ހަމަ ރަނގަޅަށްވެސް ޒުވާނުންގެ ފުޓްބޯޅަ ޓީމް ލަދުގަންނަވާލައިފި














ލަންދޫ ސްކޫލްގެ ފުޓްބޯޅަ ޓީމް 2 ހަފްތާގެ ޕްރެކްޓިސް އަށްފަހު ކުޅުނު ފުރަތަމަ މެޗުގައި ލަންދޫ ޒުވާނުން ލަދުގަންނަވާލައިފިއެވެ. މިދިޔަ ހުކުރު ދުވަހު ސްކޫލުގެ ފުޓްބޯޅަ ލީގް ފެއްޓުމުގެ ގޮތުން ކުޅެވުނު ޙާއްޞަ ފުޓްބޯޅަ މެޗް ޒުވާނުންގެ ޓީމާއި ވާދަކޮއް ސްކޫލް ޓީމް ކާމިޔާބު ކުރީ 4-3 ން ނެވެ.
މިމެޗްގައި މޮޅަށްކުޅެ މެޗްގެ ފުރަތަމަ ލަނޑުޖެހީވެސް ސްކޫލް ޓީމުންނެވެ. މިލަނޑު ސްކޫލްޓީމަށް ކާމިޔާބު ކޮއްދިނީ ސްކޫލްޓީމްގެ ޖަރޒީ ނަމްބަރ 17 އަހްމަދު އާޒިމް (ދަވާދޭ) އެވެ. މިމެޗްގެ ފުަރަތަމަ ހާފް ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.
މެޗްގައި އެއްވަރު ކޮއްދިން ލަނޑަކީ ސްކޫލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވައިން ގޯލެކެވެ. މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވުނީވެސް ލަންދޫ ސްކޫލް ޓީމްގެ އާޒިމްއެވެ. އޭނާވަނީ މިމެޗްގައި 2 ދަނޑު ސްކޫލް ޓީމަށް ކާމިޔާބު ކޮއްދީފައެވެ.
މިމެޗް ކުޅުމުގެ ކުރިން ލަންދޫ ޒުވާނުންގެ ޓީމުގެ ކުޅުންތެރިޔެއްކަމަށްވާ މުހައްމަދު އިރުޝާދު (ރެޑޭ) އާއި ސުވާލުކޮއްލީމެވެ. މާދަމާގެ މެޗް ކިހިނެތް ވާނެހޭ ބުނުމުން އޭނާބުނީ "5-0 ން މޮޅުވާނީ ޒުވާނުން" ކަމަށެވެ. އަދި މިމެޗްގައި އޭނާ 3 ގޯލް ޖަވާނެކަމަށް މިދިޔަ ބުރަސްފަތި ދުވަހުގެ 2:30 އެހާކަށްހާއިރު ހޮޓެލް ހުރިވަރުގައި ހުރެފައި އޭނާ ވަނީ ބުނެފައެވެ.
މިމެޗްގައި ސްކޫލްގެ މަތީގްރޭޑް ތަކުގެ ހުރިހާ ކުދިން ކަހަލަ ގޮތަކަަށް ވަނީ ކުޅެފައެވެ. އެހެން ކަމުން މިމެޗްގައި ކުޅުމުގެ ފުރުޞަތު ނުލިބުނު ދައްގްރޭޑް ތަކުގެ ކުދިންނަށް އަމާޒު ކޮއްގެން އަންނަ ހުކުރު ދުވަހު އިތުރު ފުޓްބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗްގައި ބައްދަލު ކުރާނީ ސްކޫލުގައި ކިޔަވަމުންދާ ދައްގްރޭޑްތަކުގެ ކުދިން ދެބަޔަކަށް ބަހައިލާގެން ނަގާ ދެޓީމެވެ.

2 Response to "ހަމަ ރަނގަޅަށްވެސް ޒުވާނުންގެ ފުޓްބޯޅަ ޓީމް ލަދުގަންނަވާލައިފި"

غير معرف يقول...

mee hanzukahanbuge vaahakaige copee eh

غير معرف يقول...

varah gadhakohfidho school team

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme