ކުރިއަރަމުން އަންނަ ޑިފެންޑަރ















މިހާރު ލަންދޫގައި އެންބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް ކުޅުންތެރިއަކީ ފުޓްބޮޅަ ދަނޑުގައި މާކަރަކަށް ކުޅެމުން އަންނަ ލަންދޫ ފިނޮޅު ހަސަން މާހިރު (މާޓީން) އެވެ. އެކަން ލަންދޫގައި ފުޓްބޯޅަ ކުޅެންދާ ގިނަޒުވާނުންގެ ދޫތަކުން ދަނީ ހާމަ ކުރަމުންނެވެ.
މިއީ ހަމަގައިމުވެސް މާޓިންގެ މަސައްކަތާއި ހިތްވަރުގެ ނަތީޖާއެވެ. މިހާރު ލަންދޫ ޓީމުގެ ޑިފެންސް ލައިން އަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ އިތުބާރު އެއް ޑިފެންޑަރީ މާޓިން ކަމާމެދަކު ޝައްކެއްނެތެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ.
މީގެކުރިން މާގިނައިން ފުޓްބޯޅަ ދަނޑުން ނުފެނުނުނަމަވެސް މިހާރަކަށް އައިސް އެންމެ ކުރިން ގަޑިއަށް ދާ ކުޅުންތެރިންގެ ތެރޭގައި މާޓިން ފާހަގަ ކުރެވެއެވެ. މާޓިން އެންމެބޮޑަށް ފާހަގަ ކުރެވެނީ އެހެންމީހުންނާއި ގުޅިގެން ކަންކަމުގައި ލީޑް ކުރާ ޒުވާނެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ވަނީ ލަންދޫ ފުޓްބޯޅަ ޓީމުގެ އޮފިސަލުން ތެރޭގައިވެސް ހަރަކާތް ތެރިވެފައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބޮޑު އީދާ ދިމާކޮއް ރަށުގައި ބާއްވާ ސަޤާފި ވަރަށް ގިނަ ހަރަކާތްތަކެއްގެ އިސް ސަފުހާ މާޓިން ހިމެނެއެވެ.
މިފަހަކަށް އައިސް ލަންދޫގައި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗްތަކަށް ޒުވާނުންގެ ޓީމް ތައްޔާރުކުރުމުގައި އެންމެ އިސްކޮއް މަސައްކަތް ކުރާ އެކަކީ މާޓިން އެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ރަށުންބޭރު ޓީމަކާއި އެކު ކުޅެވުނު ފުރަތަމަ މެޗްގެ ކެޕްޓަން ކަމާއި ދާދި ފަހުން ސްކޫލްގެ މުވައްޒަފުންނާއި ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ޓީމާއި ދެކޮޅަށް ނުކުން ޒުވާނުންގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަން މާޓިންވަނީ ކޮއްފައެވެ.
މިމެޗްތަކަށްފަހު މާޓީންގެ ހުނަރުތަށް އިތުރު ވަމުން އަންނަ ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ހަމަގައިމުވެސް މިހާރު މާޓިންގެ އުއްމީދަކީ ލަންދޫގެ ނަމްބަރ 1 ޓީމަށް ކުޅެ ރަށަށް ރީތިނަން ހޯދައިދިނުން ކަމުގައި ނޫނީ ނުވާނެއެވެ. އަޅުގަނޑު އެދެނީ މާޓިން އަށް ފުޓްބޯޅައިގައި އިތުރު ކުރިއެރުމާއި ކާމިޔާބީއެވެ.

No Response to "ކުރިއަރަމުން އަންނަ ޑިފެންޑަރ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme