ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ














އެގްރިކަލްޗަރ މިނިސްޓްރީގެ ފަރާތުން ހދ.ހަނިމާދޫގައި ކުރިޔަށް ގެންދާ " ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ " ކޯހުގައި ބައިވެރިވާން ލަންދޫއަށް ލިބުނު އިތުރު ފުރުޞަތެއްގައި މިކޯހަށް ފޮނުވި ލިޔެސްގެ ހަރަކާތްތެރި މެމްބަރ ނ.ލަންދޫ ބުލޫކިޔާގެ އަބްދުﷲ އާރިފް ( އާރިއްޕޭ ) މިކޯހުގެ ދެވަނަބުރަށް ފާސްވި ކަމުގެ މަޢުލޫމާތު އާމަގު.ޓީކޭ އަށް ލިބިއްޖެއެވެ.
ޖުމްލަ 25 ބައިވެރިން ހިމެނޭ މިކޯހުގައި ލަންދޫއިން ދެން ބައިވެރިވީ ބަރާބަރުގެ އައިޝަތު އަޒިމާއެވެ. ނަމަވެސް މިކޯހުގެ ފުރަތަމަ ބުރުން ފާސްވި ބައިވެރިންގެ ތެރޭގައި އަޒީމާ ނުހިމެނޭ ކަމަށްވެސް ވަނީ މަޢުލޫމަތު ލިބިފައެވެ. ހުރިހާ ބައިވެރިންގެ ތެރެއިން މިކޯހުގެ ފުރަތަމަ ބުރުން ފާސްވީ 17 ބައިވެރިން ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. އޭގެތެރޭގައި މިއަތޮޅުގެ ކެނދިކުޅުދޫއިން ބައިވެރިވި 2 ބައިވެރިންވެސް ހިމެނެއެވެ.
މިކޯސް އަންނަ މެއި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.


3 Response to "ސީ ބީ ޕީ އޯ ޓްރެއިނިންގ އޮފް ޓްރެއިނަރ"

sis يقول...

congrats ari..we r proud of u.. keep up da gud works...:))))))))

landhoo boy يقول...

އާރިއްޕޭ ކަލެވެދާނެ ތިޔަކަންތަށް އަހަރެން އެދެނީ އާރީއަށް އިތުރު ކާމިޔާބީ. keep it up!

غير معرف يقول...

kalo bappa jamiyyaa in faidhaa V dho

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme