މިއީ ރަނގަޅު ބަދަލަކަށް ވެދާނެބާ












ލަންދޫއަށް ފުރަތަމަ މޯބައިލްގެ ޚިދުމަށް ލިބެމުންދިޔައީ ދިރާގުންނެވެ. ނަމަވެސް އެއީ ގަސްގަހުގެ ކުރިއަށް އަރައިގެންނެވެ. އޭރު ލަންދޫގެ މީހުން ތިބީ މިއަށްވުރެ ފަސޭހަ ގޮތަކަށް ބޭނުންވެފައެވެ. އެހެން ތިއްބާ ދެން އަޑުއިވުނީ ރާއްޖޭގައި ބޯބައިލްގެ ޚިދުމަތް އަލަށް ބަޔަކު ފަށަން އުޅޭ ވާހަކައެވެ. އެއީ ވަތަނިއްޔާގެ ފަރާތުންނެވެ. އެގޮތުން މިރަށަށް ދެން ރޭންޖް ލިބެންފެށީ ވަތަނިއްޔާގެ ފަރާތުން މިއަތޮޅު ކެނދިކުޅުދޫގައި ޖެހި އެންޓަނާ އިން ނެވެ. އޭގެފަހުން ލަންދުގައިވެސް އެންޓާނާއެއް ޖެހުމަށް ބަޔަޔުއައިސް ވަނީ ސާރވޭއެއް ކޮއްފައެވެ. ނަމަވެސް އެއަށްފަހުން ވަރަށްގިނަދުވަސްތަކެއް ވީއިރުވެސް އެކަން ވަނީ ނުފެށިފައެވެ.
އޭގެފަހުން މިރަށާއި ކައިރީގައިވާ މާޅެންދޫގައި ވަނީ އެންޓަނާއެއް ޖަހާފައެވެ. އެހެންކަމުން ލަންދޫއަށް ވަތަނިއްޔާއިން ލިބެމުން ދިޔަ ރޭންޖު ވަނީ ކުޑަކޮއް ރަނގަޅުވެފައެވެ. މިގޮތަށް ދުވަސްތަކެއް ވޭތުވުމަށްފަހު ދެން ފެނިގެންދިޔައީ ލަންދޫއަށް ދިރާގު ރޭންޖް ދިނުމަށްޓަކައި ބަޔަކު އައި ތަނެވެ. އެމީހުން އައިތާ 2 ދުވަހެއްގެ ތެރޭގައި ލަންދޫއަށް ވަނީ ދިރާގު ރޭންޖު ދޫކޮއްފައެވެ. މިކަމާ އެއްބަޔަކު ތިބީ ވަރަށް ހިތްހަމަޖެހިފައި ނަމަވެސް އަނެއްބަޔަކު މިކަމާއި އެހާ ހިތްހަމަ ނުޖެހޭކަން ވެސް ފާހަގަ ކޮއްލަން ޖެހެއެވެ. އޭކީއްވެތޯ ބަލާލި އިރު މިވާގޮތަކީ ރޭންޖް ދޫކުރާ އެންޓަނާ ހުންނަނީ ރަށުއޮފީހުގައި ނަމަވެސް ރަނގަޅަށް ރޭންޖު ލިބެނީ ރަށުގެ އާމަގާ ވީ ކޮޅާށެވެ. އަތިރީކޮޅާ ދިމާލަށް ރޭންޖް ލިބެނީ ބައެއް ތަންތަނަށެވެ
.
މިހެންތިއްބާ ވޭތުވެދިޔަ 2009 ވަނަ އަހަރު ވަތަނިއްޔާގެ ފަރާތުން ލަންދޫގައި އެންޓަނާއެއް ޖެހުމަށްޓަކައި ވަނީ ބަޔަކު އައިސްފައެވެ. އޭރުވެސް ލަންދުގައި ކޮންމެވެސް ވަރަކަށް ވަތަނިއްޔާގެ ޚިދުމަތް ބޭނުން ކުރާމީހުންވެސް ތިއްބެވެ. އެމަސައްކަތުގެ ދަށުން 2009 ވަނައަހަރުގެ ފަހުކޮޅު މުޅި ލަންދޫއަށް ވަތަނިއްޔާއިން ވަނީ މޯބައިލްގެ ޚިދުމަތް ދުކޮއްފައެވެ. މިއީ ހަމަގައިމުވެސް ލަންދުގެ ރައްޔިތުން ވަރަށްވެސް ހިތްހަމަޖެހިގެން ދިޔަ ކަމެކެވެ. އެކަމުގެ ހެއްކަކީ ދިރާގުގެ ޚިދުމަތް ހޯދަމުންދިޔަ ގިނަބަޔަކު ވަތަނިއްޔާގެ ޚިދުމަތަށް ބަދަލުކުރަމުންދާ ކަމެވެ. އެގޮތުން ދިރާގު ލައިންތަށް ވަތަނިއްޔާގެ ލައިންތަކަށް ދަނީ ބަދަލު ކުރަމުންނެވެ. މީގެ ސަބަބެއްކަމަށް އެފަރާތްތަކުން ބުނަމުން ދަނީ ދިރާގަށް ވުރެ ވަތަނިއްޔާގެ އަގުތަށް ހެޔޮކަމުގައެވެ. އަނެއްކާ މިއީ ހެޔޮ ބަދަލަކަށް ވާނެބާއެވެ.

No Response to "މިއީ ރަނގަޅު ބަދަލަކަށް ވެދާނެބާ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme