ބާރަ ދުވަސް















ލަންދޫގައި ކާބަފައިންގެ ދުވަސްވަރުންފެށިގެން ފާހަގަ ކުރާ މުނަސަބު ދުވަސްތަކުގެ ތެރެއިން ރަބީޢުލް އައްވަލް މަހުގެ 12 ވަނަ ދުވަސް (ކިރީތި ރަށޫލާގެ ޢީދު މީލާދު) މިހާރު މިވަނީ ވަރަށް ކައިރިވެފައެވެ. މިދުވަހާއި ގުޅުވައިގެން ތަފާތު ވައްތަރު ވައްތަރުގެ ކާއެއްޗެއްތި ހެދުމަކީ ޒަމާންވީ އާދައެއް ކަމުގައި ވަނީ ވެފައެވެ.
މިދުވަހާއި ގުޅުވައިގެން މިރަށުގައި ހަދާ އެއްމެ ޙާއްޞަ އެއްޗެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވަނީ އަވެލި ރޮއްޓެވެ. ގޮދަންފުށާއި ފެން ބޭނުން ކޮއްގެން ފިހާ މިރޮށި ހުންނަނީ އަދައިގެ ރޮއްޓާއި ހިލާފަށް މުރަނަ ކޮށެވެ. އަވެލި ރޮށި މޮޑުމަށް ބޭނުންކުރާ ތަކެތީގެ ތެރޭގައި ދޮންކެޔޮ، ހުނި އަދި ހަކުރު ބޭނުންކުރެއެވެ.
ރަބީއުލް އައްވަލްމަހުގެ 12 ދުވަހު މިރަށުގެ ކޮންމެ ގެއެއްގައިވެސް އަވެލި ރޮށި މޮޑެ އުޅުނުނަމަވެސް މިއަހަރުގެ މިދުވަސް އަންނަ އުޅޭ ކަންވެސް ކަންވެސް ނޭންގޭ ކަހަލައެވެ.
މީގެ ކުރިން ކޮންމެ ގެއެއްގައިވެސް މިދުވަސް އައުމުގެ ކުރިން އަވެލި ރޮށި ފިހެ އުޅޭ ތަން ފެނުނު ނަމަވެސް މިމައްޒަރު މިހާރު ފެންނަނީ ވަރަށް މަދުންނެވެ. މީގެން ދޭހަވާ އެއްކަމަކީ އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތައް ނެތިގެން ދާކަމެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ދަރީންނާއި ހަމައަށް ވަޞިލް ކުރުމަށް އަޅުގަނޑުމެންގެ ކާބަފައިން ހަވާލުކޮއްފާވާ އަމާނާތެކެވެ.

No Response to "ބާރަ ދުވަސް"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme