ލީގް ފެއްޓުމުގެ ގޮތުން ކުޅެވުނު ޙާއްޞަ ފުޓްބޯޅަ މެޗް ޒުވާނުންގެ ޓީމާއި ވާދަކޮއް ސްކޫލް ޓީމް ކާމިޔާބު ކުރީ 4-3 ން ނެވެ.
މިމެޗްގައި މޮޅަށްކުޅެ މެޗްގެ ފުރަތަމަ ލަނޑުޖެހީވެސް ސްކޫލް ޓީމުންނެވެ. މިލަނޑު ސްކޫލްޓީމަށް ކާމިޔާބު ކޮއްދިނީ ސްކޫލްޓީމްގެ ޖަރޒީ ނަމްބަރ 17 އަހްމަދު އާޒިމް (ދަވާދޭ) އެވެ. މިމެޗްގެ ފުަރަތަމަ ހާފް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
އައު ހެޑްމާސްޓަރ ގެ މޮޅު ތަޤްރީރު
١٨:٠٣
އެޑްމިން
ލިޔުނީ : އަޙްމަދު ދާއޫދު / ލަންދޫ
ހެނދުނުގެ އެސެމްބްލީ ކުރިއަށް ދަނީއެވެ. ހެޑްމާސްޓަރ ގެ ވާހަކަ ފުޅު މެދަކާހިސާބަށް ދިޔަތަނާ ކުދިންތަކުގެ މެދުން ކޮންމެވެސް ކުއްޖަކު މަޑުމަޑުން ބިންމައްޗަށް ތިރިވެއްޖެއެވެ. ޙަލީމާ މިއަދުނޫނަސް ވެއްޓެއެވެ. އެހެން ކަމުން މިއީ އެހާ ބޮޑުކަމަކަށް ނުވިއެވެ. އެތާކައިރީގައި ތިބި ދެކުދިންގެ އެހީއާއި، ކޮންމެވެސް ޓީޗަރެއްގެ އެހީތެރިކަމާއި އެކު ޙަލީމާ ގެންގޮސް ޖެހިގެންހުރި ކްލާސްރޫމަށް ވައްދާފާ މޫނުގައިފެންފޮދެއް އުގުޅާލުމުން ރަގަޅުވެއްޖެއެވެ. ޙަލީމާ ވެއްޓޭ ކޮންމެދުވަހަކުވެސް ކަންހިގަނީ މިބީދައިންނެވެ. ދެ ޑެސްކްފައްތަރު ކޮށްލައިގެން އިރުކޮޅަކު އޮށޯވެ އޮވެލުމަށްފަހު ކްލާހަށް ދަނީއެވެ. އޭރުހުންނާނީ ފުރަތަމަ ގަޑީގެ ދެބައިކުޅަ އެއްބައެއްހާ އިރަށް ވަގުތު ހިނގާފައެވެ
ކެޓަގަރީ
ވާހަކަ
ލިޔުނީ
އެޑްމިން
ލިޔެސްގެ އޮފީސް އަޅާބިމުގެ ވަށާފާރު
٢٣:٣٩
އެޑްމިން
ލަންދޫ ޔޫތް އެންކަރޭޖިންގ ސޮސައިޓީގެ އޮފީސް އިމާރާތް އަޅާ ބިމުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާން ކޮއްފިއެވެ. މިކަމަށްޓަކައި އެޖަމްއިއްޔާއިން ކުރި އިޢްލާން ނަމްބަރ 2010/01 (09/02/2010) ގައިވާގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 11 ފެބުރުއަރީ 2010 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އެޖަމްއިއްޔާގެ އޮފީހުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅަނީ ހަމައެދުވަހުގެ މެންދުރުފަހު 1:00ގައި އެޖަމްއިއްޔާގެ އޮފިހުގައެވެ. އެއިޢުލާންގައިވާގޮތުން މަޢުލޫމާތު ސާފުނުކޮއް ހުށައަޅާ އެސްޓިމޭޓްތައް ބަލައިނުގަންނާނެ ކަމަށްވެސް ބަޔާން ކޮއްފައިވެއެވެ. އަދި ހަމައެހެންމެ މިމަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި އެޖަމްއިއްޔާއިން ފޯރުކޮއްދޭނެ ކަމަށްވެސް އެޢިއުލާންުގައި ވެއެވެ.
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
އަންނަ މާރޗް މަހުގެ 1 ވަނަދުވަހުން ފެށިގެން ލަންދޫ ގޮނޑުދޮށުން ވެލިނެގުން މަނާކުރަނީ
١٩:١٤
އެޑްމިން
ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫލަންދޫގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ ވާހަކައަކީ މިއަންނަ މަހުގެ 1 ވަނަދުވަހުން ފެށިގެން ގޮނޑުދޮށުން ނަގަމުން މިއަންނަ ދޮންވެލި ނެގުން މަނާކުރާވާހަކައެވެ. މިވާހަކަ އެއް ރަށުތެރޭގައި ފެތުރި ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގިނަޢަދަދެއްގެ ވެލި ގޮނޑުދޮށުން މިދުވަސްކޮޅު ނަގަމުން ދާކަން ލަންދޫއިންފޯއަށް ފާހަގަ ކުރެވިގެން މިއީ ކިހިނެތްވެގެން ވާކަމެއްތޯ ބެލުމުގެ ބޭނުމުގައި ރަށުގެ ކައުންސިލަރ އަލްފާޟިލް މަޖުދުﷲ ޢަބުދުއްރައްޒާޤާއި ގުޅާލީމެވެ. އެބޭފުޅާ ވިދާޅުވީ އެކަހަލަ ޚަބަރެއް ރަށުތެރޭގައި ފެތުރިގެން އުޅޭކަމަށާއި، އެއީ ފަހަރެއްގައިވެސް ރަށުއޮފީހުން ވަކިއެއްޗެއް ވަކިމީހަކަށް އަންގައިންގެ ފެތުރިގެން އުޅޭ ޚަބަރެއްނޫންކަމަށެވެ. އަދި ވެލިބަންދުވަނީ އޭ ކިޔާފާ ގިނަޢަދަދެއްގެ ވެލި މިދުވަސްކޮޅު ރަށުގެ ގިނަރައްޔިތުން ތަކެއް ރަށުގެ ގޮނޑުދޮށުން ނަގަމުން ދާކަމުގެ މަޢުލޫމާތު ރަށުއޮފީހަށްވެސް ނުސީދާ ގޮތެއްގައި ލިބިފައިވާކަމަށެވެ
ކެޓަގަރީ
ރިޕޯޓް
ލިޔުނީ
އެޑްމިން
ސޫރަ (ދެވަނަބައި
٠٧:١٥
އެޑްމިން
އެއީ އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެން އަފީއަށް ގުޅީ އެރޭގެ 1:30 އެހާކަށްހާއިރުއެވެ. އަހަރެންގެ ހަމަގުޅާލުމާއި އެކުހެން އަފީ ފޯނުނަގައިފިއެވެ. އަހަރެންގެ ހިތައްއެރިއެވެ. އަނެއްކާ އަހަރެންގެ ހިތަށް މިއަރާފަދަ އެއްޗެއް އަފީގެ ހިތަށްވެސް އަރަނީ ބާއެވެ. ވަރަށް މަޑުމައިތިރި ރާގަކަށް އަހަރެން އަފީ ކައިރީގައި ވާހަކަ އެއް ބުނަން ބޭނުން ވާހަކަ ބުނީމެވެ. މިކަމާއި އަފީހުރީ ވަރަށް ކެތްމަދުވެފައި ކަންވެސް އަހަރެންނަށް ޔަޤިންކުރެވުނީ އަފީގެ ވާހަކަ ދެއްކުމުގެ ރާގަށް އައި ކުއްލިބަދަލުންނެވެ. އަދި އަވަހަށް އެވާހަކަ ބުނުމަށް އަހަރެންގެ ކައިރީގައި އަފީ އެދުނެވެ. އަހަރެން ވަރަށް ލަދުން ހުރެ އަފީ ދެކެ އަހަރެން ލޯބިވާ ވާހަކަ ބުނީމެވެ. އެވާހަކަށް ބުނުމާއި އެކުހެން ފޯނުގެ އަޑުކެނޑިގެން ދިޔައެވެ. އަވަސް އަވަހަށް އަހަރެން ފޯނުބަލާލީމެވެ. އާނއެކެވެ. މިހީވީ ހަމަ ރަނގަޅަށެވެ. ފޯނު ވަނީ ކެނޑިފައެވެ
ކެޓަގަރީ
ވާހަކަ
ލިޔުނީ
އެޑްމިން
ކަނޑުވި 7 މީހުންގެ މަރު
٠٢:٣٣
އެޑްމިން
"
އެމީހުން މަރުވީ' އަހަރެންގެ އަތްމަތީގައެވެ. އެމީހުން ރުއެވެ. އެމީހުން އާދޭސްކުރިއެވެ. އެމީހުން މަރުވީ، އަހަރެންގެ އައްމަތީގައެވެ..... އެމީހުން މަރުވީ އަހަރެންގެ އައްމަތީގައެވެ.
އެމީހުން މަރުވީ' އަހަރެންގެ އަތްމަތީގައެވެ. އެމީހުން ރުއެވެ. އެމީހުން އާދޭސްކުރިއެވެ. އެމީހުން މަރުވީ، އަހަރެންގެ އައްމަތީގައެވެ..... އެމީހުން މަރުވީ އަހަރެންގެ އައްމަތީގައެވެ.
ހަސަނަށް އެވާހަކަ ކިޔައިދެވޭވަރެއް ނޫނެވެ. އޭނާގެ ވަރުވެސް މާދެރައީއެވެ.އަދި އޭނާ ގެންފައިވާ ބިރެއްގެ ބޮޑުކަމުން އަދިވެސް ތުރުތުރު އަޅަނީއެވެ.އިރުއިރުކޮޅާ އެހެން އޮވެފައި ދެލޯ ބޮޑުކޮށްލާފައި ކައިރީގައިހުރި، އެނާގެ އަންހެނުން ދޮންއާމިނަގެ އަތުގައި ހިފައި ބާރުކޮށްލުމާއެކު، ތުރުތުރު އަޅަގެންފައި ބުނަނީ، އަނެއްކައިވެސް ހަމަ އެކައްޗެކެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ." ........ އަނެއްކާވެސް އޭނާގެ ޚަބަރު ހުސްވަނީއެވެ. އޭރު މުޅިމީހާ އޮންނަނީ ދާހިއްލާ ފޯވެފައެވެ.
ލޮލުގެ ކަޅި
މިގޮތަށް އެތައްފަހަރެއް ތަކުރާރުވެގެން ދިޔުމަށްފަހު، އެރޭގެ ފަތިހު، ހަސަނު އަނެއްކާވެސް ލޯހުޅުވާލިނަމަވެސް، ކައިރީގައި ވަރަށްގިނަ މީހުން ތިއްބެވެ. އޭނާ ލޯހުޅުވާލިނަމަވެސް، ކައިރީިގައި ތިބިމީހުންނަށް، އެލޮލުގެ ތެރެއިން އުންމީދެއްގެ އަލިކަން ފެނުމުގެ ބަދަލުގައި ފޭދެމުންއައީ، ނާއުންމީދީ އަނދިރިކަމެކެވެ. ބަލާބެލުމަށް ހަސަނުގެ ލޮލުންވަނީ އުޖާލާކަން ކެނޑިފައެވެ. އޭނާގެ ދެކަޅި، މަޑުމަޑުން މައްޗަށް ދަތުރުކުރަމުން ދާހެންވެސް ހީވާފަދަ ގޮތަކަށް، މަތިބަލާލިއެވެ...... އެހެންއޮއްވާ އަނެއްކައިވެސް އޭނާ ދާހިއްލަން ފަށައިފިއެވެ. ހަމައެއްކަލަ ތުރުތުރު، މުޅި ހަށިގަނޑަށް އަތުވެއްޖެއެވެ. މިފަހަރު ތަންކޮޅެއް ބާރު އަޑަކުން އެ ތެޅިފޮޅިގަތުމުގެ ތެރޭގައި ގޮވާލިއެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ. "....... ........ "އެހީމެވެ."..... "އަހަރެން އެ އަޑުތަށް އެހީމެވެ. އެމީހުން ....... ދައިގަތީއެވެ. ދައިގަތީއެވެ. ލޭބުއީއެވެ. "...... " ނުރޯށެވެ. ނުރޯށެވެ. ކާއެއްޗެއް އަދި ލިބިދާއެވެ. ބޯނެ ފެންފޮދެއްވެސް އަދި ލިބިދާނެއެވެ..... އެމީހުން މަރުވީ އަހަރެންގެ އަތްމަތީގައެވެ."....... ހަސަނު އަނެއްކާވެސް ހޭނެތިއްޖެއެވެ
ކެޓަގަރީ
ވާހަކަ
ލިޔުނީ
އެޑްމިން
މިއީ ރަނގަޅު ބަދަލަކަށް ވެދާނެބާ
٠٨:٢٣
އެޑްމިން
ލަންދޫއަށް ފުރަތަމަ މޯބައިލްގެ ޚިދުމަށް ލިބެމުންދިޔައީ ދިރާގުންނެވެ. ނަމަވެސް އެއީ ގަސްގަހުގެ ކުރިއަށް އަރައިގެންނެވެ. އޭރު ލަންދޫގެ މީހުން ތިބީ މިއަށްވުރެ ފަސޭހަ ގޮތަކަށް ބޭނުންވެފައެވެ. އެހެން ތިއްބާ ދެން އަޑުއިވުނީ ރާއްޖޭގައި ބޯބައިލްގެ ޚިދުމަތް އަލަށް ބަޔަކު ފަށަން އުޅޭ ވާހަކައެވެ. އެއީ ވަތަނިއްޔާގެ ފަރާތުންނެވެ. އެގޮތުން މިރަށަށް ދެން ރޭންޖް ލިބެންފެށީ ވަތަނިއްޔާގެ ފަރާތުން މިއަތޮޅު ކެނދިކުޅުދޫގައި ޖެހި އެންޓަނާ އިން ނެވެ. އޭގެފަހުން ލަންދުގައިވެސް އެންޓާނާއެއް ޖެހުމަށް ބަޔަޔުއައިސް ވަނީ ސާރވޭއެއް ކޮއްފައެވެ. ނަމަވެސް އެއަށްފަހުން ވަރަށްގިނަދުވަސްތަކެއް ވީއިރުވެސް އެކަން ވަނީ ނުފެށިފައެވެ.
އޭގެފަހުން މިރަށާއި ކައިރީގައިވާ މާޅެންދޫގައި ވަނީ އެންޓަނާއެއް ޖަހާފައެވެ. އެހެންކަމުން ލަންދޫއަށް ވަތަނިއްޔާއިން ލިބެމުން ދިޔަ ރޭންޖު ވަނީ ކުޑަކޮއް ރަނގަޅުވެފައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު ދެން ފެނިގެންދިޔައީ ލަންދޫއަށް ދިރާގު ރޭންޖް ދިނުމަށްޓަކައި ބަޔަކު އައި ތަނެވެ. އެމީހުން އައިތާ 2 ދުވަހެއްގެ ތެރޭގައި ލަންދޫއަށް ވަނީ ދިރާގު ރޭންޖު ދޫކޮއްފައެވެ. މިކަމާ އެއްބަޔަކު ތިބީ ވަރަށް ހިތްހަމަޖެހިފައި ނަމަވެސް އަނެއްބަޔަކު މިކަމާއި އެހާ ހިތްހަމަ ނުޖެހޭކަން ވެސް ފާހަގަ ކޮއްލަން ޖެހެއެވެ. އޭކީއްވެތޯ ބަލާލި އިރު މިވާގޮތަކީ ރޭންޖް ދޫކުރާ އެންޓަނާ ހުންނަނީ ރަށުއޮފީހުގައި ނަމަވެސް ރަނގަޅަށް ރޭންޖު ލިބެނީ ރަށުގެ އާމަގާ ވީ ކޮޅާށެވެ. އަތިރީކޮޅާ ދިމާލަށް ރޭންޖް ލިބެނީ ބައެއް ތަންތަނަށެވެ
ކެޓަގަރީ
މައުލޫމާތު
ލިޔުނީ
އެޑްމިން
ރައްގިރުމުގެ މައްސަލަ
٠٣:١٤
އެޑްމިން
ލަންދޫއަކީ ވަރަށް ބިންބޮޑު ރަށެއްނަމަވެސް މިހާރަކަށް އައިސް ރައްގިރުމުގެ މައްސަލަ މިރަށަށްވެސް ވަނީ ދިމާވެފައެވެ. މިކަމުގެ ސަބަބެއް ކަމަށް ގިނަމީހުން ބުނަނީ ރޭނުމަށާއި ގާއެޅުންފަދަ މަސައްކަތްތައް ކުރުމަށްޓަކައި ގިނަ އަދަދަކަށް ރަށުގެ ގޮޑުދޮށުން ވެލިނަގަމުން ދިއުމެވެ. މިކަމަކީ ލަންދޫގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަކަމަށް ވެފައި ކުރިއަށް އޮތްމުސްތަޤުބަލުގައިވެސް މިކަން އިތުރުވަމުންދާނޭ ކަން ޔަޤީނެވެ.
މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށު އޮފީހުން ވަނީ އެތައްފަހަރެއްގެ މަތިން އަންގާފައެވެ. މިއެންގުމުގައިވާގޮތުން ޖެޓީންފެށިގެން 100 ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށާއި އަދި އާމަގު ސަރަހައްދުން ފެށިގެން 100ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށް ވަނީ އާންމުކޮން އަންގާފައެވެ. ނަމަވެސް ދޭތެރެ ދޭރެއިން ބައެއްފަރާތްތަކުން ޤަވާއިދާއި ހިލާފައް ވެލިނަގަމުންދާކަން ވަރަށް ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
އެފަދަ އަމަލުތައް ކުރަމުންދާ ފަރާތްތަކަށް ދަންނަވާލަން ބޭނުމީ ތިމާމެންގެ ރަށާ ދޭތެރޭ ތިމާމެން ނުވިސްނާ ދެން ވިސްނާނީ ވަކި ކޮންބައެއްތޯއެވެ. މިފަދަ ކަންކަމާމެދު ނުވިސްނައިފި ނަމަ މިރީތިގޮނޑުދޮއްތަށް ނެތިދިއުމަކީ މާދުރުގާވާ ކަމެއްނޫނެވެ. އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުންވެސް މިކަމާދޭތެރޭ ވިސްނާ މިކަންކަން އިސްލާހުކުރުމެވެ.
ކެޓަގަރީ
ރިޕޯޓް
ލިޔުނީ
އެޑްމިން
ސޫރަ
١١:٣٤
އެޑްމިން
ދުވަހަކީ ވަރަށް މޫސުން ރީތި ދުވަހެކެވެ. އަހަރެން ތައްޔަރުވަމުން ދިޔައީ ދަތުރެއްގައި ރާއްޖެތެރޭ ރަށަކަށް ދިއުމަށެވެ. އަހަރެން ގެ ދަތުރަކީ ދިގު ދަތުރެއްކަމުން އަހަރަން އިނީ ވަރަށް ފޫހިވެފައެވެ. ނަމަވެސް ކެތްކޮއްލައިގެން އިނީ އަހަރެންގެ ދަތުރުގެ މަންޒިލަށް ދެވޭނެ އިރަކަށެވެ. ވަރަށް ގިނަވަގުތު ކަނޑުމަތީ ހޭދަކުރުމަށްފަހު އަހަރެންގެ އަމާޒަށް ވާސިލް ވެވިއްޖެއެވެ. އަހަރެން އަވަސްވެގަތީ އަވަހަށް ގެއަށް ގޮސް އަރާމް ކޮއްލުމަށެވެ. ކަންދިމާކުރިގޮތުން އަހަރެންނަށް އެރަށަށް ދެވުނީ ހަވީރުގެ ވަގުތެއްގައެވެ.
ވަގުތުތަަށް ފައިތުވަމުން ދެއެވެ. އިރުއޭގެ ވާޖިބް އަދަކުރުމަށްފަހު އޮއްސިއްޖެއެވެ. އަހަރެން ޖީބުން ފޯނުނަގާ ގަޑިބަލާލީމެވެ. އޭރުގަޑިން 7 ޖަހަން އުޅެނީއެވެ. އަހަރެން ފޯނުގެ ކޮންޓެކްތައް ބަލަންފެށިމެވެ. ކުއްލިއަކަށް އަހަރެން ހަނދާނަށް އައީ އަފީގެ މަތިންނެވެ.އަފީ ގެ ނަމްބަރ ހޯދުމަށްފަހު އަތްގަނޑަށް އޮބާލީމެވެ. އިސާހިތަކު އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ހަމަހީމޭން ލަވައެކެވެ.
ކެޓަގަރީ
ވާހަކަ
ލިޔުނީ
އެޑްމިން
ފުޓްބޯޅަ ދަނޑުން
٠٢:٥٠
އެޑްމިން
ލަންދުގައި އާންމުގޮތެއްގައި ފުޓްބޯޅަ ކުޅެންދާ ޒުވާނުންނަކީ އާންމުގެ ގޮތެއްގައި ވަކިވަގުތަކަށް ނުބަލާ ދާންހިތައް އެރީމަ ދާއުސޫލުން ކުޅެން ދާ ބައެކެވެ. އެހެނަކަމުން އާންމުކޮން ކުޅެންފެށެނީ 5 ޖަހާ ބޮޑުވާ ފަހުންނެވެ. އަދިހަމަ އެހެންމެ އެކިމީހުން އެކިގަޑީގައި ދިއުމުގެ ސަބަބުން ދެޓީމް އެއްވަރަށް ބެހުމަށް ވެސް ވަރަށް އުދަގޫވެއެވެ. މިކަމުގެ ސަބަބުން ކުޅުމުގެ ފޯރިވެސް ގިނަދުވަސް ދުވަހު ވަރަށް ދައްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަޔަކު މިކަމާއި ދޭތެރޭ ވިސްނާ އެކަން ހުއްޓުވުމަށް ވަނީ މަސައްކަތްތަކެއްފެށިއެވެ. އެއީ ބައިބަހާ ކޮއްޓުމަށްފަހު އަންނަ އެއްވެސް މީހަކަށް ދަނޑަށް ނޭރޭގޮތަށް ޤަވާއިދެއް ހެދުމެވެ. އެކަން ކުރީ ކުޅެންދާ ކުދިންގެ ފުރިހަމަ ތާއީދާ އެކުގައެވެ. އޭގެފަހުން ފަހުން އާދެވުނު ގިނަ ޒުވާނުން ޤަވައިދަށް ހުރުމަތްތެރި ހިތުމުގެ ގޮތުން ދަނޑަށް ނާރާ މަޑުކުރެއެވެ. އެގޮތަށް އެކަންފަށާއިގެން މާގިނަ ދުވަސްތަކެއްނުވަނިސް އެއްދުވަހު ކުޅެންފެށިފަހުން ދަނޑަށްދިޔަ ޒުވާނެއްގެ އަމަލުތަކުގެ ސަބަބުން އެޤަވާއިދު ވަނީ އުވިފައެވެ.
އެދުވަހު ކުޅެންދިޔަ ގިނަކުދިންވަނީ މިކަމާމެދު ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. އެދުވަހަށްފަހު އެފަދަ ޤަވާއިދެއް ދެން ނުހެދޭނެ ކަމަށް ގިނަޒުވާނުންތަކެއްވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ޤަވާއިދުތަކަކީ ވަރަށް މުހިންމު ޤަވާއިދުތަކެއްކަމަށް ގިނަބަޔަކަށް ވިސްނިގެން އަނެއްކާވެސް އެޤަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ފެއްޓުނެވެ. އެދުވަހު ހުރިހާޒުވާނުންވެގެން ނިންމީ އެގޮތަށް ކުޅެންފެށުމަށްފަހު އަރާ މީހުނާއި މެދު ވަކިފިޔަވަޅެއް އަޅާގޮތަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލެއްކުރަމެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެދުވަހަށްފަހު ޒުވާނުން ދަނީ މިޤަވާއިދަށް ހުރުމަތްތެރިކޮން ހިތަމުންނެވެ. މިއީ މިކަން ވާންވީގޮތްވެސް މެއެވެ. ބަޔަކުކަމެއް ކުރާތީ އެކަން ކުރިޔަ ނުދިނުމަށް އުޅޭ މުޖުތަމަޢުއެއްގައި އޮންނާނީ ހަމަނުޖެހުމާއި ދެކޮޅުވެރިކަމެވެ. އެގޮތުން ލަންދޫގެ ޒުވާނުންނަކީ ވަރަށްވެސް އެކުވެރި އެއްބައިވަންތަ ބައެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ވަރަށް ފަޙުރުވެރިކަމާ އެކުގައެވެ
ލަންދުގެ ޒުވާނުންނަކީ އެކަކު އަނެއްކަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދީ އަދި އެކަމުގެ އަގުވަޒަންކުރާބައެއްގެ ގޮތުގައެވެ. ދާދިފަހުން ހިނގާދިޔަކަމެއްގެ ވާހަކަ ހިއްސާކޮއްލާނަމެވެ. އެއްދުވަހު ހަވީރު ޒުވާނަކު އައިސް އަހަރެންކައިރިގައި ކުޅެންދާތަނުން ޒުވާނަކު ކޮންމެ ދުވަހަކުވެސް ޖާރޒީ ނުބާލާ ޓީމަށް ކުޅެމުންދާތީ އެކަމާދެކޮޅަށް ޕެޓިޝަނެއް ހުޝައަޅަން އުޅޭވާހަކަ ބުންޔެވެ. އަދި އެޕެޓިޝަން އަޅުގަނޑަށް ދައްކަލިއެވެ. އޭގައި އަޅުގަނޑުގެ ސޮއި ނުކުރި ނަމަވެސް އަޅުގަނޑުގެ ސޮއިވެސް އޮތެވެ. ދެންއެޕެޓިޝަންގެ ވާހަކަ ދެކެވުނީ އެދުވަހުގެ ހަވީރު ކުޅުން ނިންމާލުމަށްފަހު ދަނޑުދޮށުގައެވެ. އެކަމާމެދު ގިނަޒުވާނުން ވަނީ ވަރަށް ފުރިހަމަ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ އެޒުވާނާގެ ޒާރޒީ ނުބާލާ ސަބަބު އޭނާ އެންމެގެ ކުރިމަތީގައި ހާމަކުރުމުން އެކަން އެންމެންވެސް ވަނީ ޤަބޫލް ކޮއްފައެވެ. ޖެހިގެން އައި ދުވަހު ހަވީރު ކުޅެން ދިޔަތަނާއި އަޅުގަނޑުގެ އަތަށް އައީ ދަޢުވަތު ކާޑެކެވެ. އޭގައިވަނީ ރޭގަނޑު 8:30 ށް ރަށުގައި މިހާރު ހިންގަމުން ގެންދާ ހަމައެކަނި ހޮޓާ ކަމުގައިވަ ހޮޓެލް ހުރިވަރަށް ކޮފީއަކަށް ދިއުމަށްޓަކައި ދީފާ ވާ ދައުވަތެކެވެ. މިދަޢުވަތު ފޮނުވާފައިވަނީ ކުރިދުވަހުގެ ޕެޓިޝަންނުގެ ވާހަކަ ރައްދުވި ފަރާތެވެ. މިއީ އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެކެވެ. އަޅުގަނޑު އެދެނީ މިއެއްބައިވަންތަކަން އަބަދުގެ އަބަދަށް ދެމިއޮތުމެވެ
ކެޓަގަރީ
ކުޅިވަރު
ލިޔުނީ
އެޑްމިން
الاشتراك في:
الرسائل (Atom)











































