ލަންދު ސްކޫލްގެ ފުޓްބޯޅަ ލީގުގެ ފުރަތަމަ މެޗް














ކުލަގަދަ ރަސްމިއްޔާތަކަށްފަހު ލަންދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ ލީގު 2010 އިއްޔެ ފަށައިފިއެވެ. ލީގު ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރެހެންދީ ހައުސް އާއި ދޮށިމޭނާ ހައުސްގެ ޓީމެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ކުރިހޯދީ ރެހެންދީ ހައުސްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮއްދިނީ އައްލާމްއެވެ. ނަމަވެސް މިލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް ލަނޑެއްޖަހާ މެޗްގެ ނަތީޖާ ވަނީ ހަމަހަމަ ކޮއްފައެވެ.
މިލަނޑަށްފަހު ދޮށިމޭނަ ހައުސްގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މާގިނައިރުތަކެއްނުވެ ދޮށިމޭނާ ހައުސްގެ މުހައްމަދު މުނަންވަރު (ޖޯޒީ ނަމްބަރ 8) ވަނީ އިތުރު ލަނޑެއްޖަހާ މެޗްގައި ފުރަތަމަ ފަހަރަށް ދޮށިމޭނާ ހައުސްއަށް ލީޑް ހޯދަދީފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-2 ން ދޮށިމޭނަ ހައުސް ކުރީގައި އޮވެގެންނެވެ.
މެޗްގެ ދެވަނަ ހާފުގައިވެސް މޮޅަށްކުޅޭ ގިނަ ހަމަލާތަށް އުފައްދަމުންދިޔައީ ދޮށިމޭނާ ހައުސް އިންނެވެ. އެގޮތުން ދެވަނަ ހާފުގައި އެތީމުވަނީ އިތުރު 3 ޖެހުމަށްފަހު މެޗްގެ ނަތިޖާ 5-1 ށް ބަދަލުކޮއްފައެވެ. މިތިންގޯލްގެ ތެރެއިން 2 ގޯލް ކާމިޔާބު ކޮއްދިނީ އެހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ. އަނެއްލަނޑު ކާމިޔާބު ކޮއްދިނީ މުހައްމަދު މުނަންވަރުއެވެ.
މެޗް ނިމުމުން މެޗްގެ މޮޅުކުންގެރިޔާއަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮއްފައެވެ. މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ 3 ގޯލްޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ ދޮށިމޭނާ ހައުސްގެ ޖޯޒީ ނަމްބަރ 17 އަހުމަދު އާޒިމް އެވެ.



No Response to "ލަންދު ސްކޫލްގެ ފުޓްބޯޅަ ލީގުގެ ފުރަތަމަ މެޗް"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme