ދުވަހަކީ ވަރަށް މޫސުން ރީތި ދުވަހެކެވެ. އަހަރެން ތައްޔަރުވަމުން ދިޔައީ ދަތުރެއްގައި ރާއްޖެތެރޭ ރަށަކަށް ދިއުމަށެވެ. އަހަރެން ގެ ދަތުރަކީ ދިގު ދަތުރެއްކަމުން އަހަރަން އިނީ ވަރަށް ފޫހިވެފައެވެ. ނަމަވެސް ކެތްކޮއްލައިގެން އިނީ އަހަރެންގެ ދަތުރުގެ މަންޒިލަށް ދެވޭނެ އިރަކަށެވެ. ވަރަށް ގިނަވަގުތު ކަނޑުމަތީ ހޭދަކުރުމަށްފަހު އަހަރެންގެ އަމާޒަށް ވާސިލް ވެވިއްޖެއެވެ. އަހަރެން އަވަސްވެގަތީ އަވަހަށް ގެއަށް ގޮސް އަރާމް ކޮއްލުމަށެވެ. ކަންދިމާކުރިގޮތުން އަހަރެންނަށް އެރަށަށް ދެވުނީ ހަވީރުގެ ވަގުތެއްގައެވެ.
ވަގުތުތަަށް ފައިތުވަމުން ދެއެވެ. އިރުއޭގެ ވާޖިބް އަދަކުރުމަށްފަހު އޮއްސިއްޖެއެވެ. އަހަރެން ޖީބުން ފޯނުނަގާ ގަޑިބަލާލީމެވެ. އޭރުގަޑިން 7 ޖަހަން އުޅެނީއެވެ. އަހަރެން ފޯނުގެ ކޮންޓެކްތައް ބަލަންފެށިމެވެ. ކުއްލިއަކަށް އަހަރެން ހަނދާނަށް އައީ އަފީގެ މަތިންނެވެ.އަފީ ގެ ނަމްބަރ ހޯދުމަށްފަހު އަތްގަނޑަށް އޮބާލީމެވެ. އިސާހިތަކު އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ހަމަހީމޭން ލަވައެކެވެ.
އެލަވައިގެ ތެރެއަށް ގެއްލިފައި އިންދާ އެއަޑު ކެޑިގެން ދިޔައީ އަފީގެ އަޑަށެވެ. އަހަރެންގެ މީގެކުރިން އަފިއާއި ވާހަކަ ދެއްކީ އެންމެ ފަހަރަކުއެވެ. އެހެންކަމުން އަފީ ކާކުތޯ އެހުމުން އަހަރެން ނަންބުނީމެވެ. މާބޮޑު ތަޢާރަފެއް ދޭކަށް ނުުޖެހުނެވެ. ނަން ބުނުމާއި އެކުހެން އަފީއަށް އަހަރެން އެނގުނެވެ. މިގޮތަށް ދެމީހުން ވާހަކައިގައި ތިބުމަށްފަހު ފޯނުބޭއްވީ އަފީގެ އެދުމުގެ މަތިން އެގެއަށް ދިއުމަށް ވަޢުދުވުމަށް ފަހުގައެވެ.
އެލަވައިގެ ތެރެއަށް ގެއްލިފައި އިންދާ އެއަޑު ކެޑިގެން ދިޔައީ އަފީގެ އަޑަށެވެ. އަހަރެންގެ މީގެކުރިން އަފިއާއި ވާހަކަ ދެއްކީ އެންމެ ފަހަރަކުއެވެ. އެހެންކަމުން އަފީ ކާކުތޯ އެހުމުން އަހަރެން ނަންބުނީމެވެ. މާބޮޑު ތަޢާރަފެއް ދޭކަށް ނުުޖެހުނެވެ. ނަން ބުނުމާއި އެކުހެން އަފީއަށް އަހަރެން އެނގުނެވެ. މިގޮތަށް ދެމީހުން ވާހަކައިގައި ތިބުމަށްފަހު ފޯނުބޭއްވީ އަފީގެ އެދުމުގެ މަތިން އެގެއަށް ދިއުމަށް ވަޢުދުވުމަށް ފަހުގައެވެ.
ޖެހިގެންއައި ދުވަހު ރައްޓެހި ކުއްޖަކާއި އެކު އަހަރެން ގެއިން ނުކުތީ އަފީމެންގެ ގެއަށް ދިއުމުގެ ނިޔަތުގައެވެ. އަހަރެންގެ ހިތް ކެތްމަދުވެފައި ވަނީ އަފީގެ އެ ހިތްގައިމުއަޑު ނިސްބަތްވާ އެމޫން ދެކޭހިތުންނެވެ. އަފީމެންގެ ގެ ހުންނަނީ އަހަރެން ހުންނަ ގެއާއި މާދުރުނޫން ހިސަބެއްގައި ކަމުން އިސާހިތަކު ގިނައިރުތަކެއްނުވެ އެގެއަށް ދެވިއްޖެއެވެ. ސަލާމް ގޮވާލަމުން ގޭދޮރުގައި ޓަކިޖަހާލީމެވެ. ކުއްލިއަކަށް ދޮރުހުޅުވާލީ ޒުވަން އަންހެން ކުއްޖެކެވެ. އޭނާގެ މޫނު ފެނުމާއި އެކު އަހަރެންނަށް އަފީގެ ނަން ބުނެލެވުނެވެ. އަހަރެންގެ ހިތް އަހަރެންނަކަށް ދޮގެއްނުހަދާނެއެވެ. އަހަރެން ފެނުމުން އަފީ އަށްވެސް އަހަރެން އެނގުނު ކަހަލައެވެ. އަދި އެތެރެއަށް ވަނުމަށް އެދުނެވެ.
އަފީގެ މޫނު ފުރަތަމަ ފެނުނު ވަގުތުން ފެށިގެން އަހަރެންގެ ހިތް އަފީއަށް ދެވުނު ކަހަލައެވެ. ނަމަވެސް އަފީގެ މާބޮޑު ހަޤީގަތެއް އަހަރެންނަކަށް އަދި ނޭންގެއެވެ. އެހެންކަމުން އަހަރެންގެ ހިތް އަފީއަށް އެދެމުން ދާކަން އަންގަން އަދި މާއަވަހެވެ. އަފީއާއި ވާހަކަ ދައްކަން އިންދާ ވަގުތު ދިޔަ ގޮތްވެސް އަހަރެންނަކަށް ނޭނގުނެވެ. އެނބުރި އަހަރެން ގެއަށް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެން ހުރެއެވެ. އެދުވަހަށްފަހު އަހަރެންނަށް އަފީއަށް ގުޅޭލެއް އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ އަހަރެންނެކޭ އެއްގޮތަށް އަފީވެސް އަހަރެންނާއި ގުޅަމުން ދެއެވެ. ޚަރަދުކުޑަކުރުމުގެ ގޮތުން އަހަރެން އަފީއާއި ގުޅުމަށް ދިރާގުން ޕޯސްޓް ޕެއިޑް ޕެކޭޖެއް ނެގީމެވެ. އަދި އަފީގެ ނަމްބަރ ފުރީ ކުރީމެވެ. އޭގެ ފަހުން އަފީގެ ފޯނު ކޯލުގައި ހުރެވެން ފެށީ މާ ގިނައިންނެވެ. ވަކިގަޑިއެއް ނެތިއެވެ. މާގިނަ ދުވަސް ތަކެއް ނުވެ އަހަރެންގެ ހިތުގެ އެދުން އަފީއަށް ހުށައެޅީމެވެ. (ނުނިމޭ)

١١:٣٤
އެޑްމިން

ކެޓަގަރީ
No Response to "ސޫރަ"
إرسال تعليق
ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ