ލަންދޫސްކޫލްގެ ފުޓްބޯޅަ ލީގު 2010 ފެށެނީ














ޒުވަނުންގެ ފުޓްބޯޅަ ޓީމް ބަލިކުރުމަށްފަހު އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00ގައި ލަންދޫ ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ ލީގް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިއަދާއި ހަމައަށް އައިއިރު ބައެއް ހައުސް ތަކުން ދަނީ ރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ކޯޗުކަމުގެ ދަށުން އެހައުސްތަކުގެ ޕްރެކްޓިސް ކުރަމުންނެވެ.
އެގޭތެރޭގައި ފާހަގަ ކޮއްލޭ ކޯޗުންނަކީ ނިމިގެން ދިޔަ އަހަރުގައިވެސް ހައުސް ތަކަށް ކޯޗްކަން ކޮއްދީފައިވާ ތަޖުރިބާކާރު ކޯޗުންކަން ފާހަގަ ކޮއްލެވެއެވެ. އޭގެ ތެރޭގައި ހުނަރުވެރި ފޯވާޑް ހުސައިން ޖަވާދު (ޖަވާ) އާއި މަޝްހޫރު ޑިފެންޑަރ ހަސަން މާހިރު (މާޓިން) ފާހަގަ ކޮއްލެވެއެވެ.
ހައުސް ތަކުގެ ކުޅުންތެރިނާއި ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި މިފަހަރުގެ މުބާރާތަށް އެ ހައުސްތަކުން ވަރަށް ފުރިހަމައަށް ތަްޔާރުވަމުންދާކަށް ވަނީ އެނގިފައެވެ. ނަމަވެސް އެއްހައުސްއަށް ކޯޗަކު ލިބުމުގެ ދަތިކަން އުޅޭކަމަށްވަނީ ފާހަގަ ކުރެވިފައެވެ.
ލަންދޫ ސްކޫލުގެ ދަރިވަރުންގެ ޖަމްއިއްޔާގެ އިންޗާރޖް ޔޫސުފް އަބްދުއްރަހީމް (ޔޫއްޓޭ) ގެ މަޢުލުމާތު ދިން ގޮތުގައި މިފަހަރުގެ މިލީގުގެ މެޗްތަށް ކުރިޔަށް ގެންދިއުމަށް ގަސްތުކޮއްފައިވަނީ މުޅިއަހަރުދުވަހަށް ބަހާލައިގެންނެވެ. ހަމައެހެންމެ މިފަހަރުގެ މުބާރާތުގައިވެސް ވާދަކުރާނީ ސްކޫލުގައި އޮތް 3 ހައުސް ކަމަށްވާ ރެހެންދީ ހައުސް އާއި ސިއްތިމާވާ ހައުސް އަދި ދޮށިމޭނޭ ހައުސްގެ ޓީމެވެ.
ސްކޫލުގައި މިހާރި ތަޢުލީމް ހާޞިލްކުރަމުންދާ ދަރިވަރުންގެ ނިސްބަތަށް ބަލައި މިފަހަރުގެ ލީގް ކުޅުމަށް ސްކޫލްގެ ފުޓްބޯޅަ ދަނޑުގެ އިތުރުން ގޯލްވެސް ވަނި ކުޑަކޮއްފައެވެ.
މިފަހަރުގެ މުބާރާތުގައި މޮޅުކުޅުމެއް ފެންނާނެ ކަމަށް ގިނަބަޔަކު ފާހަގަ ކުރާ ކުޅުންތެރިންގެ ތެރޭގައި އަހްމަދު އާޒިމް (ދަވާދޭ) ، ހަސަން ނިޝާން (ދަޅު) ، މުހައްމަދު ނަފްސާން އަދި އިބްރާހިމް އަޒީމް (ނަފީ) ފަދަ ކުޅުންތެރިން ފާހަގަ ކޮއްލެވެއެވެ.

1 Response to "ލަންދޫސްކޫލްގެ ފުޓްބޯޅަ ލީގު 2010 ފެށެނީ"

ސާލިމް يقول...

ނަފްސާން ކިޔަވާކަށް ނާދޭ ، އޭނާ މެޗަށް އަރުވައިފިއްޔާ މައްސަލަ ޖައްސާނަން.

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme