ބައެއް ކުޅުންތެރިން ކުލަބު ބަދަލުކުރުމުގެ ވިސްނުން

ލަންދޫގައި ކުޅެވޭ އެންމެ ފޯރިގަދަ ފުޓްބޯޅާ މުބާރާތް ކަމަށްވާ ހޮލިޑޭ ކަޕް މެދުކެނޑުމެއް ނެތި ބާއްވަމުންދާތާ މިހާރުވަނީ އަހަރުތަކެއް ވެފައެވެ. އެގޮތުން މިމްބާރާތުގެ ފެންވަރު އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން އައިސް ނިިމިގެން ދިޔަ އަހަރުގެ މުބާރާތުގެ ފޯރި ކުޑަވެގެން ދިޔަކަން ބައެއްފަރާތްތަކުން ފާހަގަ ކުރެއެވެ.
މިމުބަރާތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުޅުންތެރިނަށް އެއްޓީމުން އަނެއްޓީމަށް ޓްރާންސްފަރ ވެވޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފައެވެ. ނަމަވެސް މިކަމަށް ހަދާފައިވާ ޤަވާއިދުގެ ސަބަބުން ކުލަބް ބަދަލުކުރުން މިވަނީ ވަރަށްބޮޑު ތަކުލީފަކަށް ވެފައެވެ. މީގެ ހެއްކަކީ މުބަރާތުގެ ތާރީހުގައި ވެސް މިހާތަނަށް އައި އިރު ޓްރާސްފަރ ވެފައިވަނީ ދެކުޅުންތެރިންނެވެ.
އެއީ ޕަސަންޓް ސްޕޯޓްސް ކުލަބްގެ ވަސީމް އަބްދުއްރަހުމާން އާއި އޮކާޗީގެ އިބްރާހިމް ސިނާއު އެވެ. މިދެކުޅުންތެރިން ދެކުޅުންތެރިންނަށް ޓްރާސްފަރ ވެފައިވަނީ -/500 ރުފިޔާގެ މަގުން 3 އަހަރު ދުވަހުގެ މުއްދަތަށެވެ
މިހާރު އެންމެބޮޑަށް ދެކެވެމުންދަ ވާހަކަ އަކީ ކުލަބް ޗެލެންޖާސް ގެ މިޑްފީލްޑަރ ގެ މަޤާމަށް ކުޅެމުންއައި ހުނަރުވެރި މޮޅު ކުޅުންތެރިޔާ ރިޒާ ވެލޯސިޓީއާއި ގުޅެން އުޅޭވާހަކައެވެ. ވެލޯސިޓީގެ އިސް މެމްބަރަކު އާމަގު.ޓީކޭ އަށް މަޢުލޫމާތު ދިންގޮތުގައި މިހާރު ރިޒާ އެޓީމަށް ގެނައުމައްޓަކައި ދެން އޮތީ ހަމައެކަނި ޓްރާންސްފަރ ފޯމްގައި ސޮއި ކޮއްލުން އެކަނި ކަމުގައި އޭނާވަނީ ބުނެފައެވެ.
ނަމަވެސް ރިޒާ ވެލޯސިޓީއަށް ގެންދަނީ ކިހާ ވަރަކަށް ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއްވެސް އަދި ނޭނގެއެވެ.
ކުޅުންތެރިންގެ ޓްރާންސަފަރ ޤަވާއިދު އިސްލާހުކުރުމުގެ ގޮތުން އެޗް.އޯ.ސީ ގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވަނޭ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

1 Response to "ބައެއް ކުޅުންތެރިން ކުލަބު ބަދަލުކުރުމުގެ ވިސްނުން"

ކުޅުންތެރިއެއް يقول...

އަސްލު ކުޅުންތެރިންނަށް ކުލަބު ބަދަލު ކުރުމުގެ ފުރުސަތު ތަންކޮޅެއް ފަސޭހައިން ކުރެވެން އޮންނަންވާނެ

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme