ފުޓްބޯޅަ ދަނޑުން















ލަންދުގައި އާންމުގޮތެއްގައި ފުޓްބޯޅަ ކުޅެންދާ ޒުވާނުންނަކީ އާންމުގެ ގޮތެއްގައި ވަކިވަގުތަކަށް ނުބަލާ ދާންހިތައް އެރީމަ ދާއުސޫލުން ކުޅެން ދާ ބައެކެވެ. އެހެނަކަމުން އާންމުކޮން ކުޅެންފެށެނީ 5 ޖަހާ ބޮޑުވާ ފަހުންނެވެ. އަދިހަމަ އެހެންމެ އެކިމީހުން އެކިގަޑީގައި ދިއުމުގެ ސަބަބުން ދެޓީމް އެއްވަރަށް ބެހުމަށް ވެސް ވަރަށް އުދަގޫވެއެވެ. މިކަމުގެ ސަބަބުން ކުޅުމުގެ ފޯރިވެސް ގިނަދުވަސް ދުވަހު ވަރަށް ދައްކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަޔަކު މިކަމާއި ދޭތެރޭ ވިސްނާ އެކަން ހުއްޓުވުމަށް ވަނީ މަސައްކަތްތަކެއްފެށިއެވެ. އެއީ ބައިބަހާ ކޮއްޓުމަށްފަހު އަންނަ އެއްވެސް މީހަކަށް ދަނޑަށް ނޭރޭގޮތަށް ޤަވާއިދެއް ހެދުމެވެ. އެކަން ކުރީ ކުޅެންދާ ކުދިންގެ ފުރިހަމަ ތާއީދާ އެކުގައެވެ. އޭގެފަހުން ފަހުން އާދެވުނު ގިނަ ޒުވާނުން ޤަވައިދަށް ހުރުމަތްތެރި ހިތުމުގެ ގޮތުން ދަނޑަށް ނާރާ މަޑުކުރެއެވެ. އެގޮތަށް އެކަންފަށާއިގެން މާގިނަ ދުވަސްތަކެއްނުވަނިސް އެއްދުވަހު ކުޅެންފެށިފަހުން ދަނޑަށްދިޔަ ޒުވާނެއްގެ އަމަލުތަކުގެ ސަބަބުން އެޤަވާއިދު ވަނީ އުވިފައެވެ.
އެދުވަހު ކުޅެންދިޔަ ގިނަކުދިންވަނީ މިކަމާމެދު ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. އެދުވަހަށްފަހު އެފަދަ ޤަވާއިދެއް ދެން ނުހެދޭނެ ކަމަށް ގިނަޒުވާނުންތަކެއްވަނީ ބުނެފައެވެ. ނަމަވެސް މިފަދަ ޤަވާއިދުތަކަކީ ވަރަށް މުހިންމު ޤަވާއިދުތަކެއްކަމަށް ގިނަބަޔަކަށް ވިސްނިގެން އަނެއްކާވެސް އެޤަވާއިދު ތަންފީޒުކުރުމުގެ މަސައްކަތް ފެއްޓުނެވެ. އެދުވަހު ހުރިހާޒުވާނުންވެގެން ނިންމީ އެގޮތަށް ކުޅެންފެށުމަށްފަހު އަރާ މީހުނާއި މެދު ވަކިފިޔަވަޅެއް އަޅާގޮތަށެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވިދާނެކަމަށް އަޅުގަނޑު ޤަބޫލެއްކުރަމެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެދުވަހަށްފަހު ޒުވާނުން ދަނީ މިޤަވާއިދަށް ހުރުމަތްތެރިކޮން ހިތަމުންނެވެ. މިއީ މިކަން ވާންވީގޮތްވެސް މެއެވެ. ބަޔަކުކަމެއް ކުރާތީ އެކަން ކުރިޔަ ނުދިނުމަށް އުޅޭ މުޖުތަމަޢުއެއްގައި އޮންނާނީ ހަމަނުޖެހުމާއި ދެކޮޅުވެރިކަމެވެ. އެގޮތުން ލަންދޫގެ ޒުވާނުންނަކީ ވަރަށްވެސް އެކުވެރި އެއްބައިވަންތަ ބައެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ވަރަށް ފަޙުރުވެރިކަމާ އެކުގައެވެ
ލަންދުގެ ޒުވާނުންނަކީ އެކަކު އަނެއްކަކަށް ދިމާވާ ކަންތައްތަކުގައި އެހީތެރިވެދީ އަދި އެކަމުގެ އަގުވަޒަންކުރާބައެއްގެ ގޮތުގައެވެ. ދާދިފަހުން ހިނގާދިޔަކަމެއްގެ ވާހަކަ ހިއްސާކޮއްލާނަމެވެ. އެއްދުވަހު ހަވީރު ޒުވާނަކު އައިސް އަހަރެންކައިރިގައި ކުޅެންދާތަނުން ޒުވާނަކު ކޮންމެ ދުވަހަކުވެސް ޖާރޒީ ނުބާލާ ޓީމަށް ކުޅެމުންދާތީ އެކަމާދެކޮޅަށް ޕެޓިޝަނެއް ހުޝައަޅަން އުޅޭވާހަކަ ބުންޔެވެ. އަދި އެޕެޓިޝަން އަޅުގަނޑަށް ދައްކަލިއެވެ. އޭގައި އަޅުގަނޑުގެ ސޮއި ނުކުރި ނަމަވެސް އަޅުގަނޑުގެ ސޮއިވެސް އޮތެވެ. ދެންއެޕެޓިޝަންގެ ވާހަކަ ދެކެވުނީ އެދުވަހުގެ ހަވީރު ކުޅުން ނިންމާލުމަށްފަހު ދަނޑުދޮށުގައެވެ. އެކަމާމެދު ގިނަޒުވާނުން ވަނީ ވަރަށް ފުރިހަމަ އެއްބަސްވުމަކަށް އައިސްފައެވެ. އެއީ އެޒުވާނާގެ ޒާރޒީ ނުބާލާ ސަބަބު އޭނާ އެންމެގެ ކުރިމަތީގައި ހާމަކުރުމުން އެކަން އެންމެންވެސް ވަނީ ޤަބޫލް ކޮއްފައެވެ. ޖެހިގެން އައި ދުވަހު ހަވީރު ކުޅެން ދިޔަތަނާއި އަޅުގަނޑުގެ އަތަށް އައީ ދަޢުވަތު ކާޑެކެވެ. އޭގައިވަނީ ރޭގަނޑު 8:30 ށް ރަށުގައި މިހާރު ހިންގަމުން ގެންދާ ހަމައެކަނި ހޮޓާ ކަމުގައިވަ ހޮޓެލް ހުރިވަރަށް ކޮފީއަކަށް ދިއުމަށްޓަކައި ދީފާ ވާ ދައުވަތެކެވެ. މިދަޢުވަތު ފޮނުވާފައިވަނީ ކުރިދުވަހުގެ ޕެޓިޝަންނުގެ ވާހަކަ ރައްދުވި ފަރާތެވެ. މިއީ އެއްބައިވަންތަކަމުގެ އަލިގަދަ ހެއްކެކެވެ. އަޅުގަނޑު އެދެނީ މިއެއްބައިވަންތަކަން އަބަދުގެ އަބަދަށް ދެމިއޮތުމެވެ

1 Response to "ފުޓްބޯޅަ ދަނޑުން"

غير معرف يقول...

އެއީ އަނެއްކާ ފަނި ބަލަކްތައް އެންމެނަށް ކޮފީދިނީ

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme