ލަންދޫ ސްކޫލުގެ ދިވެހި ކުލަބުގެ ފުރަތަމަ ހަރަކާތް ފެށިގެން ކުރިޔަށްއެބަދޭ














ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރުމުގެ ގޮތުން ލަންދޫ ސްކޫލްގެ ދިވެހި ކްލަބްގެ ފަރާތުން ރާވާ އިންތިޒާމްކޮށްގެން ބާއްވާ އިންްޓަރ ހައުސް މަދަހަ މުބާރާތް އެސްކޫލްގައި ފެށިގެން ކުރިޔަށް އެބަދެއެވެ. މި މުބާރާތް ކުރިޔަށް ގެންދަނީ އެސްކޫލްގެ 3 ހައުސްގެ މެދުގައެވެ.
މުބާރާތް ކުރިޔަށް ގެންދަނީ ތަފާތު ތިން އުމުރު ފުރާޔަކަށް ބަހާލައިގެންނެވެ. އެއީ ދޮށީ އުމުރުފުރާ ، މެދު އުމުރުފުރާ އަދި ހަޤު އުމުރުފުރާ އެވެ. ދޮށީ އުމުރުފުރާގައި ހިމެނެނީ ގްރޭޑް 8 ، 9 އަދި 10 ގެ ދަރިވަރުންނެވެ. މެދު އުމުރުފުރާގައި ހިމެނެނީ 5 ، 6 އަދި 7 ގެ ދަރިވަރުންނެވެ. ހަޤު އުމުރުފުރާގައި ހިމެނެނީ ގްރޭޑް 1 ، 2 ، 3 އަދި 4 ގެ ދަރިވަރުންނެވެ.
މި މުބާރާތުގައި މިހާރު ކުރިޔަށްދަނީ ދޮށީ އުމުރުފުރާގެ ކުދިންގެ މަދަހަ ކިޔުމެވެ. އެއަށްފަހު ދެން ކުރިޔަށްދާނީ މެދު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. މެދު އުމުރުފުރާ ނިމުމަށްފަހު ދެން އޮންނާނީ ހަޤު އުމުރުފުރާ ކުދިންގެ މަދަހަ ކިޔުމެވެ. ތިން ހައުސްގެ މެދުގައި މުބާރާތް ކުރިޔަށްދާއިރު ކޮންމެ ހައުސްއަކުންވެސް ކޮންމެ ގްރޭޑަކުން ކޮންމެވެސް އެއް ދަރިވަރަކު މަދަހަ ކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ.
ލަންދޫ ސްކޫލްގައި ޖުމްލަ ތިން ހައުސް އޮންނައިރު އެތިން ހައުސްއަކީ ދޮށިމޭނާ ހައުސްއާއި ، ރެހެންދި ހައުސްއާއި އަދި ސިއްތިމާވާ ހައުސް އެވެ. އަދި މިތިން ހައުސްގެ އިތުރުންވެސް ތަފާތު ކްލަބްތަކާއި އެސޯސިއޭސަންތައް އެސްކޫލްގައި ހަރާކާތްތެރިވަމުން ދެއެވެ.

No Response to "ލަންދޫ ސްކޫލުގެ ދިވެހި ކުލަބުގެ ފުރަތަމަ ހަރަކާތް ފެށިގެން ކުރިޔަށްއެބަދޭ"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme