ސްކޫލަށް ދާހިތް ނުވަނީ ކީއްވެ؟


















މިއީ މިހާރު ވިސްނަންވެއްޖެ ކަމެކެވެ. ޅައުމުރުގައި ތަޢުލީމް އުނގެނުމާއި ދުރަށް ކުދިން ދިއުމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް ބާއެވެ. އެޒިންމާ ނަގަންވީ މަދަރުސާ ތަކުންތޯއެވެ. ނޫނީ ބެލެނިވެރިން ތޯއެވެ. ހަޤީގަތުގައިވެސް މިއީ މިހާރު ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ. މިތަޢުލީމީ ޒަމާނުގައި ތަޢުލީމުގެ މުހިންމުކަން ޙަޤީޤަތުގައިވެސް އެކުދިންނަށް ނުވިސްނެނީ އެވެ.
މިހާރަަކަށް އައިސް ބައެއްކުދިން ސްކޫލަށް ނުގޮސް ރަށުތެރޭގައި ގިނަވެގެން އެއުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފަހަރެއްގައި އެއީ ތަރުބިއްޔަތުކުރުމުގެ މައްސަލައަކަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. މިކަމާއި ގުޅިގެން އެފަދަ ކުދިންނާއި ވާހަކަ ދައްކާލުމުން ބައެއްކުދިން ބުނަނީ ސްކޫލަށް ނުދަނީ އެހެން ކުދިންގެ ކިޔެވުމަށް ބުރޫ އަރަމުންދާތީކަމަށެވެ. މާނައަކީ ގޮސްފިނަމަ ކްލާހުގައި މަޑުން ނީންދެވޭތީކަމަށެވެ. އަނެއްބައި ކުދިން ސްކޫލަށް ދާހިތް ނުވާކަމަށް ބުނާ ސަބަބެއްކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރާއި ނުގުޅޭ ކުދިންތަކަކާއި އެއްކުލާހެއްގައި ކިޔަވަން ޖެހުމެވެ.
މިގޮތަށް ސްކޫލަށް ނުދާ ދަރިވަރުންގެ ފަރާތުން ފާހަގަ ކުރެވޭ އެއްކަމަކީ މިފަދަ ކުދިންނަކީ އަޙުލާޤީ މައްސަލަތަކުގައި ތަކުރާރުކޮއް ސްކޫލުގެ އިދާރާއަށް މަސައްލަތަކުގައި ގެނެވޭ ކުދިންކަމެވެ.
މިހާރަކަށްއައިސް މިފަދަ ކުދިން މުޖުތަމަޢުތެރޭގައިކުރާ ތަފާތު މަސައްކަތްތައްކުރަމުން ދާތަންވެސް ފެންނަމުންދަނީ ކީ މަދަކުންނޫނެވެ. އެގޮތުން ވެލިގެނައުމައި އިންޖީނުގޭގެ ފީފާތައް އުފުލުމާއި ފިހާރަތަކަށް މުދާ އުފުލުމާއި ރުކުއެޅުންފަދަ ކަންކަން ކުރަމުންދާ މަންޒަރު ފެންނަމުންދަނީކީ މަދަކުންނޫނެވެ. ހަމައެއާއި އެކު މިފަދަ މަސައްކަތްތަށް އެކުދިން ކުރަމުންދަނީ ފައިސާ އަށް ކަމަށް ވާތީ އެކުދިން އެފައިސާއިން ކުރަމުން އެދަނީ އެދޭ ޚަރަދުތަކެއްތޯ ބަލަމުން ދަނީ ކިތަށް ބެލެނިވެރިންތޯއެވެ.
މިއީ މިފަދަ ކުދިންގެ މައިން ވިސްނާލަން ވެއްޖެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެއްވެސް މަޔަކު އަދި ބަފަޔަކުވެސް ތިމާގެ ދަރި ގޯސްމަގަކުން ދިއުމަކަށް ނޭދޭ އިރު އެފަދަ ކުދިން ރަނގަޅުމަގަށް އެޅުވުމަށް މަސައްކަތް ނުކުރަނީ އެކަމާ ހިތާމަ ކުރަމެވެ.

1 Response to "ސްކޫލަށް ދާހިތް ނުވަނީ ކީއްވެ؟"

ސާހު يقول...

ރަގަނޅު ކިޔަވާ ކުދިންނަށް ތިމާގެ ފަރާތުން އުނދަގޫ ވަންޔާ ނުދިޔުން އެންމެ ރަނގަޅީ

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme