ރަށު އޮފީސްތަކާއި އަތޮޅު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ސަރުކަަރުން ހަމަޖައްސަވާ ލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުން ވަކި ފަރާތަކާއި ހަވާލުކުރެވެންދެން، ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން އެއޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ ދެވޮޗަރުން ހޯއްދުމަށް އިޢުލާން ކޮއްފިއެވެ. އެއޮފީހުގެ އިޢުލާން ނަމްބަރ 13/2010 (22 މަރޗް 2010) ގައި ވާގޮތުން އެމަޤާމަށް ހަމަޖެހޭ 2 ވޮޗަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑިއުތީ އުސޫލުން ކޮންމެ ދުވަހަކު ހަވީރު 4:00 ން ހެނދުނު 8:00 ށް އެވެ. މިމަޤާމުގެ މުސާރައަކީ މަހަކު -/2790 (ދެހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) އެވެ. އަދި ހަމައެހެންމެ ސަރވީސް އެލަވަންސް ގެ ގޮތުގައި މަހަކު -/900 (ނުވަސަތޭކަ ރުފިޔާ) ދެވޭނޭ ކަމަށް އެއޮފީހުގެ އިޢުލާންގައި ވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ އަކުން ލަންދޫ އޮފީހަށް ހުށައެޅުން އެދެމެވެ.

٠١:٠٢
އެޑްމިން

ކެޓަގަރީ
1 Response to "ލަންދޫ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަދޭނޭ 2 ވޮޗަރުން ހޯދުމަށް މިއަދު އިޢުލާން ކޮއްފި"
ލަންދޫ އޮފިހުގައި ތިބެނީ ކޮންޓެކްޓެއް ، ކޮންޓްރެކްޓެއް ވަކިނުވާވަރު ގެ ގަމާރުން ތަ؟ ލަންދޫއޮފިހުގެ އިޢުލާންގައި އެވަނީ ކޮންޓެކްޓް އުޞޫލުން ކަމަށް އެއީ ކޮން އުސޫޅެއްކަން ސާފުކޮށްދިނުން އެދެން.
إرسال تعليق
ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ