ކިޔުންތެރިއެއްގެ ގަލަމުން މިބްލޮގާއި މެދު ދެކޭގޮތް













އާމަގު.ޓީކޭ ބްލޮގް ވުޖޫދަށް އައިސް ނ.އަތޮޅުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުގައި ހިނގާ އަދި ހިނގާފައިވާ އެކިއެކި ކަންތައްތަކުގެ މައުލޫމާތު ލިޔެ އާންމުކޮށް ޝާއިއުކުރަން ފެށުމާއެކު މިބްލޮގުގެ ޒަރިއްޔާއިން ތަފާތު ގިނަގުނަ ޙަބަރާއި، މައުލޫމާތު ކިޔުންތެރިންނަށް ދަނީ ލިބެމުންނެވެ.. އެގޮތުން ނ.އަތޮޅުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި، އަތޮޅުފެންވަރުގަޔާއި، ރަށުފެންވަރުގައި ހިންގާ ތަފާތު ކުޅިވަރު ހަރަކާތްތަކުގެ މައުލޫމާތު މިބްލޮގުގެެ އެހީގައި ކިޔުންތެރިންނަށް ފުޅާދާއިރާއަކަށް ދަނީލިބެމުންކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ
އަޅުގަނޑު އެދެނީ ހަލުވި ކުރިއެރުމަކާއެކު ކުރިއަށް އޮތްތާނގައި ބްލޮގުން ކިޔުންތެރިންނަށް ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދޭން އާމަގު.ޓީކޭ ޓީމުގެ ފަރާތުން މަސައްކަތްކުރާނެކަމަށެވެ. އަދި ކިޔުންތެރިން ޝައުޤުވެރިވާފަދަ ބަދަލްތަކާއެކު ޒަމާނާ އެކަށޭނެގޮތަށް ބްލޮގުގެެ ގްރެފިކްސްއަށާއި، މޫނުމައްޗަށް ބަދަލް ގެނެވޭތޯ މަސައްކަތްކުރާނެކަމަށްވެސް މިފުރުސަތުގައި ކިޔުންތެރިއެއްގެ ޙައިސިއްޔަތުން އުއްމީދުކުރަމެވެ...... ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދެމެވެ

1 Response to "ކިޔުންތެރިއެއްގެ ގަލަމުން މިބްލޮގާއި މެދު ދެކޭގޮތް"

ޒިންމާ يقول...

ވަކިއަތަކަށް ނުޖެހި ޒިންމާދާރުކަންމަތި ތިޔަކުރާ މަސައްކަތުގައި ދެމިހުރުމަށް ނަސޭހަތްދެމުން ބުނެލާނީ، ވަރަށް ރަނގަޅޭ.

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme