ލަންދޫއަކީ ވަރަށް ބިންބޮޑު ރަށެއްނަމަވެސް މިހާރަކަށް އައިސް ރައްގިރުމުގެ މައްސަލަ މިރަށަށްވެސް ވަނީ ދިމާވެފައެވެ. މިކަމުގެ ސަބަބެއް ކަމަށް ގިނަމީހުން ބުނަނީ ރޭނުމަށާއި ގާއެޅުންފަދަ މަސައްކަތްތައް ކުރުމަށްޓަކައި ގިނަ އަދަދަކަށް ރަށުގެ ގޮޑުދޮށުން ވެލިނަގަމުން ދިއުމެވެ. މިކަމަކީ ލަންދޫގައި ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަކަމަށް ވެފައި ކުރިއަށް އޮތްމުސްތަޤުބަލުގައިވެސް މިކަން އިތުރުވަމުންދާނޭ ކަން ޔަޤީނެވެ.
މިމައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށު އޮފީހުން ވަނީ އެތައްފަހަރެއްގެ މަތިން އަންގާފައެވެ. މިއެންގުމުގައިވާގޮތުން ޖެޓީންފެށިގެން 100 ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށާއި އަދި އާމަގު ސަރަހައްދުން ފެށިގެން 100ފޫޓް ދުރުން ނޫނީ ވެލި ނުނެގުމަށް ވަނީ އާންމުކޮން އަންގާފައެވެ. ނަމަވެސް ދޭތެރެ ދޭރެއިން ބައެއްފަރާތްތަކުން ޤަވާއިދާއި ހިލާފައް ވެލިނަގަމުންދާކަން ވަރަށް ހިތާމަޔާއެކު ފާހަގަ ކުރަމެވެ.
އެފަދަ އަމަލުތައް ކުރަމުންދާ ފަރާތްތަކަށް ދަންނަވާލަން ބޭނުމީ ތިމާމެންގެ ރަށާ ދޭތެރޭ ތިމާމެން ނުވިސްނާ ދެން ވިސްނާނީ ވަކި ކޮންބައެއްތޯއެވެ. މިފަދަ ކަންކަމާމެދު ނުވިސްނައިފި ނަމަ މިރީތިގޮނޑުދޮއްތަށް ނެތިދިއުމަކީ މާދުރުގާވާ ކަމެއްނޫނެވެ. އަޅުގަނޑު އެދެނީ ހުރިހާ ފަރާތްތަކުންވެސް މިކަމާދޭތެރޭ ވިސްނާ މިކަންކަން އިސްލާހުކުރުމެވެ.

٠٣:١٤
އެޑްމިން

ކެޓަގަރީ
No Response to "ރައްގިރުމުގެ މައްސަލަ"
إرسال تعليق
ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ