ސިނގިރޭޓާއި ނުލާ



 ލިޔުނީ: ގަޓޭ (އަސްލުނަމެއްނޫން)
އަހަރެންނަކީ ސްކޫލު ދައުރުން ފެށިގެން ދުންފަތުގެ ވަބާގައި ޖެހިފައިވާ ޒުވާނަކީމެވެ. އޭރު އަހަރެން އެކަން ކޮއްއުޅުނީ މީހުންނާއި ފިލައިގެންނެވެ. ނަމަވެސް އެތަށްފަހަރެއްގެ މަތިން އަހަރެން ސިނގިރޭޓް ބުއިމުގެ ތުހުމުގައި ސްކޫލްގެ އިދާރާއަށް ވަނި ގެންގޮސްފައެވެ. ނަމަވެސް އަހަރެން އެތައް ދޮގުތަކެއް ހަދައި އެކަމުން ސަލާމަތްވާން މަސައްކަތް ކުރަމުން ދިޔައިރު މިހީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނާލަން އަހަރެންގެ ސިނކުޑިއެއް ބޭނުމެއް ނުވިއެވެ.
މިވަބާގެ ތެރޭގައި އަހަރެން ވޭތުކުރަމުން ދިޔަ ދުވަސްތަކަކީ ވަގުތީ އުފާތަކެއްކަމުގައި އަހަރެންނަށް އޭރު ނުވިސްނުނީތީ މިއަދު އަހަރެން ހިތާމަ ކުރަމެވެ. ކިޔެވުމުގެ ދުވަސްވަރު ރައްޓެހިންނާއި އެކު މަޖަލުގައި ހޭދަކުރަމުން ދިޔައިރު ތަޢުލީމް އުނގެނުމުގެ މުހިންމުހަން ނުވިސްނުމުގެ ނަތިޖާ ވަރަށްވެސް ހިތްޗެވެ. މިހާރު ކިތަންމެ ހާވެސް އެދުވަސްތަށް އަލުން ގެންނަން ވަރަށް ބޭނުންވެއެވެ. ނަމަވެސް ގެއްލިއްޖެ ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫންކަން އަހަރެންނަށް މިއަދު ޤަބުލު ކުރަން މަޖުބޫރެވެ
.
ސަބަބަކީ މިއަދު އަހަރެންނަކީ ރަށުންބޭރުގައި، ރަށާއި އަތޮޅާއި މާދުރުގައި ބައިންބަފައިނާއި ރައްޓެހިންނާއި ދުރުގައި ވަޒީފާއަދާކުރަން ޖެހިފައިވާ ޒުވާނަކީމެވެ. އަހަރެންގެ ކިޔެވުމުގެ ދުވަސްވަރު އަހަރެންނަށް ލިބުނު ގޯސް އެކުވެރިއެއްގެ ސަބަބުން އަހަރެން ހިމެނިފައިވަނީ މުޖުތަމަޢުގެ އަފުރާދުންގެ ލޯތްބާއި އިޙްތިރާމް ގެއްލިފައިވާ މީހުންގެ ތެރޭގައެވެ. އަހަރަކު 1 ފަހަރު ރަށަށް އައިސް 30 ދުވަސްވަންދެން ރަށުގައި ހުރުމަށްފަހު ރަށުން އެނބުރި ދާން ޖެހެނީ އެއްލަ އެކަނިވެރިކަމާއި ފުހިކަމުގެ ދާންނަށެވެ. އެއަށް ޗުއްޓީއެއް ލިބޭނޭ ދުވަހަކަށް އިންތިޒާރު ކުރުމުގައި ދުވަސްތަށް ގުނަން ފެށުން ނޫންކަމެއް އަހަރެންނަކަށް ނުވެއެވެ.
މީހުން ބުނާތީ އަޑު އަހަމެވެ. އަދި ހަމައެހެންމެ އަހަރެންނަށްވެސް ޤަބޫލް ކުރެވިފައިވަނީ ދުންފަތުގެ ވަބާގައި ޖެހިއްޖެ މީހަ އެއިން ސަލާމަތް ވުމަކީ ވަރަށްވެސް އުނދަގޫ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ކާމިޔާބީއަކީ މަސައްކަތްތެރިންގެ ހައްޤެއްކަން ޤަބުލް ކޮއްދިނީ އަހަރެން މާޒީއެވެ. އަހަރެން، އަހަރެންގެ މާޒީން އިބްރަތް ހާޞިލް ކުރުމަށްފަހު މުޖުުތަޢު އަހަރެންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަށް މަސައްކަތް ފެށީ އެހިސާބުންނެވެ. އަހަރެންގެ ގާތް އެކުވެރިންދިން ހިތްވަރުން، ހިތްވަރު ލިބިގަތިމެވެ. އަދި އަހަރެންނަށް ލިބުނު ނުރަގަޅު އެކުވެރިޔާ އާއި ދުރަށް ދިއުމަށް މަސައްކަތް ފެށީމެވެ.
ފުރަތަމަ ވަރަށް އުނދަގޫ ތަކާއިި ކުރިމަތި ލާން ޖެހުނެވެ. ނަމަވެސް ވަރަށް ހިތްވަރުވެސް ކުރީމެވެ. ނަތިޖާއެއްގެ ގޮތުން މިއަދު އަހަރެނަކީ ދުންފަތުގެ ވަބާއިން ސަލާމަތް ވެފައިވާ ޒުވަނެއްކަމުގައި މި ބުނަނީ ނުހަނު ފަހުރުވެރިކަމާއި ހިންހަމަ ޖެހުމައި އެކުގައެވެ. މާތްﷲ ގެ އިރާދަފުޅާއެކު މިއަދު އަހަރެންނަކީ މުޖްތަމަޢުގެ ލޯބި ލިބިފާވާ ޒުވާނަކީމެވެ.
އަޅުގަނޑު އެދެނީ ތިއެންމެހާ އެކުވެރިން މިވަބާއިން ދުރަށް ދިއުމަށެވެ. މާތްﷲ މިވަބާއިން އަޅުގަނޑުމެންގެ މުޖުތަމަޢު ސަލާމަތް ކުރައްވާށި.އާމީން.

3 Response to "ސިނގިރޭޓާއި ނުލާ"

غير معرف يقول...

ވަރަށް ރަނގަޅު ލިޔުމެއް އުއްމީދު ކުރަން މިފަދަ ލިޔުންތަށް ކުރިޔަށް އޮތްތަނުގައިވެސް ފެނިގެން ދާނެކަމަށް.

ތަކުރު يقول...

ދެން މިއޮތް ކަމެއ ދޯ

ލަންދޫ ބޯއިީ يقول...

ދެން ކީއްވެބާ އެއި ގޯސްކަމެއްކަން އިނގޭއިރުވެސް އެކަން ކުރާމީހުން އިތުރުވަނީ

إرسال تعليق

ކޮމެންޓް ކުރެއްވުމަށް ތިރީގައިވާ ގޮޅީގައި ލިޔުއްޔާ

powered by Blogger | WordPress by Newwpthemes | Converted by BloggerTheme