ސޫރަ (ދެވަނަބައި












އެއީ އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. އަހަރެން އަފީއަށް ގުޅީ އެރޭގެ 1:30 އެހާކަށްހާއިރުއެވެ. އަހަރެންގެ ހަމަގުޅާލުމާއި އެކުހެން އަފީ ފޯނުނަގައިފިއެވެ. އަހަރެންގެ ހިތައްއެރިއެވެ. އަނެއްކާ އަހަރެންގެ ހިތަށް މިއަރާފަދަ އެއްޗެއް އަފީގެ ހިތަށްވެސް އަރަނީ ބާއެވެ. ވަރަށް މަޑުމައިތިރި ރާގަކަށް އަހަރެން އަފީ ކައިރީގައި ވާހަކަ އެއް ބުނަން ބޭނުން ވާހަކަ ބުނީމެވެ. މިކަމާއި އަފީހުރީ ވަރަށް ކެތްމަދުވެފައި ކަންވެސް އަހަރެންނަށް ޔަޤިންކުރެވުނީ އަފީގެ ވާހަކަ ދެއްކުމުގެ ރާގަށް އައި ކުއްލިބަދަލުންނެވެ. އަދި އަވަހަށް އެވާހަކަ ބުނުމަށް އަހަރެންގެ ކައިރީގައި އަފީ އެދުނެވެ. އަހަރެން ވަރަށް ލަދުން ހުރެ އަފީ ދެކެ އަހަރެން ލޯބިވާ ވާހަކަ ބުނީމެވެ. އެވާހަކަށް ބުނުމާއި އެކުހެން ފޯނުގެ އަޑުކެނޑިގެން ދިޔައެވެ. އަވަސް އަވަހަށް އަހަރެން ފޯނުބަލާލީމެވެ. އާނއެކެވެ. މިހީވީ ހަމަ ރަނގަޅަށެވެ. ފޯނު ވަނީ ކެނޑިފައެވެ
.
އަހަރެންނަށް އަފީއާއި ދޭތެރޭ ހީކުރެވުނީ ކުއްހީއެއްބާއެވެ. އަނެއްކާ އަހަރެން އެހެންބުނުމުން އަފީ އަހަރެންދެކެ ރުޅިއައިސްގެން ފޯނު ކަނޑާލީ ބާއެވެ. ނަމަވެސް އަހަރެންގެ ހިތް އެކަމާ އިންކާރު ކުރާކަހަލައެވެ. އަހަރެން އެހާސްކަމުގެ ތެރޭ ހުރެ އަފީއަށް ގުޅީ މެވެ. އަފީގެ ފޯނުވަނީ ނިވާލާފައެވެ. ދެން ހަދާނީ ކިހިނެތް ބާއެވެ. އެރޭ އެކަމާއި ވިސްނެނީ އެވެ. އެންމެ ފުަރަތަމަ ދުވަހުން ފެށިގެން މިއަދާ ހިސާބައް އައިއިރުވެސް މިފަދަކަމަކާއި ދިމާވިމީ ފުަރަތަފަހަރެވެ. އެޚީޔާލު ތަކުގެ ތެރެއަށް ގެއްލިފައިވަނިކޮން ހޭލެވުުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އަހަރެން އަވަސް އަވަހަށް މިސްކިތައް ދިއުމަށްޓަކައި ގެއިން ނުކުތީމެވެ.
މިސްކިތަށް ގޮސް ނަމާދު ކޮއްލައިގެން އައިސް ގޭ ދޮރުހުޅުވާލި އިރު އަހަރެންގެ ފޯނު ރިންގުވާ އަޑުއިވުނެވެ. އަހަރެން އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފޯނު ކެނޑިއްޖެއެވެ. އަހަރެން ފޯނުނަގާ ބަލާލީމެވެ. ފޯނަށް 10 މިސްކޯލް އައިސްފައި ވާތަންފެނުމުން ހައިރާންވިއެވެ. އަދި މިގަޑީގައި މިހާވަރަށް މިގުޅަނީ ކާކުބާއޭ ހިތަށް އެރިއެވެ. ފޯނުގެ ލޮކް ފިލުވާލުމާއި އެކު އަފީގެ ނަންފެނުމުން އަހަރެން ވަރަށް އުފާވިއެވެ. އަދި އަވަސް އަވަހަށް އަފީއަށް ގުޅީމެވެ. އަފީ ފުރަތަމަވެސް ފޯނުނަގާ ހަލޯ އޭ ބުނުމަށްފަހު އަހަރެންގެ ކައިރީ މާފައް އެދުނެވެ. އަހަރެން ކީއްވީތޯ އެހުމުން އަފީ ކިޔައިދިނެވެ. "ރޭގަ ފޯނުން ވާހަކަ ދައްކަން ހުއްޓަ ފޯނުނިވުނީ. ދެން ފޯނު ޗާރޖައް ޖަހާފައި ޖައްސާލިތަނާ ނިދުނީ".
އަހަރެން އެކަމާއި ދެން އަޅާނުލާށޭ ބުނުމަށްފަހު އަހަރެންގެ ސުވާލުގެ ޖަވާބަކަށް އިންތިޒާރުގައި ހުރިވާކަހަ ބުނީމެވެ. ޖަވާބުގައި ސަމާސާ ރާގަކަށް އަދި މާ އަވަސް ކަމަށް ބުންޔެވެ. އަދި ވިސްނާލަފައި ޖަވާބެއް ދޭނެކަމަށް ބުންޔެވެ. އަފީގެ އެވާހަކަތަކަށްފަހު އަފީގެ ފޯނުބާއްވައިފިއެވެ. އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ. އަނެއްކާ އަހަރެންނަށް ކުރަންމިޖެހުނީ ކިހާވަރެއްގެ އިންތިޒާރެއް ބާއެވެ.
ކަންދިމާ ކުރި ގޮތުން މިއަދުމީ އަހަރެން ރަށަށް ދިއުމައްޓަަކައި ފުރުމަށް ހަމަޖެހިފައިވާ ދުވަހެވެ. އަހަރެން ކިތައްމެ ދާހިތް ނުވިޔަސް އަހަރެން ރަށަށް ކޮންމެހެންވެސް ދާއްޖެހެވެ. ސަބަބަކީ އަހަރެން އުޅެނީ ވަޒީފާއެއްގައި ކަމުން ނުގޮސްފިނަމަ އަހަރެންގެ ވަޒީފާ ގެއްލިދާނެތީއެވެ. އަހަރެން ރަށަށް ދިއުމައްޓަކައި ދަތުރައް ތައްޔާރު ވެއްޖައީމެވެ. އަދި ރަށަށް ފުރާ ދޯނި ފުރުމަށް ފަހަޖެހިފައި ވަނީ މެންދުރު 12:00ގައި ކަމުން އަހަރެން ފުރަން ދިއުމައްޓަކައި 11:30 އެހާކައްހާއިރު ގެއިން ނުކުތީމެވެ. އަދި ދިއުމުގެ މަގުމަތީގައި އަފީ އަށް ގުޅީމެވެ. އަހަރެން ރަށަށް ދާންއުޅޭ ވާހަކަ ބުނުމުން އަފީ ވަރަށް ދެރަވެފައި އަހަރެންގެ ކައިރީ ނުދިއުމަށް އެދުނެވެ. އަހަރެން އަފީއަށް އަހަރެން ދާ ސަބަބު ކިޔައިދިނީ މެވެ. އަހަރެންގެ ވާހަކަތައް ނިމުމުން އަފީ ފޯނުކަނޑާލައިފިއެވެ.
އަހަރެންނަށް އަތިމައްޗަށް ނުކުމެވުން އިރު 11:53 ވެއްޖެއެވެ. އަހަރެން ދޯންޏާއި ދިމާއަށް ހިނގަމުން ދަނިކޮއް ކުއްލިއަކަށް މީހަކުއައިސް އަހަރެންގެ އަތުގައި ހިފެހެއްޓުމުން ފަހަތް ބަލާލީމެވެ. އޭރު އަހަރެންގެ އަަތުގައި ހިފަހައްޓައިގެން އެހުރީ އަފީއެވެ. އަފީގެ މޫނުމަތިން ފެންނަމުންދަނީ ހިތާމަވެރިކަމުގެ ކުލަވަރުތަކެވެ. އޭރު އަފީގެ މޫންމައްޗައް ފައިމަބުންދިޔަ ކަރުނަތަށް ފޮހެލަމުން އަފީ ހުއްޓާލުމަށް އަހަރެން އެދުނީމެވެ. ޖަވާބުގައި އަފީ އަހަރެންގެ ކައިރިން އެދެމުން ދިޔައީ އަފީއާއި ދުރަށް ނުދިއުމަށެވެ. އަދި އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމަށް ބުންޔެވެ. (ނުނިމޭ)

No Response to "ސޫރަ (ދެވަނަބައި"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme