އެމް.ޓޫ އިން ސަބްކޮންޓްރެކްޓަރަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮއްފި















ލިޔެސްގެ އޮފީސް އަޅާ ބިމުގެ ވަށާފާރު ރޭނުމަށް ކުރި އިޢުލާނާއި ގުޅިގެން އެސްޓިމޭޓް ހުށައެޅިފާރާތްތަކުގެ ތެރެއިން އެންމެ ދައްއަގު (-/5999 ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ) ހުށައެޅިފަރާތް ކަމަށްވާ މިރަށު އޮއިވަރު ސަލީމް ހުސެއިން ހިންގަވާ އެމް ޓޫ އިންވެސްޓްމަންޓާއި އެމަސައްކަތް ހަވާލުކުރުމަށް ލިޔެސްގެ ހިންގާ ކޮމެޓީން ފާސްކޮއްފައި ވަނިކޮއް އިއްޔެ ހަވީރު 4:12 ގައި ހޮޓެލް ހުރިވަރުގައި އެމް ޓޫ އިންވެސްޓްމަންޓްގެ ފަރާތުން ސަބްކޮންޓްރެކްޓަރަކާއި އެކު މިމަސައްކަތުގެ އެއްބަސްވުމެއްގައި ސޮއި ކޮއްފިއެވެ
.
މަޢުލޫމަތު ލިބިފައިވާ ގޮތުގައި އެމަސައްކަތުގެ ސަބްކޮންޓްރެކްޓަކެއްގެ ގޮތުގައި އެފަރާތުން ހަމަޖައްސާފައިވަނީ ލަންދޫ ސަފާރީގެ މަހަމޫދު މުހައްމަދެވެ. އެފަރާތާއި މިމަސައްކަތް ހަވާލު ކޮއްފައިވަނީ -/4000 (ހަތަރުހާސް) ރުފިޔާއަށެވެ. އެ އެއްބަސްވުމުގައިވަގޮތުން އެއްބަސްވުމުގައި ސޮއިކުރާ ތާރީހުންފެށިގެން 1 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ. އަދި ހަމައެހެންމެ މުއްދަތު ހަމަވާ ތާރީހަށް މަސައްކަތް ނުނިއްމިއްޖެނަމަ އިތުރުވާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާ އެމްޓޫ އިންވެސްޓްމަންޓަށް ދައްކަންޖެހެއެވެ. ހަމައެއާއިއެކު މަސައްކަތް ނިމުނުކަން ސަބްކޮންޓްރެޓަރ އަންގާދުވަހުންފެށިގެން 3 ދުވަހުގެ ތެރޭގައި މަސައްކަތުގެ ޖުމްލަ އަގު މަސައްކަތް ކުރި ފަރާތަށް ހާވާލު ނުކޮއްފި ނަމަ އިތުރުވާ ކޮންމެ ދުވަހަކަށް އެމްޓޫ އިން -/50 (ފަންސާސް) ރުފިޔާ މަސައްކަތް ކުރި ފަރާތަށް ދައްކަންޖެހެއެވެ
.
މިއެއްބަސްވުމުގައި އެމްޓޫގެ ފަރާތުން ސޮއި ކުރީ އެމްޓޫ ގެ މެނޭޖިންގ ޑިރެކްޓަރ ސަލީމް ހުސައިން އެވެ. އަދި ސަބްކޮންޓްރެކްޓަރގެ ފަރާތުން ސޮއި ކުރީ މަހަމޫދު މުހައްމަދެވެ. މިއެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރީ އިބްރާހިމް ފާއިޒް އާއި މުހައްމަދު އިބްރަހިމްއެވެ.
މިއެއްބަސްވުމަށްފަހު މަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ސަބްކޮންޓްރެކްޓަރ ފަށާފައެވެ.

No Response to "އެމް.ޓޫ އިން ސަބްކޮންޓްރެކްޓަރަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކޮއްފި"

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme