އެކުއްޖަކަށްޓަކައި ނ.ލަންދޫ ރައްޔިތުން މިއަދު ފަޙްރުވެރިވާން ޖެހޭ ކުއްޖެއް

ލިޔުނީ : އިއްބެ

ނ.ލަންދޫ ގެ މެދު ފަންތީގެ އާއިލާއަކަށް ނިސްބަތްވާ އެރަށު އަސްރަފީގެ އުމުރުން 18 އަހަރުގެ އަލީ ޒިޔާދުއަކީ އެކުއްޖަކަށްޓަކައި މިއަދު ނ.ލަންދޫ ސުކޫލްގައި ކިޔަވަމުންދާ ކިޔަވާ ކުދިންނާއި އެންމެންހާއި ރައްޔިތުން ފަޙްރުވެރިވާން ޖެހޭ ކުއްޖެއްކަން ޤަބޫލްކުރަންޖެހެއެވެ.
އެއީ ސަބަބެއްވެސް ނެތިއެއްނޫނެވެ. އުމުރުން އެންމެ 15 އަހަރުގައި އެރަށު މިސްކިތުގައި ބަންގިގޮވާ އިމާމްވެ ނަމާދުކޮށްދޭން ފެށުމުންނެވެ. އޭރު އަލީ ޒިޔާދު އަކީ އޭރު ސުކޫލްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ. ޒިޔާދު ބުނި ގޮތުގައި ފުރަތަމަ ދުވަހު ބަންގި ގޮވާން ޖެހިލުންވި ކަމަށާއި، ނަމަވެސް ޖެހިލުން އެއްފަރާތް ކުރުމަށްފަހު އެކަމާއި ކުރިމަތިލީ ކަމަށެވެ. އޭގެ ނަތީޖާއެއްގޮތުން މިއަދު ޒިޔާދު އެހުރީ އެހާމެ ޅައުމުރެއްގައި މިސްކިތްތަކުގައި އިމާމްވެ ނަމާދު ކުރާނެ އިމާމުން ތަމްރީނުކުރާ ކޯހުގައި ކިިޔެވުމުގެ ފުރުސަތު ލިބިފައެވެ
މިހާރު މާލޭގައި މައުޙަދުލް ދިރާސަތުލް އިސްލާމިއްޔާގައި ހިންގަމުންދާ މިސްކިތްތަކުގައި ނަމާދު ކުރާނެ އިމާމުން ތަމްރީނު ކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނީ އޭނަ މިކޯހަށް ކުރިމަތިލީ ރަށުގެ ގިނަބައެއްގެ އެދުމުގެ މަތިންކަމަށެވެ. ތައުލީމީ ގޮތުން ރަންގަޅު ނަތީޖާއެއް ހޯދުމަށްފަހު މަތީ ޘާނަވީ ތައުލީމު ކިޔަވަން ފުރުސަތު ލިބިފައި އޮއްވާ، އެފުރުސަތު ދޫކޮށްލުމަށްފަހު ރަށު މިސްކިތުގައި ނަމާދުކޮށްދޭނެ އިމާމުން ލިބުމުގެ ދަތިކަން އިޙްސާސްކުރަމުންދާ ލަންދޫގެ ރައްޔިތުން ނަށް އެދަތިކަން ފިލުވާދިނުމުގެ ބޭނުމުގައެވެ.
މިހާރު އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވަމުންދާ ޒިޔާދު ބުނިގޮތުގައި އަންނަ ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ މިސްކިތް ތަކުގައި ހުކުރު ޙުތުބާ ބަލައިގެން ކިޔުމުގެ ހުއްދަ ލިބޭނެކަމަށެވެ. އުމުރުން އެހާމެ ޅައުމުރުގައި މިފަދަ ބޮޑު މަސްއޫލިއްޔަތެއް ބޮލުގައި އަޅާ، ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ޒިޔާދު ބުނީ އޭނަ މި މަސައްކަތުގަައި ދެމިހުންނަން ބޭނުންވާ ކަމަށެވެ. މިކަމުގައި ބޭނުންވަނީ ތެދުވެރި، އަދި އެހާމެ އެކުވެރި މާހައުލެއްގައި ދިރިއުޅެމުންދާ ރައްޔިތުންގެ އެއްބާލުލުމާއި އެހީތެރިކަމެވެ.
މިހާރުވެސް ކޯހުން ރަންގަޅު ނަތީގާތަކެއް ހޯދަމުން އަންނަ އަލީޒިޔާދު ބުނީ އޭނާގެ ކޯސް ޖޫން 8 ގައި ނިމޭއިރު ހިދުމަތް ކުރަން ބޭނުންވަނީ އޭނާގެ އުފަން ރަށުގައި ކަމަށެވެ. އަލީ ޒިޔާދުގެ މިބޮޑު މަސްއޫލިއްޔަތު އަދާކުރުމުގައި ބަރަކާތް ލެއްވުން އެދި ދުއާކުރަމެވެ.


4 Response to "އެކުއްޖަކަށްޓަކައި ނ.ލަންދޫ ރައްޔިތުން މިއަދު ފަޙްރުވެރިވާން ޖެހޭ ކުއްޖެއް"

ގާތް ރައްޓެއްސެއް يقول...

ޒިޔާދު ތިކުރާމަސައްކަތަށް ސާބަސް. ވަރަށް އުފާވޭ

ލަންދު ބޯއީ يقول...

ޒިޔާދު ތީ ވަރަށް ރަނގަޅުކުއްޖެއް ރަށަށް ޓަކައި ކޮއްދެން ނިކުން ތިޔަމަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން

ކ.ދ يقول...

ޒިޔާދުވެސް ހާދަ ގަދަކޮއްފިޔޭ ދޯ.. ވަރަށް ރަނގަޅު

މިނިކާވަގު يقول...

ސާބަހޭ ޢަލީ ޒިޔާދޫ ވަރަށް އުފާވޭ ލަންދޫ ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ހިތްހަމަޖެހޭ

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme