"
އެމީހުން މަރުވީ' އަހަރެންގެ އަތްމަތީގައެވެ. އެމީހުން ރުއެވެ. އެމީހުން އާދޭސްކުރިއެވެ. އެމީހުން މަރުވީ، އަހަރެންގެ އައްމަތީގައެވެ..... އެމީހުން މަރުވީ އަހަރެންގެ އައްމަތީގައެވެ.
އެމީހުން މަރުވީ' އަހަރެންގެ އަތްމަތީގައެވެ. އެމީހުން ރުއެވެ. އެމީހުން އާދޭސްކުރިއެވެ. އެމީހުން މަރުވީ، އަހަރެންގެ އައްމަތީގައެވެ..... އެމީހުން މަރުވީ އަހަރެންގެ އައްމަތީގައެވެ.
ހަސަނަށް އެވާހަކަ ކިޔައިދެވޭވަރެއް ނޫނެވެ. އޭނާގެ ވަރުވެސް މާދެރައީއެވެ.އަދި އޭނާ ގެންފައިވާ ބިރެއްގެ ބޮޑުކަމުން އަދިވެސް ތުރުތުރު އަޅަނީއެވެ.އިރުއިރުކޮޅާ އެހެން އޮވެފައި ދެލޯ ބޮޑުކޮށްލާފައި ކައިރީގައިހުރި، އެނާގެ އަންހެނުން ދޮންއާމިނަގެ އަތުގައި ހިފައި ބާރުކޮށްލުމާއެކު، ތުރުތުރު އަޅަގެންފައި ބުނަނީ، އަނެއްކައިވެސް ހަމަ އެކައްޗެކެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ." ........ އަނެއްކާވެސް އޭނާގެ ޚަބަރު ހުސްވަނީއެވެ. އޭރު މުޅިމީހާ އޮންނަނީ ދާހިއްލާ ފޯވެފައެވެ.
ލޮލުގެ ކަޅި
މިގޮތަށް އެތައްފަހަރެއް ތަކުރާރުވެގެން ދިޔުމަށްފަހު، އެރޭގެ ފަތިހު، ހަސަނު އަނެއްކާވެސް ލޯހުޅުވާލިނަމަވެސް، ކައިރީގައި ވަރަށްގިނަ މީހުން ތިއްބެވެ. އޭނާ ލޯހުޅުވާލިނަމަވެސް، ކައިރީިގައި ތިބިމީހުންނަށް، އެލޮލުގެ ތެރެއިން އުންމީދެއްގެ އަލިކަން ފެނުމުގެ ބަދަލުގައި ފޭދެމުންއައީ، ނާއުންމީދީ އަނދިރިކަމެކެވެ. ބަލާބެލުމަށް ހަސަނުގެ ލޮލުންވަނީ އުޖާލާކަން ކެނޑިފައެވެ. އޭނާގެ ދެކަޅި، މަޑުމަޑުން މައްޗަށް ދަތުރުކުރަމުން ދާހެންވެސް ހީވާފަދަ ގޮތަކަށް، މަތިބަލާލިއެވެ...... އެހެންއޮއްވާ އަނެއްކައިވެސް އޭނާ ދާހިއްލަން ފަށައިފިއެވެ. ހަމައެއްކަލަ ތުރުތުރު، މުޅި ހަށިގަނޑަށް އަތުވެއްޖެއެވެ. މިފަހަރު ތަންކޮޅެއް ބާރު އަޑަކުން އެ ތެޅިފޮޅިގަތުމުގެ ތެރޭގައި ގޮވާލިއެވެ........ "އެމީހުން މަރުވީ، އަހަރެންގެ އަތްމަތީގައެވެ. "....... ........ "އެހީމެވެ."..... "އަހަރެން އެ އަޑުތަށް އެހީމެވެ. އެމީހުން ....... ދައިގަތީއެވެ. ދައިގަތީއެވެ. ލޭބުއީއެވެ. "...... " ނުރޯށެވެ. ނުރޯށެވެ. ކާއެއްޗެއް އަދި ލިބިދާއެވެ. ބޯނެ ފެންފޮދެއްވެސް އަދި ލިބިދާނެއެވެ..... އެމީހުން މަރުވީ އަހަރެންގެ އަތްމަތީގައެވެ."....... ހަސަނު އަނެއްކާވެސް ހޭނެތިއްޖެއެވެ
.ގޮތްހުސްވަނީ
ދުވަސްވަރަކީ، މާލޭގައި ހޮސްޕިޓަލެއް، ހެލްތް ސެންޓަރެއްހުރި ދުވަސްވަރެއް ނުނެވެ. ހަސަނުފަދަ ހާލުދެރަ އަދިބިރުވެރިފައްތަރެއްގެ މަތީގައި އޮތްމީހަކަށްވެސް ވަކި ހަދާނެ އިތުރު ގޮތެއް ނެތެވެ. ތިބީ އެދުވަސްވަރު މާލޭގައިތިބި ބޭސްވެރިންނެވެ. އޭގެތެރޭގައިތިބީ ދާދި ފަސޭހައިން، ގޮތްހުސްވާ ބޭސްވެރިންނާއި، ކިތައްމެ ކަންބޮޑުވި ނަމަވެސް، ގޮތް ހުސްނުވާފަދަ "ތަޖުރިބާކާރު" ބޭސްވެރިންނެވެ.
ހަސަނަށް ފަރުވާކުރުމުގައިވެސް ލައްކަގިނަ ބޭސްވެރިން އެބަތިއްބެވެ. އެމީސްމީހުންގެ ފަރުވާގެ ބާވަތްތައްދަނީ ހުސްވަމުންހެން މިހާރު ހީވާންފަށައިފިއެވެ. އެއީ އެއްބޭހަކަށް ގޮތެއްވުން އެކަށީގެންވާފަދަ ފުރުސަތެއްނުދީ، އަނެއް ބޭހެއް ފަށާތަން ފެންނަމުން ދާންފަށައިފިއެވެ. ކޮންމެ ބޭސްވެރިޔެއްގެވެސް އަތްމަތީ އެއްޗެެހީގެ ތެރޭގައި، ބަދަންތެޔޮ، ފިނިފެން މިކަހަލަ ބާވަތްތަކެއް ހިމެނެއެވެ.
ރަށަށް ގެންދަނީ
ހަސަނުގެ ހާލަށް ވަކިބަދަލެއް ނައުމާއެކު ގިނަދުވަސް ވަމުންދާތީ، ހަސަނުގެ ތިމާގެ މީހުން ގަސްތުކުރީ، އޭނާ ގޮވައިގެން ރަށަށް ދިޔުމަށެވެ. އޭނާ އެހާލުގައި އޮއްވާ މާލެއިން ފުރާތީވެ، އޭނާ ގެންދިޔަ ނުދިނުމަށް ބާރެއް އެޅުމުގެ ޙައްޤު އޮތް ފަރާތެއް އޭރު އޮތްކަމަކަށް ނުވިއެވެ. ނަތީޖާއަކަށްވީ، ހަސަނުގެ ރަށުގެ ބައްތެއްޔެއްގައި އޭނާ ގޮވައިގެން ރަށަށް ދިޔުމަށް ފުރުމެވެ. އޭނާ ބައްތެއްޔަށް ގެންދިޔަ ވަގުތަކީ، އޭނާ ޚަބަރު ހުސްވެފައިއޮތް ވަގުތެކެވެ. އޭރު އޭނާ ބަލައި އައިސްތިބި އެނާގެ އަންހެނުން ދޮންއައިމިނައާއި އޭނާގެ އެއްބަފާ ކޮއްކޮ އަލީއާއި އޭނާގެ ކޮއްކޮއާ އިނދެގެންއުޅޭ ދޮންކަލޯ އޭނާގެ ކައިރީގައި ތިއްބެވެ.
ހަސަނުގެ ގާތްބަޔަކަށް މާލޭގައި ތިބެނީ ވަރުދީ ދޮންމަނިކު މެންނެވެ. އެހެންކަމުން، މިފަހަރު ހަސަނު ބަލިއޮތިވެސް އެގޭގައެވެ. ހަސަނު ރަށަށް ގެންދިޔަ ބައްތެލި ފަޅުން ނުކުންނަންފެށީމާ، ދޮންމަނިކުވެސް ހަސަނު އެހެން އޮއްވާ ނިތުގައި އައްލާފައި އެހެން ދޯންޏަކަށް ފައިބައިގެން މާލެ އައީއެވެ. އާދެ! ހަސަނު ގޮވައިގެން އެމީހުން ފުރައިފިއެވެ. (ނުނިމޭ)

٠٢:٣٣
އެޑްމިން

ކެޓަގަރީ
No Response to "ކަނޑުވި 7 މީހުންގެ މަރު"
إرسال تعليق
ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ