ނ. ލަންދޫ ކްރައިމް ޕްރިވެންސަން ކޮމިޓީ ކޮބާ؟














ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދުކުރުމަށް ނ.ލަންދޫގައި އެކުލަވާލި ކްރައިމް ޕްރިވެންޝަން ކޮމެޓީ 29 އޮކްޓޯބަރ 2009 ގައި ވަނީ އިފްތިތާހު ކޮއްފައެވެ. މިކޮމެޓީގެ ޗެއަރމަން އަކީ ލަންދޫ ކައުންސިލަރ އަލްފާޟިލް މަޖުދުއްﷲ އަބުދުއް ރައްޒާގެ އެވެ. މިކޮމެޓީގެ ވައިސް ޗެއަރމަން އަކީ ނ.ލަންދޫ އަރާއިރު އަބުދުއްﷲ އާމިރު އާއި ކުޑަ ކަތީބު އަބުދުއްނާސިރު އަލީ އެވެ.
ޖުމްލަ 12 މެމްބަރުން ހިމެނޭ މިކޮމެޓީގެ މަޤުސަދަކީ ޕޮލިސް ސްޓޭޝަން ނުހުންނަ ރަށްރަށުގައިވެސް ކުއްކުރުން މަދުކުރުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހުއާލާކުރުމާއި އަދި ރަށްރަށުގެ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި އެވަގުތަކަށް ފުލުހުންގެ ފަރާތުން އެންމެ ބޮޑަށް ބޭނުންވާ ޚިދުމަތްތަކަކީ ކޮބައިތޯބަލާ އެކަންކަން ފުލުހުންނަށް ހުށަހަޅައިގެން ފުލުހުންނާއި ގުޅިގެން ކުށްކުރުން މަދުކުރުމަށް މަސައްކަތްކުރުމެވެ.
މިއަދާއި ހަމައަށް އައި އިރު ލަންދޫގައި މިފަދަ ކޮމެޓީއެއް އުފައްދާފައިވާކަން އެނގެނީ ކިތައް މީހުންނަށްބާއެވެ. ހަމަގައިމުވެސް ޒުވާނުންގެ ތެރެއިން ގިނަބަޔަކަށް މިކޮމެޓީ މިރަށުގައި އުފައްދާފައި ވާކަމެއް ނޭނގެއެވެ. ބުނަން މިއުޅެނީ އެފަދަ ކޮމެޓީއެއް މިރަށުގައި އުފެދިފައި އޮތް އިރު ރަށުގައި ހިނގަމުންދާ ކުއްތައް މިކޮމެޓީއިން ބަލަމުން ދޭބާއެވެ. ބަލަމުންދާ ނަމަ އެފަދަ ފަރާތްތަކުން ކުރާކަންތައްތައް ހުއްޓުވުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭބާއެވެ.
މިކޮމެޓީގެ މެމްބަރުންގެ މިފަދަ ކުއްތައް މަދުކުމުގައި އެފަރާތްތަކުގެ ބައިވެރިވުން ލިބެމުންދާނެކަމަށް ބުނެފައިވާ ހިނދު އެކަން އަމަލީ ގޮތުން ފެންނަމުން ދޭބާއެވެ. މިކޮމެޓީ އުފެއްދެވިފަހުން މި ލަންދޫގައި ކުއްތަކެއް ހިނގާދިޔަ ކަމަށް އެބޭފުޅުންނަށް އެނގިވަޑައި ނުގަންނަވަނީ ބާއެވެ. ހަމަގައިމުވެސް ކުށެއް ހިނގާދިޔަކަށް އެނގޭ ފަރާތެއް ހަމަގައިމުވެސް މި ކޮމެޓީގައި ވާނޭކަން ޔަޤީނެވެ. އެފަދަ ކުއްތަކަކީ މާބޮޑު ކަމަށްކަށް ނުވާނަމަ މިކޮމެޓި އުފެއްދުމުގެ މަޤްޞަދާއި މެދު ސުވާލުއުފެދެއެވެ. މިފަދަ ކަންކަން މިހާ ދޯދިޔާކޮން ދިޔުން އެއީ ކުއްކުރާ މިހުންނަށް ލިބޭ އިތުރު ހިތްވަރެއް ކަމަށް އަޅުގަނޑު ދެކެމެވެ.






3 Response to "ނ. ލަންދޫ ކްރައިމް ޕްރިވެންސަން ކޮމިޓީ ކޮބާ؟"

غير معرف يقول...

ކުޑަ ކަތީބު ނާސިރު މާ ބޮޑައް ބިރުގަންނަނީ އޯ| އެވާހަކަތައް އެފަރާތްތަކަށް ގެންގޮސް އަމަލުކުރަން

غير معرف يقول...

AHAREN BIREH NUGANEY AHAREN FIYAVALHU ALHAANEE KAMUGE HAGEEGAYH HOADHUMAH FAHUGA MEEHAKU BUNAAHAA VAAHAKAYAKEE HAGEEGATEHBAA FIYAVALHU NEYLHENEE KONKAMAKAABA

غير معرف يقول...

ކޮމެޓީއަކީ އިސްތިހާރުކުރާބައެއްނޫން ،ކޮމެޓީގެކަންކަންރައްޔިތުންނާހަމައައްގެންދާނީ މީދިއާާގެބޭފުޅުން.

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme